ބިއްލޫރި ހޮޅިއެއް ތެރެއިން މާލެ ރައްޔިތުން ގުޅީފަޅަށް ގެންދަން އުޅޭނެ ކަމެއް ނެތް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ސޯލިހް މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެނޑިޑޭޓެއްގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.

ސޯލިހް ވިދާޅުވީ މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ވަނީ 1700 އެއްހާ ޕްރޮޖެކްޓް ހުއްޓާލާފައި ކަމަށެވެ. އަދި އެކަން ސާފުކޮށް އެނގެނީ މިހާރު ފެންނަ ހުރި މަދު މައުލޫމާތުން ކަމަށް ވިދާޅުވިއެވެ.

"މި މާޗް މަހުގެ 14 ވަނަ ދުވަހާ ހަމައަށް އައިއިރު މި ސަރުކާރުން ތަރައްގީގެ މަޝްރޫތަކަށް ހަރަދުކޮށްފައި ވަނީ އެއް ބިލިއަން ރުފިޔާ. އަޅުގަނޑުމެންގެ 2023 ވަނަ އަހަރުގެ މާޗް މަހުގެ 14 އާ ހިސާބަށް ދިޔައިރު 2.699 ބިލިއަން ރުފިޔާ ހަރަދުކޮށްފައި ވާނެ. މިއީ ބޭކާރު ހަރަދެއް ނޫން. މިއީ ކޮންމެހެން ރާއްޖޭގެ ރައްޔިތުންނަށްޓަކައި ކޮންމެހެން ކުރަން ޖެހިފައިވާ ކަންތައްތައް." ސޯލިހް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ސޯލިހް ވިދާޅުވެފައި ވަނީ ގުޅީފަޅުންނާއި ގިރާވަރު ފަޅުންނާއި ހުޅުމާލޭގެ ތިންވަނަ ފިޔަވަހިން ގޯތި ނުދެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ސޯލިހް ވިދާޅުވީ މި ސަރުކާރުން ދައްކަނީ ފުށިދިއްގަރުގައި އަލުން ބިނާ ކުރާ ތަނެއްގެ ވާހަކަ ކަމަށެވެ. އެކަން ވެސް ކުރަންވީ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް މިއަދު ފެށިފައިވާ ބޮޑެތި މަޝްރޫތައް ހުއްޓާނުލާ ކޮންމެހެން ބިއްލޫރި ހޮޅިއެއްގެ ތެރެއަށް މާލޭގެ ރައްޔިތުން ގުޅީފަޅަށް ގެންދަން އުޅޭނެ ކަމެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ހުޅުމާލެ ތިންވަނަ ފިޔަވަހި ހިއްކަން ފެށުމުން އޭރު މާލޭގެ ސިޓީގެ މޭޔަރު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެކަން ހުއްޓާލުމަށް. އެހެން ނަމަވެސް އެއާ އިދިކޮޅަށް އެ މަސައްކަތް ފެށީ. މިއަދު އެ އޮތީ އެކަން ހުއްޓާލާފަ." ސޯލިހް ވިދާޅުވިއެވެ.

އެހެންކަމުން ހުއްޓިފައިވާ މަޝްރޫއުތައް އަލުން ފަށައިގަތުމަށް ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ޛކލ

    ކަލޭ މެންނަށް އަދިވެސް ބުނާނީ ނޫނެކޭ

    141
    5
  2. ހުސެންފުތާ

    އަނެއްކާ އަނގަފެޅީދޯ. 5 އަހަރު ހުރިހާއެއްޗެއްދީގެން ބަލަންއަހަރުމެން ތިބީ މަނިކުފާނު އަތަށޭގޮވީ. އިންޑިއާ ޕަޕެޓަކަށްވެގެން އުޅުއްވީ. މަނިކުފާނު ދެން މިކަމާނޫޅުއްވާ ފޮޓޯ ނެންގެވުމާއިގެން އުޅުއްވާ.

