ކަރަންޓަކީ މި ޒަމާނުގައި ވަރަށް މުހިންމު އެއް އަސާސީ ވަސީލަތެކެވެ. އެއީ ކޮންމެ ރަައްޔިތެއްގެ ހައްގެއްވެސް މެއެެވެ. ނަމަވެސް ހދ. ވައިކަރަދޫގެ ރައްޔިތުން އެ ހައްގުން މަހުރޫމްވެފައިވާތާ މިއަދަށް ފަސް ދުވަސް ވާނެއެވެ. އެ ރަށުގެ އިންޖީނަށް ދިމާވި މައްސަލައަކާއި ގުޅިގެން އެ ރަށަށް ރަނގަޅަށް ކަރަންޓު ނުލިބެއެވެ.

ރޯދަ މަހަކީ ހާއްސަކޮށް ކަރަންޓުގެ ބޭނުން ރައްޔިތުން ވަރަށް ގިނައިން ކުރާ މައްސަރެކެވެ. އަދި މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރު ވެސް މެއެެވެ. އެހެންކަމުން މި ދަނޑިވަޅުގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވުން ވައިކަރަދޫ ރައްޔިތުންނަށް ވަނީ ބޮޑު ވޭނަކަށް ވެފައެވެ.

އިންޖީނުގެ ހެދޭނެ ދުވަހެއްގެ އިންތިޒާރުގައި ރައްޔިތުން ތިބެތިބެ ވާޅުވުމުން ރޭގައި އަޑުގަދަ ކުރާ ހިފައިގެން ގިނަ ބަޔަކު ވަނީ ރަށުގައި ހުރި ފެނަކަ ދޮށަށް ނިކުމެފައެވެ. އެ ރައްޔިތުން އެ ފަރާތްތަކުގެ އުދާސްތައް ވަނީ ވާހަކަ އާއި އަމަލުން ދައްކުވާދީފައެވެ.

އެގޮތުން ރޭގެ މުޒާހަރާގައި ބައިވެރިވި މީހަކު ހުރީ މުޅި ގައިގައި ސައި ބޯނި ހާކައިގެންނެވެ. އެމީހާ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނު އިރު، އާންމުވެފައިވާ ވީޑިއޯގައި އެ ދިވެހި ފިރިހެން މީހާ ބުނި ގޮތުގައި ރަށުން ކަރަންޓު ދިޔައީ ފާހަނާގައި ފެން ވަރަން ހުއްޓައެވެ.

ކަރަންޓު ނުލިބުމުގެ ސަބަބުން މިހާރު ރައްޔިތުން ފެންނުވަރާ ހުންވަތާ ހަތަރު ދުވަސް ވެއްޖެ ކަމަށް ވެސް އެ ބައިވެރިން ދިޔައީ ބުނަމުންނެވެ.

" ރޯދަ ވިއްލާ ގަޑި އާއި ހާރުކާ ގަޑީގައި ވެސް އަޅުގަނޑުމެން ތިބެން މި ޖެހެނީ ކަނު އަނދިރީގައި. މިއީ ކިހާ ބޮޑު ތަކުލީފެއް. އާ ޖެނެރޭޓަރެއް ގެންނާނަމޭ ކިޔާތާ ވެސް މިހާރު ފަސް ދުވަސް ވަނީވެފައި. އެކަމަކު، ވެސް މި މައްސަލައަށް އަދިވެސް ހައްލެއް ލިބޭނެ ދުވަހެއް ނޭނގެ." ވައިކަރަދޫއިން ވާހަކަދެއްކި މީހަކު ބުންޏެވެ.

