ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވަނިކޮށް އަވަހާރަކޮށްލި ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީގެ މަރާއި ގުޅޭ ގޮތުން އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ ކުރިން ދައްކަވާފައިވާ މުހިންމު ވާހަކަތަކެއް މީސް މީޑިއާގައި ވައިރަލް ވެއްޖެއެވެ.

ވައިރަލް ވެފައިވާ ވީޑިއޯ އަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ދުވަސްވަރު އިމްރާން ދައްކަވާފައިވާ ވާހަކަތަކެކެވެ.

އިމްރާން ވިދާޅުވީ މިއަދު އެމްޑީޕީ އަށް އަފްރާޝީމް ޝަހީދު ކޮށްލި މައްސަލައިން ބޯދަމައި ގަނެވޭނެ ހަމަ އެއްވެސް ގޮތެއް މިދުނިޔެ އަކުން ނުފެންނާނެ ކަމަށެވެ.

"މިމައްސަލައިގެ ހުރިހާ ޒިންމާއެއް އެމްޑީޕީގެ އެންމެ މަތީ ފަރާތްތަކުން ނަގަން ޖެހޭނެ ކަމަށް އަޅުގަނޑުމެން އެންމެން އިއުތިރާފް ވާނެ. މިއީ ހަޤީޤަތް." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އިންތިޚާބާއި މިހާ ކައިރިވެފައި މިޙަޤީޤަތް ހާމަ ވުމަކީ މިގައުމުގައި ދެން މިގައުމުގައި ވޯޓެއް ލައިގެން ރައްޔިތުން އެމްޑީޕީ އަށް ވޯޓެއް ނުދޭނެ ކަމުގެ ޔަގީންކަން ލިއްބައިދޭ ވަރަށް ވަރުގަދަ ދަލީލެއް ކަމަށެވެ. "ﷲ އިރާދަ ކުރެއްވިއްޔާ ވޯޓްލާ ދުވަސް ޖެހެންދެން މިހަތިޔާރު އެމީހުންގެ މައްޗަށް އުފުލާފައި އަޅުގަނޑުމެން ބާއްވާނީ." އިމްރާން ވިދާޅުވިއެވެ.

"އަފްރާޝީމް ޝަހީދު ކުރި މީހާ ކޯޓުގައި އިއުތިރާފް ވަނީ ފެބްރުއަރީ 07 ވަނަ ދުވަހު ވެރިކަން ބަދަލުވެގެން ދިޔަ ހިނދު ޑރ.އަފްރާޝީމް އަލީ ޓީވީގައި ލައިވްކޮށް ދެއްވި ވާހަކަތަކުގެ ސަބަބުންނޭ. މިއީ ވަރަށް ސީރިއަސް މައްސަލައެއް. އަދި ތިބޭފުޅުން ވިސްނާ ވަޑައިގެން ބައްލަވާ. 07 ވަނަ ދުވަހު ވެރިކަން ބަދަލުވީ ނުވަތަ ވެރިކަމުން އިސްތިއުފާ ދިނީ ނުވަތަ ވެރިކަމުން ވެއްޓުނީ ކާކުތޯ؟ އެކަމާއި ގުޅިގެން ޑރ.އަފްރާޝީމް އަލީ ދެއްކެވި ވާހަކަފުޅާއި ގުޅިގެން ޑރ.އަފްރާޝީމް އަލީ ޝަހީދު ކުރި ކަމަށް ވާނަމަ އެމީހުންގެ ލިސްޓްގައި ޑރ.އަފްރާޝީމާއި އެއްވަރަށް ނުވަތަ އެއަށްވުރެ ކުރީގައި ތިބޭނީ މިގައުމުގެ ކިތައް މީހުންތޯ؟ އަޅުގަނޑުމެން ސުވާލު ކުރަމާ ހިނގާ. މިތިއްބެވި އައްބާސް މެން. ޑރ.މައުރޫފް މެން. އަބްދުﷲ މެން. އުމަރު ނަސީރު މެން. މިމީސްމީހުން މިލިސްޓްގައި ނުތިބޭނެތޯ؟ އަޅުގަނޑުމެން ސުވާލު ކުރަން ޖެހޭ." އިމްރާން ވިދާޅުވިއެވެ.

