ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ
ރައީސް ވަނީ ބަންގްލަދޭޝްގެ 53 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު، ބަންގްލަދޭޝްގެ 53 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ބަންގްލަދޭޝްގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ޝަހާބުއްދީނަށާއި، ބޮޑުވަޒީރު ޝައިޚް ހަސީނާއަށް ވަކިވަކިން ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ބަންގްލަދޭޝްގެ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ މެޖެސްގައި، ރާއްޖެއާއި ބަންގްލަދޭޝްއާ ދެޤައުމުގެ ދެމެދުގައި ވާ ގާތް ރަޙްމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެމިއޮންނާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.
ރައީސްގެ މެސެޖްތައް ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތާއި، ދުޅަހެޔޮކަމާއި، އިތުރު ކާމިޔާބީއަށް އެދިވަޑައިގެން، ބަންގްލަދޭޝްގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރެއިން ގައުމުން ބޭރުގައި އުޅޭ ރައްޔިތުންނަކީ ބަޔެއް ނޫންކަމަށް ގަބޫލު ކުރާ ގައުމެއް. އެކަމުގެ ހެއްކެއް 2 ލައްކައާއި ގާތްކުރާ އަދަދެއްގެ ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭއިރު ބަންގްލަދޭޝް ސަރުކާރު ތަކަށް ނޭނގޭ.. ވޯޓް ފެއްޓެއްވެސް ނުބަހަޓާ ..

  2. ޢަލީ

    ބަގަލާދޭޝްގެ މިނިވަންދުވަހަކީ މިހާރު ރާއްޖޭގެވެސް މިނިވަންދުވަސް! ދިވެހިންނަކަށް ނޫން އެކަމަކު!