    135
    4
    • ޔަހޫޔާ

      އަނގަފަޅާނެ އިންތިހާބައް އަބަދުވެސް ފޮޅޭމަލެއް އެމްޑީޕީއަކީ. އިންތިހާބު ކައިރިވާ ވަރަކައް އަޑުގަދަ ވެގެން އުޅެން އުނދަގޫ ވާވަރު ވާނެ

      59
      1
  3. ޑައެލޯގް

    ބަލަ ކޮންތާކުއޮތް ގޯއަްޗެއްތަ ދެވުނީ. ދެވޭގޮތަށްއޮތީ ފޭސް 2 ގައިއޮތް މަދު ގޯއްޗެވެ. ދެންހުރީ ކަނޑުގައޮތްބައެވެ. އެއީ ގޯއްޗެއްނޫނެވެ. ދެންތިބުނީ ކަލޭމެން 2.699 ބިލިއަން ކަރަދުކުރިވާހަކައެވެ. އެއީ ރައްޓެހިންނަށް ބެހިފައިސާއެވެ. ދެންތިބުނީ ގުޅިފަޅަށްދާ ގޮތެވެ. ބަލަ ކަލޭއަޅަން އުޅުނުބްރިޖް ނިމޭނެދުވަހެއްނޭގެއެވެ.

    48
    1
  4. ހިނަވަރު މޮހޮދޭ

    ހޮޅިއަކުން ވެސް ބުރިޖަކުންވެސް ނުގެންދެވުނެންނު ކޮޔާ

    52
    1
  5. ޗޯރު އިބުތީ

    މި ނައްކާރުގެ އަނގަފެޅީދޯ އަނެއްކާ، ސުޕަމެޖޯރިޓީ އާއި ހުރިހާއެއްޗެއް ދީގެން ފަސްއަހަރު އަހަރެމެން އުޅުނީ ،ކަލޭ ކުރިކަމަކީ ނޭވާހޮޅިން ވައްކަންކޮށް ދައުލަތުގެ ހަޒާނާއިން ދެބަނޑަށް ކައިފަ ރައްޓެހިންގެ ޖީބުތައްފުރުން.

    39
    1
  6. ހނހ

    ނިމިދިޔަ ހިޔަޅު ސަރުކާރައް މަޖިލިހާ ހުރިހާ ބާރެއް ލިބުނީމަ އެއްކަމެއް ވެސް ނުކޮއް. ސަރުކާރު ބަދަލުވީމަ މަޖިލިސް ބޭނުން ކޮއްގެން ސަރުކާރައް ޖެއްސުން ކުރުމުގަ އުޅެނީ އެކަން ވަރައްސާފު.
    އެއްކަމެއް ވެސްނުވި އެމްޑީޕީގެ 5 އަހަރާ މިސަރުކާރުގެ 3 މަހާ ކިހިނެ އަޅާ ކިޔޭނީ

    104
    3
  7. ހަސަން ފުތާ

    ދޮގުމައްޗަށް ދޮގު ހަދާ ކަލެއަކީ ރައީސެކޭ ބުނިމީހަކައްވެސް ފާފަ ހުންނަވަރު ކޮއްލާފަ ދޮގުދޮލަނގު ހިފާއިގެން އިންޑިއާއިން ދަރަނިނަގާ މުޅިދިވެހިޤައުމު ދަރުވާލާފަ އަދިއެވަރުން ފުދުނީއެންނޫން މުޅިސަރުކާރު ހިންގަން އިންޑިއާގެ އެމްބަސީއާއި ހަވާލު ކޮއްލާފަ ރިއެކުޝަނެއްނެތި ގޭތެރޭގަ އޮތީ! ދިވެހިރައްޔަތުންގެ ހުރިހާއައިޑެންޓިޓީތަށް އިންޑިއާގެ އެމްބަސީއައްދީފަ ކޯޗެށް ކަލޭތިހެދީ؟

    39
    1
  8. ޝްރޭ

    އަދި ވެސް އަނގަ މައިތިރި ނުވޭ ދޯ

    36
    1
  9. ކާމިލް

    5 އަހަރު ޤައުމު ދަރުވާލީ ލާރި ޖަހާ ޖަހާ ދެން ކޮންވާހަކައެއް ގައުމޭލިޔާގެން ދައްކާކަށް