ޑރ.އަފްރާޝީމް އަލީ އެވާހަކަފުޅުތައް ދެއްކެވީ ޓީވީ ލައިވްޝޯވތަކެއް ކަމުގައި ވާނަމަ އެޓީވީތަކާއި މެދު ވިސްނޭނީ ކިހިނެއްތޯ އިމްރާން ސުވާލު ކުރެއްވިއެވެ. "އެޓީވީތައް އެމީހުންނާއި ދެކޮޅަށް ދެކެވޭ ވާހަކަތައް ދައްކަން ލައިވް ކަވަރޭޖް ގެންނަން އެތަންތަން ރޯނުކޮށް ބެހެއްޓޭނެތޯ؟ މިއީ އަޅުގަނޑުމެން ކުރަން ޖެހޭ ސުވާލުތަކެއް. މިއީ މިބައި މީހުންގެ ޙަޤީޤަތް." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އޭނާ ގަބޫލު ކުރާ ގޮތުގައި ފަހަރެއްގައި ހުމާމަށް ވިސްނައިދިނީ މިކަންކަމުގައި ވިޔަސް ޑރ.އަފްރާޝީމް ޝަހީދު ކުރުމުގެ ފަހަތުގައި ހުރީ މިއަށް ވުރެ މާނުރައްކާތެރި ކަންތައްތަކެއް ކަމަށެވެ.

"ހަޤީޤަތުގައި ހުމާމަށް ވިސްނައިދިނީ އެގޮތް. އެހެންނަމަވެސް މިކަންކަމުގައި ހުރި މުހިންމު ކަންތައްތަކެއް އަޅުގަނޑުމެން އެކި ގޮތްގޮތައް މިދިރާސާ ކުރީމަ ފެނިގެން އެބަދޭ. މިގޮތުން ބަލާއިރު އަޅުގަނޑަށް ފާހަގަ ކުރެވޭ އެންމެ މުހިންމު ކަމަކީ ކުރިން ވެސް ދެންނެވި ފަދައިން ހަމައެކަނި ވެރިކަން ބަދަލުވުމާއި ގުޅުވައިފިނަމަ އަފްރާޝީމަކީ ފުރަތަމަ މަރަން ޖެހޭ ނުވަތަ ޝަހީދު ކުރަން ޖެހޭ ބޭފުޅެއް ނޫން. އެއަށްވުރެ މާކުރިން އަންނަން ޖެހޭ ބޭފުޅުން އެބަތިބި. އެހެންނަމަވެސް އަފްރާޝީމް ގެންނަން ޖެހުނީ ކީއްވެގެންތޯ؟" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އަފްރާޝީމް ގެންނަން ޖެހުނީ "އަފްރާޝީމް އަކީ ރައްޔިތުންގެ މަޖިލީހުގައި އެބައިމީހުން ހިންގާ ލާދީނީ ހުރިހާ ޖަރީމާތަކެއް ހުއްޓުވުމުގައި އެންމެ ހަރުދަނާ ކަމާއި ސާބިތުކަމާއި އެކު މަސައްކަތް ކުރައްވަން ހުންނެވި ހަމައެކަނި ދީނީ އިލްމުވެރިޔާ. ޑރ.އަފްރާޝީމް އަލީ ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގައި އެމީހުން ހިންގަން އުޅުނު ހުރިހާ ޖަރީމާއެއް ހުއްޓުވި. ޑރ.އަފްރާޝީމް އަލީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ޤާނޫނަށް ގެނައި އިސްލާހުގައި މިތާންގައި ފައްޅި އެޅުން ސީދާ މަނާކުރި. މިތަނުގައި އެހެން ދީންތައް ފެތުރުން މަނާކޮށް ދީނީ އެއްބައިވަންތަ ކަން ހިމާޔަތް ކުރުމުގެ ޤާނޫނުގައި ސީދާ ސާފުބަހުން ލިޔުއްވި. މިއީ އެމީހުންނަށް ހަޖަމް ނުކުރެވުނު ކަމަކީ. މިސަބަބާއި ހުރި އެމީހުންނަށް ނިންމަން ޖެހުނު ޑރ.އަފްރާޝީމް އަލީ ޝަހީދު ކުރުމަށް."

