ގިނަ އަދަދެއްގެ އުނޅަދު ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކައިން އިއުލާނުކޮށްފިއެވެ.

ފެނަކައިން ގެޒެޓްކޮށްފައިވާ އިއުލާނުތަކެއްގައި ވަނީ ޖުމްލަ 19 އުނޅަދެއް އެ ކޯޕަރޭޝަނަށް ބޭނުންވާ ކަމަށް ބުނެފައެވެ. އެ އުނޅުތަކަކީ ޕިކަޕާއި ބައުޒަރާއި ވޯޓާ ސަކްޝަން އެންޑް ޖެޓިން ޓްރަކެވެ. އޭގެ އިތުރުން ވެސް ބައެއް އެހެން އުނޅަދުތައް ހޯދުމަށް އިއުލާނުކޮށްފައިވެއެވެ.

ފެނަކައިން ހޯދުމަށް އިއުލާނު ކޮށްފައިވަނީ:

  • 1.5 ޓަނުގެ ފަސް ޕިކަޕު
    5،000 ލީޓަރުގެ ދެ ބައުޒަރު
    10،000 ލީޓަރުގެ ދެ ބައުޒަރު
    20،000 ލީޓަރުގެ ބައުޒަރެއް
    ބޮޑު ސައިޒުގެ ހަ ވޯޓާ ޖެޓިން ޓްރަކު
    ކުދި ސައިޒުގެ ތިން ވޯޓާ ޖެޓިން ޓްރަކު

އޭގެ އިތުރުން، ފެނަކައިން ވަނީ ސަޕްލައި ދޯންޏަކާއި ލޭންޑިން ކްރާފްޓެއް ހޯދުމަށް ވެސް އިއުލާނުކޮށްފައެވެ.

ފެނަކައިން ބުނެފައިވަނީ ގިނަ އަދަދެއްގެ އުނޅަދުތަކެއް ހޯދުމަށް އެ ކުންފުނިން އިއުލާނު ކުރީ ކުއްޔަށް އުނޅަދުތައް ނަގައިގެން މަސައްކަތް ކުރުން ނިމުމަކަށް ގެނައުމަށް ކަމަށެވެ. ކުއްޔަށް ނަގައިގެން އުނޅަދުތައް ބޭނުންކުރުމުން ހަރަދު ބޮޑުވާ ކަމަށް ފެނަކައިން ބުނެއެވެ. އަދި އާ އުނޅަދުތައް ހޯދަނީ މިހާރު ހުރި ބައެއް ތަކެތި ހަލާކުވެފައިވާތީ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޔާ

    ތިތަކެތި ގަންނާނެ ފައިސާ ފެނަކައަކު ހުރިކަމަކަށް ނުބެލެވޭ. ދެން ތަކެތި ގެންނަ ފަހުން ފައިސާ ނުދީގެން އުޅެން ޖެހޭނީ. ވީމާ ފެނަކައިން ދެން ތިޒާތުގެ އިއުލާން ކުރުން ހުއްޓާލަންވީ. އަދީ އޭގެ ބަދަލުގައި ފިނޭންސު މިނިސްޓުރީއިން ތަކެތި ގަނެދޭންވީ ފެނަކާއަށް.