މި ސަރުކާރުން އައްޑޫ ސިޓީއަށް ރާވާފައިވާ ތަރައްގީގެ ޕްލޭންތައް ކުރިއަށް ގެންދިއުމުގައި އެއްބާރުލުން ދޭނެ ކަމުގައި ޔަގީންކަން އޮތް ކެނޑިޑޭޓަކީ ރައްޔިތުން މަޖިލީހުގެ މި ފަހަރުގެ އިންތިހާބުގައި އައްޑޫ ހިތަދޫ މެދު ދާއިރާއަށް ވާދަކުރާ އަޙްމަދު އަޒާން މަރުޒޫޤުގެ ފަރާތުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ފަރާތުން އައްޑޫ ހިތަދޫ މެދު ދާއިރާއަށް އަޒާން ހޮވަންވީ ކީއްވެގެންތޯ ހާމަކޮށް ރައީސް ވަނީ މީޑިއޯ މެސެޖެއް ހިއްސާ ކުރައްވާފައެވެ.
އެ ވީޑިއޯގައި ރައީސް ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރަކަށް އަޒާން ހޮއްވައިދެއްވުމަށް އެދޭ ކަމަށެވެ.
އައްޑޫ އަދި ހިތަދޫގެ ތަރައްގީއަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަން ޖެހިފައި ހުރި ކަމަށާއި ވަރަށް ގިނަ ތަރައްގީގެ ޕްލޭންތައް އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.
"މިކަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވޭ. މި ކަމުގައި ފުރިހަމަ ޔަގީންކަން އޮތީ އަޒާންއަށް.". ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ހިތަދޫ މެދު ދާއިރައަށް އަޒާން ހޯއްވައިދެއްވުމަކީ އެމަނިކުފާނުގެ ވަރަށް ބޮޑު އެދުމެއް ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ރައްޔިތުން ކަންކުރައްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އަޒާން އަކީ ފިސާރި ކެރޭ ދިވެހި ދަރިއެއް. އިންޝާﷲ ކާމިޔާބު ވާނެ
މީނާއަކީ މަޖިލިސްމެމްބަރަކަށް ހޮވަން ހެޔޮވާވަރުގެމީހެއްނޫން މުޅިގައުމު ފަސާދަކުރަމުން ދުވިމީހެއްމީ
ރާއްޖޭގެ ހުރިހާ ދިމާލަކުން ވެސް ނޭނގެ ސަރުކާރު ކނޑިޑޭޓެއް....ފެންނަނީ އެހެން މަންޒަރެއް...ރައީސް މިކަން ސާާފު ކޮއްދޭން ޖެހޭ
އެންމެ ފުރިހަމައަށް ދޮގު ޚަބަރުތައް ފެތުރޭނެ ދޮގުވެރިޔަކީ މި ސޮރު.
މިސޮރުކައިރީ އަހާލަބަލަ ކޮބައިތޯ ރާއްޖޭގަތިބި 2000 އިންޑިއާ ސިފައިންނާއި އެމީހުން ގެންގުޅުނު ހަތިޔާރުތައް؟ ރައީސަށް ދޮގުހަދައިދީގެން ވެރިކަން ލިބުނީމަ ރައީސްވެސް ޖެހޭނެތާ މިސޮރަށް ކަމެއް ކޮށްލަދޭން. ވޯޓު ދެވޭކަށްނެތް. ދޮގުހަދާ މީހުންނަށް ތާއީދެއް ނުކުރަން.
މިތިބީ އަޒާން ފަހަތުގައި.