ޑރ.އަފްރާޝީމް އާއި ދީނީ ބައެއް އިލްމުވެރިންނާއި ދޭތެރޭ ނުވަތަ ދީނީ ބައެއް ކުދިންނާއި ދޭތެރޭ ނުތަނަވަސް ކަމެއް އެބައޮތް ކަން އެބައި މީހުންނަށް އެނގޭ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ކޮންމެވެސް ހިޔާލުތަފާތުވުމެއް ހިތްހަމަ ނުޖެހުމެއް އެބައޮތްކަން. އެހެންކަމުން އަފްރާޝީމް ޝަހީދު ކޮށްލުމަށް ފަހު ދީނީ މީހުންގެ ބޮލުގައި އަޅުވާފައި، އަދާލަތު ޕާޓީގެ ބޮލުގައި އެޅުވުނީމަ އެމީހުން ދެކޭ ގޮތުގައި އެއް ގާގަނޑުން ޖަހާ ދެ ދޫނި މަރާލެވުނީ. ޑރ.އަފްރާޝީމް ވެސް ދުނިޔެ އިން ދުއްވާލެވުނީ. ޤާނޫނުލް އުޤޫބާތު ވެސް ބޭނުން ގޮތަކަށް ހެދުނީ. އެބައި މީހުން ބޭނުންވާ ގޮތައް ދީނީ އެއްބައިވަންތަކަމުގެ ޤާނޫނު ހުއްޓުވާލެވުނީ. އެދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް އެއޮތީ ވޯޓް އަނެއް ދުވަހު ލާން އޮއްވާ ދީނީ އެއްބައިވަންތަކަމުގެ ޤާނޫނު ބޭރުކޮށްލި ގޮތައް އަދިވެސް އެއޮތީ ކޮމެޓީގައި. އެއަށް އަޅާލާނެ މީހަކު އެޕާޓީގައި ވެސް. ކީއްވެގެންތޯ އެޕާޓީ އިން އަނެއް ދުވަހު ނިކުމެ އަފްރާޝީމްގެ މަސައްކަތް ފާހަގަކޮށް އެއަށް ވޯޓް ނުދިނީ." އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ އެއް ގާގަނޑުން ޖަހާ ދެދޫނި މަރާލަން އުޅުނު ނަމަވެސް ﷲ ސުބްހާނަހޫ ވަތައާލާގެ ރޭވުންތެރިކަން އެއަށްވުރެ މާމަތިވެރި ކަމަށެވެ.

"ނިކަން ބައްލަވާ އެބައި މީހުން ދީނީ މީހުންގެ ބޮލުގައި އެޅުވުމަށް. އަދާލަތު ޕާޓީ ދުއްވާލުމަށް ސަބަބެއް ކަމުގައި އެކަން ހަދައިގެން ތެދުވީ. ނަމަވެސް ﷲ ސުބްހާނަހޫ ވަތައާލާ އިރާދަ ކުރެއްވީ އެހެނަކުން ނޫން. ކަން ހިނގައިދިޔަ ގޮތް ބައްލަވާ. ޑރ.އަފްރާޝީމް އަލީ ޝަހީދު ކުރެވުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހަޤީޤަތުގައި ގާތިލް ހައްޔަރު ކުރެވިއްޖެ. ގާތިލްގެ ކިބައިން ހުރިހާ ހެކިތަކެއް ވެސް ލިބިއްޖެ." އިމްރާން ވިދާޅުވިއެވެ.