    34
    1
  10. ހަނީފް

    އޭ ވެރިކަން ކުރަން ނޭނގޭ މީހާއެވެ. ކަލެއަށް މިރާއްޖޭގެ ވެރިކަން ކުރަން 5 އަހަރު ދިނުމުން މިޤައުމު ދަރުވާލީ މީން ދުވަހަކުވެސް ޤައުމު އަރާ ނުޖަހާ ވަރަށެވެ. މިޒަމާނަށް ބަލާއިރު ވަރަށް ފެންވަރުދަށް މީހެއްކަށް ކަލޯ ވާނެއެވެ. ފައިސާނެތި މަޝްރޫޢުތައް މީހުންނަށް ޙަވާލުކުރުމުން އެކަމުގަވެސް އެޅެން ޖެހިފައިވަނީ މިސަރުކާރަށެވެ. ކަލޭގެ ވެރިކަމުގައި ސަރުކާރުގެ ކުންފުނުތައް ލައްވާ މަސައްކަތް ކުރުވުމުގެ ސަބަބަބުން މުޅި ދައުލަތް ދަރާ ބަނގުރޫޓްވީއެވެ. ދެންވެސް މިރާއްޖޭގެ ވެރިކަމަށް އަންނަން ކަލޯ މަސައްކަތް ނުކުރާށެވެ.

    37
    1
  11. ލަޠީފް

    މީ އަޅެ ކިހިނެއްވެގެން އުޅޭ މީހެއް.. ކަމެއް ކުރަން ނޭނގި މަޖިލީހުގައި 25 އަހަރު.. ވެރިކަމުގައި 5 އަހަރު.. ޙަރާންފަދަ ކުޑަވެގެން އަނގަވެސް ހުޅުވާލަން އެނގުނު ނަމަ. ކުރިހާވެސް ކަމަކީ ސެލްފީ ނެގީ.. 5 އަހަރު ދައުލަތް ދަވާލާފައި ހޭލެވުނީ ވެރިކަން ވެއްޓުނު ފަހުން. މިހާރު ޕާޓީގެ މަޤާމެއްވެސް ދިފާއެއް ނުކުރެވުނު. ދައްކާނެ ވާހަކައެއްވެސް ނޭނގުނު. ދެން ރަނގަޅުވާނީ މުންނާރަށް ބަލަހައްޓައިގެން ހުރިއްޔާ.

    33
    2
  12. ސޯލިހުބޭ

    ސޯލިހުބޭ ބުނެދީބަލަ ދިވެހީންގެ ނޭވާހޮޅި ވެންޓިލޭޓާތަކަށް ހެދިގޮތެއް އަދި ރޮއެފަ އަލީ ވަހީދު އަށް ހެދިގޮތެއް.

    50
    1
  13. Anonymous

    ސޯލިހު ހާސްނުވޭ. ތިއީ ރާއްޖެތެރޭ މީހެއްވީމަ އެހޮޅިއަށް ވަންނާކަށް ނުޖެހޭނެ ނު.

    41
    0
  14. ޔަހުޔާ

    މަޖުލީހުގައި 20 އަހަރު ހޭދަކުރިއިރު ހަމައެކަނި ގޮނޑި ހޫނުކުރުން ނޫން ކަމެއް ނުކުރެވުނު މީހަކަށް ޤައުމެއްގެ ރައީސްކަމާއިއެކީ ތިންބާރު ލިބުމުންވެސް ރައްޔިތުންނަށް ކަމެއް ނުކޮށްދެވުމުން ދެން ކޮން ބޭކާރުވާހަކައެއް މިދައްކަނީ::
    އާދައިގެ ނިކަމެތި މީހަކަށް ޝާހީ ދިރިއުޅުމެއްގެ ވަސް އިހުސާސް ކުރެވުމުން ވާގޮތް މިފެންނަމުންދަނީ

    34
    1
  15. އޭއައިއޯޔޫ

    މަޖުލީހުގައި 20 އަހަރު ހޭދަކުރިއިރު ހަމައެކަނި ގޮނޑި ހޫނުކުރުން ނޫން ކަމެއް ނުކުރެވުނު މީހަކަށް ޤައުމެއްގެ ރައީސްކަމާއިއެކީ ތިންބާރު ލިބުމުންވެސް ރައްޔިތުންނަށް ކަމެއް ނުކޮށްދެވުމުން ދެން ކޮން ބޭކާރުވާހަކައެއް މިދައްކަނީ::
    އާދައިގެ ނިކަމެތި މީހަކަށް ޝާހީ ދިރިއުޅުމެއްގެ ވަސް އިހުސާސް ކުރެވުމުން ވާގޮތް މިފެންނަމުންދަނީ

    26
    1
  16. Anonymous

    ބިއްލޫރިން ކަނޑު އަޑީގައި ފާލަން އެޅޭނީ ހާދަ މޮޅުވީމައޭ ދޯ.

