ހދ. ވައިކަރަދުއަށް އާ ޖަނަރޭޓަރެއް ގެންގޮސް ކަރަންޓު ދޭން މިއަދު ފަށައިފިއެވެ.

ފެނަކަ އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ ވައިކަރަދޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން ގެންދިޔަ 250 ކިލޯވޮޓްގެ ޖަނަރޭޓަރުން ކަރަންޓު ދޭން ފަށާފައިވާ ކަމަށެވެ.

ވައިކަރަދޫގައި 24 ގަޑިއިރު ކަރަންޓު އަލުން ޔަގީން ވެގެން މިދިޔައީ އެ ހިދުމަތް ނުލިބޭތާ ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ވައިކަރަދޫން މީގެ ކުރިން ވާހަކަ ދެއްކި މީހަކު ބުނީ ކަރަންޓު ދެމުން އަންނަނީ އަވަށްތަކަށް ބަހާލައިގެން ކޮންމެ ތިން ގަޑިއިރަކުން ތިން ގަޑިއިރަކުން ކަމަށެވެ.

ވައިކަރަދޫ އަށް ކަރަންޓު ނުލިބޭ، ރައްޔިތުންގެ އުދާސްތައް ބަންޑުންކޮށްލަން މަގުމައްޗަށް!

އެހެންވެ، ރޯދަ މަހުގެ މެންދުރު ފަހު އެންމެ ހޫނު ގަދަ ގަޑީގައި އާއި ރޭގަނޑު ގަޑީގައި ކަރަންޓު ކަނޑާލާތީ ބޮޑެތި އުނދަގުލާއި ތަކުލީފްތައް އުފުލަން ޖެހުނު ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ. ކަރަންޓު ކަނޑާ މައްސަލައިގައި އެ ރަށުގެ ބަޔަކު ވަނީ ރަށުގައި މުޒާހަރާ ވެސް ކޮށްފައެވެ.

ރޯދަ މަހަކީ ހާއްސަކޮށް ކަރަންޓުގެ ބޭނުން ރައްޔިތުން ވަރަށް ގިނައިން ކުރާ މައްސަރެކެވެ. އަދި މި ދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަ ދުވަސްވަރު ވެސް މެއެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ވައިކަރަދޫއަކީ ހާހެއްހައިމީހުންވެސް ނޫޅޭ ރަށެއްކަންނޭގެ! މިއީ 6200 ރަށުގެ ރަށްވެހިންނާ ، އެހެން ރަށްރަށާ އެހެން ޤަވްމުތަކުގެ 4672 މީހުން ދިރިއުޅޭ ރަށެއް! މިރަށުގެ އިންޖީނުގޭގެ ޖަނެރޭޓަރުތަކެއްގެ މައްސަލަޖެހިގެން ދެފަހަރު ދެގަޑިއިރު ކަރަންޓްދީފައި އަނެއް 10 ގަޑިއިރު ކަރަންޓުނެތި 10 ވަރަކަށް ދުވަހު ރައްޔިތުން އުޅެފީމު@ މުޒާހަރާއަށް ނުނިކުތީ ޗޯރުގެ ސަރުކާރު ނިމުނުއިރު ފެނަކަ އޮތް ޙާލު އެގޭތީ އާސަރުކާރަށް ފުރުޞަތު ދޭންޖެހޭނޭތީ! މިކަންޖެހޭނެ ވައިކަރަދޫކުދިންވެސް ދަންނަން!