އެހެންނަމަވެސް ދާދި މިދާކަށް ދުވަހަށް ޖެހެންދެން ހަޤީޤަތުގައި އޭނާ އިއުތިރާފްނުވެ އޮތުމުގައި ބޮޑު ވެގެންވާ ހިކުމަތެއްވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެބައި މީހުން ދަނޭ ދިވެހި ރައްޔިތުންނަކީ ވަރަށް އަވަހަށް ކަންތައްތައް ހަނދާން ނެތޭ ބައެއް ކަން. މިދިޔަ އޮކްޓޯބަރ މަސް ތެރޭގައި ހުމާމް އިއުތިރާފް ވެގެން އެބަޔަކަށް އަދަބު ލިބުނު ނަމަ އެހިސާބަށް ދިޔަ ނަމަ މިއަހަރުގެ އިންތިޚާބު އަންނަ އިރު އެއްވެސް ކަމެއް ބަޔަކު ހަނދާނެއް ނުހުންނާނެ. އެހެންނަމަވެސް އޭނާ އިއުތިރާފް ނުވެ، އޭނާ ޖަލުގައި ހުރެ އެމްޑީޕީ އާއި ގުޅުން ބޭއްވި. އެމީހުންނާއި އެކި ފަހަރު މަތިން ވާހަކަ ދެކެވި އެމީހުންގެ ލޯޔަރުން އެތަނަށް ގެންދެވި މިހުރިހާ ކަމެއް ހިނގާ އެބައި މީހުންނާއި ގުޅުން އޮތްކަން ހުރިހާ ގޮތަކުން ސާބިތުވެ ފުރިހަމަ އަށް ނިމުމަށް ފަހު ﷲ ސުބްހާނަހޫ ވަތައާލާގެ ރަހުމަތުން މައްސަލަ ފުރިހަމައަށް ކަޝްފުވެ ސާބިތުވެ ހާމަވެ ކޯޓުގައި އިއުތިރާފް ވެގެން އެދިޔައީ." އިމްރާން ވިދާޅުވިއެވެ.

https://www.facebook.com/Rannamaari.mv/videos/968498300025626/

އަފްރާޝީމް އަވަހާރަކޮށްލި ހާދިސާ އާއި ގުޅިގެން މީގެ އިތުރަށް ވެސް އިމްރާން ތަފާތު ފޯރަމްތަކުގައި ތަފާތު ވާހަކަފުޅުތައް ދައްކަވާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ފޗ

    ފިރުނަ އުފައްދަން ތިކުރާ މަސައްކަތް ހުއްޓަލާ

  2. ޙުސްދޮގު

    އަފްރާޝީމްގެ މަރުގެ މައްސަލާގެ ހިމެނޭ މީހަކު ދޫކޮށްލުމުން ޔާމީންގެ އޮފީހުގައި ބައްދަލުކުރި...އުމަރު ބުނި ހާމަކަންބޮޑު ވާހަކައެއް...ފުލުހުން އުމަރާ ސުވާލު ކުރިބާ؟

  3. ާކިޔުންތެރިޔާ

    ދިވެހިން ދުނިޔެއަށް ގޮސް ގެލިފަ ތިބި ވަރި މިކަހަލަ ކަންކަމުން އެނގެނީ. ޑރ އަފްރާސީމްގެ މަރު ސިޔާސީ ކޮއްގެން ކޮންމެ އިންތިހާބަކާ ދިމާކޮއް އެންމެ ހަރު އަޑުން ގޮވާނެ އިންސާފު ހޯދައި ދޭނަމޭ. ޢެކަމް ހިތަށް އަރާތޯ އެއީ ކުއްޖެއްގެ ބައްޕަ އެއް މީހެއްގެ ފިރިއެއްކަން އާއިލާއެއް އެބައޮތްކަން. ބަލަ އެމީހުންގެ ހިތުގަ އަޅާނެ ވޭން އިހްސާސް ނުވޭތަ މާ މޮޅު ކަމަކަ ހަދައިގެން އެކަކު ބޮލަ އނެކަކު ބޮލަ ޢެ ފުރާނާއިގެ މަރުގެ ތުހުމަތު ތި އަޅުވަނީ. ޢިންސާނިޔަތު ކަމެއް ނެތްގޮތުގައި މަރާލެވުނު އިރު ކައްވަޅުގަ ވެސް މަޑުން އޮތަ ނުދޭނެ މި ނުވިސްނޭ ނާތަހުޒީބު ދިވެހިން. މާ މޮޅު އެއްޗެކަމަށް ޑިމޮކްރަސީ ތަޔާރަފް ކޮއްގެން މިހާރު ކިހާ ތާހިރު. ލަދެއް ހަޔާތެއްނެ. ގޮތެއް ފޮތެއްނެ. މި ނޫނަސް ދުވަހެ އޮތްކަން ހަދާން ކޮލަދެން. ޑރ އަފްރާސީމްގެ ފުރާނައަށް ރަހްމަތްލައްވާ ސުވަރުގޭގެ ނިޔުމަތް މިންވަރުކޮއްދެއްވާ. ގާތިލް އާއި އެކަމުގައި ބައިވެރި ވީ ބަޔަކު ފަލީހަތް ކުރަވާ ދުނިޔެ މަތީގާ ވެސް އަދި އާހިރަތް ދުވަހު ވެސް އެބައިމީހުންނަށް ގަދަ ވެގެންވާ އަޒާބު ދެއްވާށި. އާންމީން