ފެނަކައިން ބުނެފައިވާ ގޮތުގައި ވައިކަރަދޫގެ ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރުމަށް އެ ރަށަށް ބޭނުންވާ 250 ކިލޯވޮޓްގެ އާ ޖެނަރޭޓަރެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހނހ

    މިއީކީ އާކަމެއް ނޫން މީގެ އަހަރު ތަޖެއް ކުރިން ވެސް ވަނީ ގިނަދުވަހައް ބައެއް ރަށްރަށުން ކަރަންޓް ގޮސްފައި މިއީ އެމްޑީޕީ އަޑީގާ އޮވެ ޖައްސާ ސިޔާސީ ސްޓންޓެއް

    4
    1
  2. ކޮޔާ

    އިމްތިހާނެއް ކަމަށް ގަބޫލު ކުރަންވީ އަހަރެމެންފަދަ މުސްލިމުން ފަލަސްތީނުގަ އެއުޅެނީ ކޮންޚިދުމަތެއް ފުރިހަމަވެގެންތަ؟ދުވާލަކު ކިތަށް މީހުން ޝަހީދު ކޮއްލަނީ ކާނެފަދައެއް ބޯނެ ފެންފޮދެއް ނުލިބޭ އެކަމަކު ﷲއެންގެވި ގޮތަށް އެއްވެސް ގޮތަކާ ޚިލާފު ނުވެ ޝަކުވާނުކޮށް ތިބެނީ އީމާން ކަންމަތީގަ

    10
  3. އަހަންމަދު

    ފެނަކަ އެމްޑީ އިސްތިއުފާ.!!!

  4. ސައުދީ

    ކަރަންޓް ނެތުމުން މިޒަމާނުގައި ދިރިއުޅެން އުނދަގޫވާނެކަން އެންމެނަށްވެސް އެނގޭ. އެކަމަކު ހަތަރުދުވަސް ފެންނުވަރައޭ ބުނީމަ ގަބޫލުނުކުރެވޭ، އެއީ ތިރަށަކީ މާލެހެން އުސްއިމާރަތްތަކެއްގައި މީހުންދިރިއުޅެމުންދާ ރަށެއްނޫން،
    އެކަމަކުވެސް ރައްޔިތުންގެ ބަޔަކަށް ކަރަންޓު ހިދުމަތްނުލިބި ތިއުފުލާންޖެހޭ ތަކުލީފު ބަލައެއް ނުގަނެވޭ. ފަސޭހައިން ގެންދެވޭ ބެކްއަޕްސެޓް ހުންނަންޖެހޭ.

  5. ދިރުވާލި ފެނަކަ

    ފެނަކަ ދަވާލަިގެން ގޮސް އެމް.ޑީ.ޕީ އެ ކުރަނީ ކެމްޕެއިން. 4 ބިލިޔަން ކާލައިގެން ކުރީގެ ފެނަކަ އެމް.ޑީ ވާދޫ ސަައީދު އެދަނީ ފައިސާ އަށް ގޮޑިގަންނަން ފަިއސާ ބަހަމުން.ކޮބާތަ މި މީޙުންނާއި މެދު ފިޔަވަޅު ނާޅައި މި ތިބެނީ..ފެނަކަ ދޮވެލައިގެން ދިޔައީ..މަސްވެރިންގެ ލާރިގަޑު ކާލައިގެން އެމްޑޕ ސަރުކާރު ބޮޑުން ފިލީ.މިއީ ހަގީގަތް.ނެތް އެއްޗެއް ކިހިނެއް ދެނީ..

  6. Anonymous

    ފެނަކައަކީ ކަމުދާ ކުންފުންޏެންހެން ހިޔެއްނުވޭ ރާއްޖޭގެ ހުރިހާ ކަނރަންޓްގެ ކަމެއް ސްޓެލްކޯއާ ހަވާލުކުރަން ފެނޭ.

  7. ޙދުެޖިއ

    މައުމޫނުގެ ވެރިކަމުގައި ތަޢާރަފް މިކުރި ކަރަންޓްގެ ހިދުމަތާއި ގުޅިގެން ރައްޔިތުން ހަލާކު ކޮށްލައިފި.

  8. ކަރަންޓް

    ކަރަންޓް ލަނޑާލާނެ ތާވަލެއް ދީފަ އޮންނައިރު ކަރަންޓް ލިފަ ހުއްޓަ ފެންނުވަރާ ކަރަންޓް ކަނޑާލާ ގަޑިއަށްތަ ފެންވަރަން ވަންނަނީ، ބޮޑަށް ވައްތަރީ އެމްޑީޕީ ބައިގަޑުގެ ރޭވުމެއްކަމަށް.