    36
  17. ފަސްއޮއް

    މަޖުލީހުގައި 20 އަހަރު ހޭދަކުރިއިރު ހަމައެކަނި ގޮނޑި ހޫނުކުރުން ނޫން ކަމެއް ނުކުރެވުނު މީހަކަށް ޤައުމެއްގެ ރައީސްކަމާއިއެކީ ތިންބާރު ލިބުމުންވެސް ރައްޔިތުންނަށް ކަމެއް ނުކޮށްދެވުމުން ދެން ކޮން ބޭކާރުވާހަކައެއް މިދައްކަނީ::
    އާދައިގެ ނިކަމެތި މީހަކަށް ޝާހީ ދިރިއުޅުމެއްގެ ވަސް އިހުސާސް ކުރެވުމުން ވާގޮތް މިފެންނަމުންދަނީ

    26
    1
  18. ހޖހޖހ

    އުމްރާނީ ތަރައްގީ ކުރަނީ މަޖިލިހުންތަ؟. މޮޔަ ސޯލިހު. ސަރުކާރު ހިންގާފަ ފައިބައިގެން ދިޔަ އިރު ނޭނގުނު އެއީ ސަރުކާރުގެ ޒިންމާކަންވެސް.

    37
  19. ބޯހަލާކު

    ލަދު ކޮބާ!!!!!!!!!

    29
  20. ކޮރަލް

    ކުރީ ސަރުކާރުގެ މައްސަލަ ތައް ބަލަން ޖެހޭ އިރު އަދިވެސް މިސަރުކާރުން މައްސަލަ ތައް ބަލާ ފިޔަވަޅު ނާޅަ އެވެ.

    24
  21. ނޭވާހޮޅި

    ވައްކަންކުރާ ވައްތަރުގެ ނޭވާ ހޮޅިއަކަށް ލައިގެންތަ ގެންދަންވީ.

    27
    1
  22. ޥަގުކިނބޫ

    ކަލެއައްބުރިޖެއްނޭޅުނު ކުރީވައްކަން އިއޮއްތަހުގީގު ކުރަމުންދަނީ ރެޔާދުވާލު 5 އަހަރުތެރޭކުރި ވަގުން ބޭރުގައުމުތަކުން އެހީނުދެނީސް އެހީގެނަމުގަ އެތައްމިލިއަންނެގީ ޕޮލިސްޓޭޝަންއެޅުމުގެނަމުގަ މީކުޑަކަމެންނޫންސަލާމަތީބާރުތަކުގެވެރިއަކައްހުރެ އެތަންމެދުވެރިކޮއްވަގުކުރީވައްކަންތަހުގީގުކުރަމުންދަނީ

    29
    1
  23. އަބްދޫ

    ރާއްޖޭގަ ޓުރިސްޓުން ކާންތިބޭ ރެސްޓޯރްންތްއާއި ރޫމް ވެސް ކަނޑުއަޑީގަ އެބަހުރި މިޒަމާނުގެ ތަރައްގިއަކީ އެއީދޯ. އިގިރޭސިވިލާތާއި ފަރަންސެސިވިލާތް ގުޅުވައިދާ ދަތުރުފަތުރުގެ ނިޒާމް އޮތީވެސް ކަނޑުއަޑީގަ.ތަރައގީގެ ކަންފުޅެއްވެސް ސިކުނޑީގަ ނުހުންނަމީހުން ސިޔާސީ ދާއިރާއަށް ނިކުންނަނީ ކީއްކުރަން. ބިއްލޫރި އަކީ ކޯންޗެއް ؟ ބިއްލޫރި އުފައްދަނީ ކޯންޗަކުން. ސުލައިމާނު ނަބީ ކަލޭގެފާނު ބިއްލޫރި އުފައްދާ ބިއްލޫރި އިން ބަލްގީސް ރަނިންވަޑައިގަންނަވާ ތަނުގަ ގަނޑުވަރު ބިނާކުރެއްވިވާހަކަ އަޑު އެހިންތަ؟ބިއްލޫރިގަނޑުމައްޗަށް ފައިބާ ވަޑައިގެން ކަނޑުކަމަށް އެކަމަނާ ހީފުޅުކުރެއްވި ވާހަކަ އަޑުއެހިންތަ؟ބިއްލޫރި އެބަހުރޭ ތަލައިގެން ނުދާގޮތަށް އުފައްދާފަ ވެސް. ބިއްލޫރި އެބަހުރޭ 3އެމްއމް ގަވެސް ބިއްލޫރި އެބަހުރޭ 1 ފޫޓް ބޯމިނުގަވެސް ބިއްލުރިއަކީ ކޯންޗެއްކަންނޭގޭ މީހަކު ބިއްލޫރީގެ ވާހަކަ ނުދައްކާ ހަނުހުރީމް މީހާގެ ތަންދޮރު ނުދަތުން ބޭޒާރު ނުވާނެ.