    • އަޑުއަހާމީހާ

      ވަރަށްފުރިހަމަ

    • މީ

      ޔާﷲ އާމީން

  4. ޝިފާން

    އަފްރާޝީމް މަރާލީ ޔާމީނުގެ އޯޑަރަށް ބުރޯ ބަޔަކު ލައްވާ. އިންޑިޔާގަ ދަންޖެހުނު ޕޮލިސް ކުއްޖާގެ ސިޓީ ބަލާލީމަ މިކަން ވ. ރަނގަޅަށް ސާފުވާނެ.

    • ބަލަންޖެހޭ

      ފުލުހުން މިކޮމެންޓުކުރި މީހާ ހޯދާ ސުވާލުކުރަންޖެހޭ މީނަގެ އަތުގަ ވަރަށް މައުލޫމާތުއެބަހުރި ރޔާމީން. އަފްރާޝީމު މަރަންޖެހޭ އެއްވެސްސަބަބެނެތް.. އަފްރާޝީމު މަރާލިމީހާ އިގޭނެ އައްނިއަށް. އޭނަބުނި އެމީހުން ވަނީމިހާރު ފިލާފައޭ.. އެކަންވެސް ތަހުގީގުކުރަންޖެހޭ.. އަބުދުﷲރިޔާޒާވެސް ސުވާލުކުރަންޖެހޭ ތަހުގީގު ފުރިހަމަނުކުރީ ކީއްވެތޯބަލަން. ހޯމްމިނިސްޓަރަކަށްހުރި ޖަމީލުއާވެސް.

    • އިބޫ

      ޝިފާން ޖަހައިގެން ކޮމެންޓް ކޮށްގެން އެއުޅޭ މީހެއް ކއިރިން އަހާލަން ބޭނުން ކަލޯ ދެކުނިންތަ އިންޑިއާގަ ދަންޖެހުނު ޕޮލިސް ކުއްޖާގެ ސިޓީ ފިތުނަ އުފައްދަން ކިތަންމެ މަސައްކަތެއް ކުރިޔަސް މިގައުމުގެ އެންމެންނަށް އެނގޭ އެމްޑީޕީއަކީ ކިހާ ވަރެއްގެ ފިތުނަ އުފައްދާ މީހުން އުޅޭ ޕާޓީއެއްކން

  5. ރައްޔިތުން

    އިންތިޚާބަކަށް ކުރިމަތި ލައިގެން މި އުޅެނީ ނަޝީދެއްވެސް ނޫން. އެހެންނޫނަސް ތިކަން އަދި ސާފެއް ނުވޭ އަދި ސާފުވެ ފަތު އަޑު ކިޔާފައި ތިވާހަކަ ދެކެވި ތިކަން ހިނގައިގަންނާނެ. ހުރިހާ ބޭފުޅުންގެ ވޯޓް އިބޫ އަށް ދެއްވާ. އޭރުން ތި މައްސަލަވެސް ބަލާނެ.

    • ޖަމީލުބެ

      ކުރިމަތިލައިގެން އުޅެނީ އެމްޑީޕީ ގެ ކެނޑިޑޭޓެއް. އެމީހުންގެ ލީޑަރަކީ ތިބުނާ މުހައްމަދު ނަޝީދު.

