ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނަން ޖެހޭނީ މަޖިލީހުގައި މިހާރު ހުސްވެފައިވާ ހަތް ގޮނޑި ހިމަނައިގެން ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަށް އަމަލު ނުކުރަން މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލިހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ހުށަހެޅުއްވީ ސުޕްރީމް ކޯޓުން މެމްބަރުންގެ ގޮނޑިއާ ގުޅޭ ގޮތުން ކުރި ހުކުމާ ގުޅިގެން މަޖިލިހުން ގޮތެއް ނިންމުމަށެވެ. އަދި މަޖިލިހުގެ ޖަލްސާތައް ކުރިއަށް ގެންދެވޭނީ އެކަމާ މެދުގައި ގޮތެއް ނިންމައިގެން ކަން އަސްލަމް އިއުލާން ކުރެއްވިއެވެ.
އެހެންވެ، ވިލިނގިލީ ދާއިރާގެ އެމްޑީޕީ މެމްބަރު ސައުދު ހުސެއިން ހުށަހެޅުއްވީ ސުޕްރީމް ކޯޓުގެ ހުކުމަށް އަމަލުނުކޮށް، މަޖިލީހުގެ ޖުމްލަ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދިއުމަށެވެ.އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
މަޖިލިހުގައި ނެގި ވޯޓުގައި އެގޮތަށް ފާސްވީ 25 މެމްބަރުންގެ ވޯޓުންނެވެ. ނުފެންނަ ކަމަށް ދެ މެމްބަރަކު ވޯޓު ދެއްވިއެވެ.
އަސްލަމް ވިދާޅުވީ، މިގޮތަށް ފާސްކުރުމުން ދެން ޖަލްސާތަކުގައި މަޖިލީހުގެ މެމްބަރުންގެ އަދަދަކަށް ބަލާނީ 80 ކަމަށެވެ.
ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ އަދަދާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދަށް ފުރަތަމަ ގެނައި އިސްލާހުތައް ގާނޫނުއަސާސީއާ ހިލާފު ކަމަށާއި މެމްބަރުންގެ އަދަދު ގުނަން ޖެހޭނީ މިހާރު ހުސްވެފައިވާ ގޮނޑިތައް ހިމަނައިގެން ކަމަށެވެ. އެކަމަކު، މަޖިލިހުން ފަހުން ގަވައިދު ބަދަލުކޮށް އެހެން މާއްދާއަކުން ހަމަ އެ ނަތީޖާ އަންނަ ގޮތަށް ބަދަލުކޮށްފައިވާތީ އެކަމުގައި އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ހުކުމްގައިވެއެވެ.
މަޖިލިހުގެ ގަވައިދުގެ 242 ވަނަ މާއްދާ އަށް މަޖިލީހުން ގެނައި ބަދަލުގައި މިހާރު ބުނާ ގޮތުން މަޖިލީހުގެ މެމްބަރަކު މެމްބަރުކަމުން ވަކިވުމުގެ ސަބަބުން މެމްބަރުކަމުގެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އާންމު އިންތިހާބާ ދެމެދު ހަ މަސް ދުވަސް ނުވަތަ އެ އަށް ވުރެ ކުރު މުއްދަތެއް އޮތުމުން އެ ހުސްވި ގޮނޑިއަކަށް މެމްބަރަކު އިންތިހާބު ކުރެވެން ނެތް ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަދަދު ގުނުމުގައި އެ ހުސްވި ގޮނޑި ނުހިމެނޭނެއެވެ.
ސްޕްރީމް ކޯޓުން ކުރި ދެހުކުމަށް ގައްދާރު އެމްޑީފީން މީހުންތިބި މަޖުލީހުން ތަބާނުވާނަމަ އެތަން އުވާލަން ސަޕްރީމްކޯޓުްން ހުކުމް ކުރަންވީއެވެ
ލދ ބައިގަނޑު މީހަމަ ބާރުގެ ބޭނުންކޮށްގެން މިމީހުން ހިތައެރި ގޮތަކަށް ކަންކުރާ ބަޔެއް. ހަމަ 2 ވަނަ އިސްރާއީލް ބައިގަނޑު.