  24. ކަންކުނާޑި

    ،މީތި ޭއޮންނާން ޖެހޭނީ މިހާރު ތަހުގީގަށް ބަންދުވެ ޖަލުގަ. މިގޮވާ ކޮސް ހުއްޓުވާ

  25. ހަސީނު

    ރައްޔެތުންނަށް އެނގޭ މަޖިލީހުން ހުއްޓިފަހުރި ޕްރޮޖެކްޓެއް ނުފެއްޓޭނެކަމާ އާޕްރޮޖެކްޓެއް ނުފެއްޓޭނެކަން. ސޯލިހު ރައްޔެތުން ގުނބޯހަދައްން ނުއުޅެ މިމާތްމައްސަރުގަ ހެޔޮކަމެއް ކުރެވޭތޯ ބައްލަވަން ވީނޫންތޯ؟

  26. މާނަ

    މުޅިންވެސް ރަގަޅުވާހަކަ، ނޭވާނުލެވޭ ހޮޅިއަކަށް މީހުން ފޮނުވަން އުޅޭނެކަމެއް ނެތް.

  27. މޫން

    އަޞްލު ރައްޔަތުންގެ ސަރުކާރެއް އޮތީ މިދިޔަ ފަސްއަހަރު. އެއީ މާލޭ ރައްޔަތުންނަށްވިޔަސް އަގެއް ދެއްކުމަކާ ނުލާ ހަމައެކަނި މިހާތަނަށް ގޯތި ދެވުނު ސަރުކާރުވީމަ. ސެލިއުޓް

  28. ސަމްސިއްޔާ

    މިކަލޭގެ ހަަމަ ރަނގަޅަށްވެސް ދުނިޔެއިން މޮޔަވެއްޖެ

  29. ނޫކަނޑު

    މިސަރުކާރަށް އަދި އުޅެނީ ރަގަޅަށް ފައިބަހައްޓަންވެސް ނޭންގިގެން.

  30. ދިރާގްސިމް

    މިހާރު މި ގައުމު ރައްޔިތުން އެމްޑީޕީ ބަލައެއް ނުގަނެ ޑީއާރުޕީ ގޮތައް އުވިގެން ދާނެ ކަމަށް ލަފާ ކުރެވޭ ޕާރޓީ އެއްތީ

  31. Anonymous

    އަޅަންފެށި ބުރިޖު އޮޔާގޮސް ފަރައް އަރާފަ އޮންނަ ހަބަރު އަބަދު އިވެނީ

  32. ވެންގަގޯ

    ލަދުގެ ކަން ފުޅެއްވެސް ނެތީ އަނގައިގައި ޓޭޕް އަޅަންވީ

  33. ޣާރީ

    ސޯލިހު އެބުނީ ވަރަށްބޮޑު ތެދެއް. އަހަރެމެން ކަނޑުއަޑީގަ ގެންގުޅެން މިސަރުކާރު އެއުޅެނީ. ނަމަނަމަ މި ސަރުކާރަށް މެޖޯރިޓީ ނުދޭތި ރައްރިތުން ޣަރަގު ކޮށްލަފާނެ.

  34. މުޙައްމަދު

    އެންމެ ފުރަތަމަ ހޮޅި ތެރެއިން ދާނީ ތި ވަގު ޗޯރޭ. ތައްޔާރުވެގެން ހުންނާތި. ކަލޭވެސް މާސިންގާ ކަނޑުން މީހުންނަށް ގޯތި ދިން. އެގޯތީގައި އަދިވެސް އުޅެނީ ކަލޭ ކަހަލަ މިޔަރު

  35. އަލޮމް މިއާ

    ހޫން!
    ތިމާ ވެރިޔަކަށް ހުރެ މިކަން ނުކުރެވުނުއިރު އެހެން މީހަކު ވެރިޔަކަށް ހުރެ މިކަން ވާކަށް ހެވެއް ނޭދޭތި