  6. ވިސްނާ

    ސުބުހާނަﷲ. މުޅިން ހައިރާންވެ އަންތަރީސްވެއްޖެ. މިފަދަ މީހުންނަށްތޯ މީހުން ވޯޓުލަން މިމަރުދަންޖެހެނީ

  7. އަބްދުއްލާ

    އފްރާސީމް އަވަހާރަ ކޮށްލުމުގެ އަސްލު ހަގީގަތަކީ މިއީ . މިމީހުންނަކީ މީމީހުންގެ ވެރިޔަކަށް ހުންނަ މީހާއަކީ އަބަދުވެސް އަމިއްލަޔަށްކަންކޮށްފަ އެހެންބައެއްގެ ބޮލުގާކަން އެޅުވުމަށް މަސައްކަތް ކުރާފަރާތެއް

  8. ޒާ

    އަފްރާޝީން އަވަހާރަ ކޮށްލި މައްސަލާގައި ކީއްވެތޯ ޝައިޚް އިލްޔާސާއި ސުވާލު ނުކުރަންވީ؟ މީ ވަރަށް ވާހަކަ.

  9. ރާއްޖެ

    ވީޑިއޯ ބައްލަވާލައްވާ!
    އަފްރާޝީމް މަރާލުމާއި ގުޅިގެން އެންމެ އަވަހަށް ކޮމެންޓެއް ކުރީ ކުރީގެ ރައީސް ނަޝީދު. އޭނާ ބުނީ ބޭރުގެ ޖާސޫސީ ދެ އިދާރާއަކުން ބުންޏޭއަފްރާޝީމް މަރާލި މީހުން ފުރައިފިއޭ.

  10. އަފްރާޝީމް/ހުމާމު

    ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒުގެ މީޑިޔާ ރިޕޯޓަށް ނަޒަރުކޮށްލާށެވެ. އެމަނިކުފާނު ހާމަކޮށްދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަންތައްތައް ހާމަކުރުމުގެ ފުރުޞަތު ޢަބްދުﷲ ރިޔާޒަށް ލިބިފައިނުވަނީ، އެކަމަށް ކާކު ؟ ކޮންބަޔަކު ހުރަސްއެޅުމުންތޯ ؟ ބަލައިލާށެވެ. ޢަބްދުﷲ ރިޔާޒު މިހާރު ހުންނެވީ ޖަލުޙުކުމެއްގައިތޯ ؟ ނުވަތަ އެއްވެސް ޙުކުމެއް އަމުރެއްނެތި ޤާނޫނުގެ އިމުން ބޭރުގައިތޯ ؟

  11. މުހައްމަދުކޮބޭ

    ޗައީ އިމްރާން ލައިވް ޕޯޑިއަމެއްގައި ދައްކާފައިވާ ވާހަކައެއް. ޗައީ އިހަށް ދުވަހު ވައިރަލްވި ވީޑިއޯއެއް ނޫން.

  12. އަލިބެއްޔާ

    ކ.މާލެ / ހ.ހިކޯސްޓް، ޢަލީ ޝާން (ސަޓޯ) އަކީ ޑރ.އަފްރާޝީމް މާރާލުމަށް ހުރިހާ ރޭވުމެއް ރާވައި، އަފްރާޝީމް މަރާލުމުގައި ޢަމަލީ ގޮތުން ބައިވެރިވެފައިވާ މީހެއް. ނަމަވެސް، އޭނާ ވަނީ މިހާރު މުޖުތަމަޢަށް ދޫކޮށްލާފައި. މުޖުތަމަޢަށް ނުރައްކާތެރިވާ މިފަދަ މީހުން ހައްޔަރު ކުރަން ޖެހޭ..

    • ޑަބިޔާ

      ކަލޭ އަތުގަ އޭނަ ބައިވެރިވި ކަމުގެ ހެކި އެބަހުރިތަ؟

  13. އަހުމަދު

    މޑޕ ފިކުރު އެއީ މުލްޙިދުންގެ ފިކުރު.