ސްޕްރީމް ކޯޓައް ގޮންޖަހަނީ އަމިއްލަފައިދާ އައް ވަކިކަމެއް ހާސިލް ކުރަން ވެގެން. 5 އަހަރު ހުރިހާ ބާރަކާއެއްކޮއް އެއްކަމެއް ވެސް ނުވެ ދަރިނިވެރި ވުންނޫން ކަމެއް ނުވޭ
މިއޮއްކަމެއްދޯ މުއިޒް ވެރިކަން ވައްޓައެއް ނުލެވޭނެ ފާސްކުރާ އެއްޗެއް ފާސްކުރޭ ހަމަ ތެޅިތެޅި ތިބެންޖެހޭނީ.
ޤައުމުގެ ދުސްތޫރީ އެންމެ މަތީބާރަށް ގޮންޖަހަން ވޯޓުލީ މީހުންގެ ޝަރުތު އުނިވެފައިވާތީ މެންބަރުކަމުން ވަކިވެއްޖެ ކަމަށް ޙުކުން ކުރާން ޖެހޭ
އެމްޑީޕީއަކީ އަބދުވެސް ޝަރުޢީ ނިޒާމް ފުޑާލާ ޕާޓީއެއް ، މީގެ ކުރިންވެސް މަގުމަތީގައި ކޯޓުހެދީ މިމީހުން ، މިމީހުން ޤަބޫލުކުރާ އިންސާފަކީ މިޕާޓީގެ މީހަކަށް ހުކުމެއް ނުވަތަ އަދަބެއް އައިސްގެންނުވޭ ، ވައްކަން ކުރިއަސް އެއީ ވައްކަމަކަށްނުވޭ ، މީ މިއުޅޭ ގޭންގްތަކަށްވުރެ ނުރައްކާ ބައެއް
އަނެއްކާ ގަދަ ހިފުމަކަށް ދަނީބާ! ރައްޔިތުން ފަހު ބަސް ބުނުމުން ދެނެއް ރައްޔިތުންގެ މައްޗަށް ބަސް ބުނުމުގެ އެއްވެސް ޙައްގެއް އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވާކަން މި ނިކަމެތި އަލާ ޤަބޫލު ކުރަނމެވެ.
ކުރިން އަހަރެމެން ތިބީ ކަލޭމެނަށް ވޯޓް ދޭން ނިންމައިގެން ލާހިކެއްނޫން ދެން އަހަރެންގެ ވޯޓް ނުދޭނަން ވޯޓެއް
ސްޕްރިމް ކޯޓު ވިއަސް ރައްޔިތުން އިއްވާ އަޑު އެ ކޯޓުންވެސް ޤަބޫލު ކޮއް ޙުރުމަތް ތެރިކޮއް ހިތަންޖެހޭނެ ކަމަށް ރައްޔިތުން ޤަބޫލު ކުރަނީ!
މިމީހުން ހިތަށް އަރާފިޔާ އިސްލާމް ދީނުގަ ހަރާންކަމެއްވެސް ހުއްދަކުރަން ފާސްކޮށްފާނެ ދޯ. ކީކުރާނީ އަނެއްކާވެސް ހަމަ މިމީހުން ގޮސް ފައިސާ ބަހަލާއިރަން މަޖްލީހަށްް ހޮވާން ފޫގަޅާނެ ބަޔަކު މިގައުމުގަ ތިބެންޏާ ވާނީ މިހެން.