  14. ސަމަންދަރު

    އެމްޑީޕީ ގެ ރޭވުން ތިހުންނަނީ އެންމެ ނުބައި މާފިޔާއިންގެ ގޮތަށް މިފަދަ ބަޔަކަށް މިގައުމުގެ ވެރިކަން ހަވާލުކުރަން ހެޔޮވެސް ނުވާނެ މިއީ ދީނާ ހިލާފައް މަސައްކަތް ކުރާނެ ބައެއް ކަމާމެދަކު ޝައްކެތް ނުކުރަން މިމީ ހުންނަށް ވެރިކަން ލިބިއްޖެ ނަމަ މިގައުމުގައި ފައްޅި އޅާނެ ކަން މިހާރު ޔަގީން ވެއްޖެ ޔާﷲ މި ނުބައި ރޭވުންތެރި އެމްޑީޕީގެ ކިބައިން މިގައމު ސަލާމަތް ކުރައްވާ ފާނދޭވެ އާމީން .

  15. ހުސޭނުބޭ

    ބަލަގަ މިހާރު މޫސުމް ބަދަލުވެ ޑިސެމްބަރުގެ ކުރިން އިރުވައިވެ ހޅަވެސްޖަހަން ފަށައިފި. ވީމާ ތިއީ ޝައިޚް އިމްރާންގެ ވީޑިއޯއެކޭ ނުބުނާނެ. ބުނާނީ އެޑިޓް ކޮށްފައޭ! ކެކެކެކެކެކެކެކެކެކ

  16. ޖިންނި

    ބަލައަންނިއެއްނޫންތަބުނީތިމަންމެންކޮށްފަނުކުރާނެކަމެއްހިތައްވެސްނާރާނޭ

  17. ެއަހަރެން

    ސަހަރަޯއެ ހިީވޭ!

  18. ދިވެހިރަތްލޭ

    ތިމާމެން ހިތައް އެރުމުން ތިޔައެމްޑިީޕީ މުޅިގައުމުހަލާކުކުރަން ކޮންމެފަދަ ޖަރީމާއެއްވެސްހިންގަފާނެ .އެކަން މިއަދުވަނީ ދުވާލުގެއަލަކަންފެންނަފަދައިން ފެނިފަ. މިގައުމުގެ ރައްޔިތު ކާބަފައިން ދާއޮހޮރުވައިގެން ބުރައެތައް މަސައްކަތަކުން ބިނާކޮށްފަވާއެތައްބިނާއެއް ދެދުވަހެއްގެތެރޭ އަލިފާންޖަހާއަންދާ އަޅިއަށްހަދާލުން .ފުލުހުންނާތަޅާނެކުދިންކޮޅެއްހޯއްދަވަންބޭނުންވުން އެއީމިގައުމުގެރައްޔިތުން ނައްއޮޅިފަވާކަންކަމެއްނޫން. އެހެންމީހުންގެ ބޮލުގަ ބަދުނާމްއަޅުވަން ތިމާމެންގެމުޅިހަކަތަ ދޫކޮށްލަިއަސް ހައްގުގަބޫލްކުރާ ރައްޔިތަކުގެ ދުލުންދުވަހަކުވެސް ތިޔައެމްޑީޕީއަކަށް އާއެކޭނުބުނާނެ. ކާޅުލޭގެއަސަރުނުކުރާ ރައްޔިތުން ތިޔައެމްޑިޕީން މިގައުމައްގެންނަންއުފަންކުރުވަން ބޭނުންއެއްކަމެއްވެސް ކުރަންދުލެއްނުކުރާނެ.

  19. މަރީ

    މިމީހުން ތިބެންވީ މިތާއެއްނޫ ހުސް ވަހީގެ މަލާއިކަތުން.

    ދެންކީކޭ ބުނާނީ........

  20. ނޫސް ކިޔުންތެރިއެއް

    ތީ އަބަދުވެސް ފޭކު ހަބަރު ލިޔާ ބަޔެތް. ނޫހުގައި ލިޔާ އެއްޗިއްސަކީ ވަކި ކޮޅަކަށް ނުޖެހި ލިޔާ އެއްޗިސް ކަމަށް ހަދަމާ.