ތިމަޖިލީސް އުވާލާ ތިމަޖިލީސް އުވާލާ ތިމަޖިލީސް އުވާލާ ތިމަޖިލީސް އުވާލާ ތިމަޖިލީސް އުވާލާ
ތި މަޖިލީހުން ނިންމާ ނިންމުން އޭރުން ރައްޔިތުންނެއްވެސް ތަބައެއް ނުވާނެ. ބަލައެއްވެސް ނުގަންނާނެ. ތިގޮތަށް ގޮނޑިއާއި ގުޅޭގޮތުން ދެން ނިންމާ ކޮންމެ ނިންމުމެއް ވާނީ ޤާނޫނު އަސާސީއާއި ޚިލާފް ނިންމުމަކަށް.. ސަކަރާތް ޖަހާލަ ޖަހާލާ ތިބޭ. ތަންފީޛެއް ނުކުރޭވޭނެ ނިންމާ އެއްވެސް ނިންމުމެއް. ބައިނަލް އަޤްވާމީ މަސްރަޙުންވެސް ބަލައިނުގަންނާނެ. އަދި ކުރިއަށް އޮތް އިންތިޚާބުގައިވެސް ތިއިން މީހަކު ބަލައެއް ނުގަންނާނެ.
އެމްޑީޕީ އުވާލުންނޫންގޮތެއް އޮތްކަމަކަށް ނުފެނޭ.ސްޕްރީމްކޯޓްގެ ހުކުމަށް ތަބާނުވަން މަޖިލީހުން ފާސްކުރުމަކީ ގާނޫނުއަސަސީ ގަބޫލުނުކުރާނެކަމަށް މަޖިލީހުން ފާސްކުރުންފަދަ ކަމެއް. ނުވަތަ ގާނޫނުއަސަސީ ގަބޫލު ނުކުރާން ފާސްކުރުން. މިހާހިސާބުން މި ޖަމާއަތް އުވާލުމަށް ހައިކޯޓަށް ހުށަހެޅުމުގެ ބާރު ގާނޫނީފަރާތަކަށް ވެސް އިލެކްސަން ކޮމިސަނަށް ވެސް ލިބިގެންވޭ. ގާނޫނުއަސާސީ ގަބޫލު ނުކުރަން ފާސްކޮށްފިނަމަ ގާނޫނީގޮތުން އެ މެމްބަރުން ނިސްބަތްވާ ޕާޓީ ވެސް އުވުނީ.އެއީގާނޫނުއަސަސީ ނެތްނަމަ ޕާޓީއެއް ނޯންނާނެތީ.. މިމައްސަލަ އަވަހަށް ހައިކޯޓަށް ހުށަހެޅުމަށް އިލެކްސްނުގެ ކިބައިން އެދި ދަންނަވަން. ގާނޫނުއަސަސީ ބުނޭ ގާނޫނުއަސަސީއާއި ގާނޫނު މަާނަ ކުރުމުގެ ބާރު އަދި ގާނޫނުއަސަސީއާއި ގާނޫނު މާނަކޮށް ނިޔާ ކަނޑައެޅުމުގެ ބާރު ސްޕްރީމްކޯޓަށް ލިބިގެންވާކަމަށް. ގާނޫނުއަސާސީގަ މަޖިޅހަށް އަންގާފަވަނީ ހިޔާލު ތަފާތުވާ މައްސަލަތަކުގަ އަމަލުކުރަންޖެހޭ ގޮތް ބެލުމަށްޓަކާ ގަރާރެއް ތައްޔާރުކޮށް އެގަރާރު ސްޕްރީމްކޯޓަށް ފޮނުވުމަށްމަޖިލީހަށް އަންގާފައި އެއީ ގާނޫނުއަސާސީގެ 95 ވަނަ މާއްދާ ގާނޫނުއަސާސީގެ 95 ވަނަ މާއްދާއަށް އަމަލުނުކޮށް އެމްޑީޕީން އަމިއްލައަށް އެޕާޓީ މެމްބަރުން މެދުވެރިކޮށް ގޮތްތައް ކަނޑައެޅުމަކީ ގާނޫނުއަސަސީ ގަބޫލުނުކުރާކަން އިއުލާންކުރުން ނޫންކަމަކަށް ނުވާނެ. .މިފަދަ ހާލަތުގަ އެޕާޓީ އުވާލުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ބާރު އިލެކްސަންކޮމިސަނަށް ލިބިގެންވޭ.
އެމްޑީޕީ އުވާލުންނޫންގޮތެއް އޮތްކަމަކަށް ނުފެނޭ.ސްޕްރީމްކޯޓްގެ ހުކުމަށް ތަބާނުވަން މަޖިލީހުން ފާސްކުރުމަކީ ގާނޫނުއަސަސީ ގަބޫލުނުކުރާނެކަމަށް މަޖިލީހުން ފާސްކުރުންފަދަ ކަމެއް. ނުވަތަ ގާނޫނުއަސަސީ ގަބޫލު ނުކުރާން ފާސްކުރުން. މިހާހިސާބުން މި ޖަމާއަތް އުވާލުމަށް ހައިކޯޓަށް ހުށަހެޅުމުގެ ބާރު ގާނޫނީފަރާތަކަށް ވެސް އިލެކްސަން ކޮމިސަނަށް ވެސް ލިބިގެންވޭ. ގާނޫނުއަސާސީ ގަބޫލު ނުކުރަން ފާސްކޮށްފިނަމަ ގާނޫނީގޮތުން އެ މެމްބަރުން ނިސްބަތްވާ ޕާޓީ ވެސް އުވުނީ.އެއީގާނޫނުއަސަސީ ނެތްނަމަ ޕާޓީއެއް ނޯންނާނެތީ.. މިމައްސަލަ އަވަހަށް ހައިކޯޓަށް ހުށަހެޅުމަށް އިލެކްސްނުގެ ކިބައިން އެދި ދަންނަވަން. ގާނޫނުއަސަސީ ބުނޭ ގާނޫނުއަސަސީއާއި ގާނޫނު މަާނަ ކުރުމުގެ ބާރު އަދި ގާނޫނުއަސަސީއާއި ގާނޫނު މާނަކޮށް ނިޔާ ކަނޑައެޅުމުގެ ބާރު ސްޕްރީމްކޯޓަށް ލިބިގެންވާކަމަށް. ގާނޫނުއަސާސީގަ މަޖިޅީހަށް އަންގާފަވަނީ ހިޔާލު ތަފާތުވާ މައްސަލަތަކުގަ އަމަލުކުރަންޖެހޭ ގޮތް ބެލުމަށްޓަކާ ގަރާރެއް ތައްޔާރުކޮށް އެގަރާރު ސްޕްރީމްކޯޓަށް ފޮނުވުމަށްމަޖިލީހަށް އަންގާފައި އެއީ ގާނޫނުއަސާސީގެ 95 ވަނަ މާއްދާ ގާނޫނުއަސާސީގެ 95 ވަނަ މާއްދާއަށް އަމަލުނުކޮށް އެމްޑީޕީން އަމިއްލައަށް އެޕާޓީ މެމްބަރުން މެދުވެރިކޮށް ގޮތްތައް ކަނޑައެޅުމަކީ ގާނޫނުއަސަސީ ގަބޫލުނުކުރާކަން އިއުލާންކުރުން ނޫންކަމަކަށް ނުވާނެ. .މިފަދަ ހާލަތުގަ އެޕާޓީ އުވާލުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ބާރު އިލެކްސަންކޮމިސަނަށް ލިބިގެންވޭ.އެކަންއެގެނީ ޕާޓީތަކާއި ބެހޭ ގާނޫނުން. އެގާނޫނުގަ ޕާޓީއުވާލުމާބެހޭ ބައިގަ އެވާހަކަ އެބައޮތް.
.ސްޕްރީމްކޯޓްގެ ހުކުމަށް ތަބާނުވަން މަޖިލީހުން ފާސްކުރުމަކީ ގާނޫނުއަސަސީ ގަބޫލުނުކުރާނެކަމަށް މަޖިލީހުން ފާސްކުރުންފަދަ ކަމެއް. ނުވަތަ ގާނޫނުއަސަސީ ގަބޫލު ނުކުރާން ފާސްކުރުން. މިހާހިސާބުން މި ޖަމާއަތް އުވާލުމަށް ހައިކޯޓަށް ހުށަހެޅުމުގެ ބާރު ގާނޫނީފަރާތަކަށް ވެސް އިލެކްސަން ކޮމިސަނަށް ވެސް ލިބިގެންވޭ. ގާނޫނުއަސާސީ ގަބޫލު ނުކުރަން ފާސްކޮށްފިނަމަ ގާނޫނީގޮތުން އެ މެމްބަރުން ނިސްބަތްވާ ޕާޓީ ވެސް އުވުނީ.އެއީގާނޫނުއަސަސީ ނެތްނަމަ ޕާޓީއެއް ނޯންނާނެތީ.. މިމައްސަލަ އަވަހަށް ހައިކޯޓަށް ހުށަހެޅުމަށް އިލެކްސްނުގެ ކިބައިން އެދި ދަންނަވަން. ގާނޫނުއަސަސީ ބުނޭ ގާނޫނުއަސަސީއާއި ގާނޫނު މަާނަ ކުރުމުގެ ބާރު އަދި ގާނޫނުއަސަސީއާއި ގާނޫނު މާނަކޮށް ނިޔާ ކަނޑައެޅުމުގެ ބާރު ސްޕްރީމްކޯޓަށް ލިބިގެންވާކަމަށް. ގާނޫނުއަސާސީގަ މަޖިޅީހަށް އަންގާފަވަނީ ހިޔާލު ތަފާތުވާ މައްސަލަތަކުގަ އަމަލުކުރަންޖެހޭ ގޮތް ބެލުމަށްޓަކާ ގަރާރެއް ތައްޔާރުކޮށް އެގަރާރު ސްޕްރީމްކޯޓަށް ފޮނުވުމަށްމަޖިލީހަށް އަންގާފައި އެއީ ގާނޫނުއަސާސީގެ 95 ވަނަ މާއްދާ ގާނޫނުއަސާސީގެ 95 ވަނަ މާއްދާއަށް އަމަލުނުކޮށް އެމްޑީޕީން އަމިއްލައަށް އެޕާޓީ މެމްބަރުން މެދުވެރިކޮށް ގޮތްތައް ކަނޑައެޅުމަކީ ގާނޫނުއަސަސީ ގަބޫލުނުކުރާކަން އިއުލާންކުރުން ނޫންކަމަކަށް ނުވާނެ. .މިފަދަ ހާލަތުގަ އެޕާޓީ އުވާލުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ބާރު އިލެކްސަންކޮމިސަނަށް ލިބިގެންވޭ.އެކަންއެގެނީ ޕާޓީތަކާއި ބެހޭ ގާނޫނުން. އެގާނޫނުގަ ޕާޓީއުވާލުމާބެހޭ ބައިގަ އެވާހަކަ އެބައޮތް.
ވޯޓުގައ ބައިވެރިވ އެންމެހައ މެންބަރުންގެ މައްޗަށް ކޯޓުގެ ޚުރުމަތް ކެނޑިކަމުގެ ދަޢުވާ އުފުލައި، ޖަލަށް ލުމަށް ޙުކުމްކުރުމަށް ސުޕްރީމްކޯޓަށް ގޮވާލަން މިގޮތަށް ދާނަމަ، ކޯޓުތަކުގެ ބޭނުން ކެނޑިގެންދޭ.
ގާނޫނުއަސާސީގެ 95 ވަނަ މާއްދާއާއި 143 އާއި 144 މި މާއްދާތައް އަމަލު ކުރަން ރައްޔިތުންގެ މަޖީލުން ގަބޫލު ނުކުރަން ފާސްކުރުމަކީ ގާނޫނުއަސާސީ އުވާލުމުގެ އަމަލެއް މިހިސާބުން ހައިކޯޓުންޖެހޭނި އެމްޑީޕި ގައިރުގާނޫނީކުރަން.