ފިލައިގެން އުޅޭ ބަންގްލަދޭޝް ދެ މީހަކު ހޯދަން މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.

އިމިގްރޭޝަނުން ކުރި ޕޯސްޓެއްގައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދެ ފިރިހެނުން ފިލައިގެން އުޅޭ ކަމަށެވެ. އަދި އެ ދެމީހުންނާ ގުޅޭ މައުލޫމާތެއް އެނގޭނަމަ އެ މައުލޫމާތެއް އިމިގްރޭޝަންއަށް ހިއްސާކުރުމަށް އެދިފައިވެއެވެ.

ރާއްޖޭގައި މިހާރު ގަވާއިދާއި ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ބަލައި ފާސްކޮށް އެކަމަށް ފިޔަވަޅު އެޅުމަށް ބޮޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން ދަނީ ހިންގަމުންނެވެ.

އެގޮތުން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ އޮޕަރޭޝަންތަކުގައި ބިދޭސީންގެ އައިޑެންޓިޓީއާއި ވިސާ ޗެކްކުރުން ހިމެނެއެވެ. އަދި ޗެކް ކުރުމަށްފަހު އިމިގްރޭޝަންގެ ގާނޫނާއި ޚިލާފުވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން ބިދޭސީން ގަވާއިދުގެ ތެރެއަށް ފެއްތުމުގެ ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރިޔަށް ދާނެކަމަށް ވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މި ފަހުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އުޅެމުން އަންނައިރު ގިނަ މީހުން އުޅެނީ ގަވާއިދާއި ޚިލާފަށް ކަމަށް ވަނީ ވަރަށް ބޮޑަށް ފާހަގަކުރެވިފައެވެ. މީގެ ތެރެއިން ބައެއް މީހުންނަށް ކުރިންވެސް ވަނީ އިމިގްރޭޝަންއިން ފިޔަވަޅުއަޅާފައެވެ. އެހެން ނަމަވެސް ރައްޖޭގެ އާބަދީ ނިސްބަތާއި އެއްވަރަށް ބިދޭސީން މިގައުމުގައި އުޅެމުން އަންނާތީ މި ކަމުގައި އެކަށީގެންވާ ފިޔަވަޅު ނޭޅިފައިވުމުން މިކަން ވަނީ ވަރަށް ބޮޑަށް ބޮއްސުން ލައިގެން ގޮއްސައި ކަންވެސް ފާހަގަކޮށްލަންޖެހެއެވެ.

އެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން މަދު ކުރުމާއި މަސައްކަތް ކުރުމަށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ކަންކަން ގަވާއިދާ އެއްގޮތަށް ބައްޓަން ކުރުން ކަމަށް އިމިގްރޭޝަންއިން ވަނީ ބުނެފައެވެ.

މީގެއިތުރުން އެ އޮޕަރޭޝަން ކުރިއަށްދާއިރު އިމިގްރޭޝަންގެ ގާނޫނާއި ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުންދާ ފަރާތްތަކާއި ސައްހަ ހުއްދައެއް ނެތި ރާއްޖޭގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްޗަށް އިމިގްރޭޝަންގެ ގާނޫނު ތަންފީޒު ކުރަމުންދާނެ ކަމަށް ވެސް އިމިގްރޭޝަންއިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގުންޑާ

    ކޮންމެ ބޮލަކަށް ބައުންޓީ އެއް ލިބޭ ގޮތަށް ބައުންޓީ ހަންޓާސް އަށް ހުޅުވާލަންވީ....

  2. ނިރޭ

    ގަވައިދު ތެރެޔަށް ފެއްތުމޭ؟؟؟؟؟؟؟ އަނެއްކާ؟؟؟؟؟؟ ނޫން! ގާނޫނާ ހިލާފުވީމާ ވާނީ ޑިޕޯޓުކުރަން.

  3. ސަރުކާރު

    އަންގަ ގޮއްވަން ނޫޅޭ. ބަލަ ޑީޕޯޓް ކޮއްފަހުރި މަހުޖަނު ބަނގާޅު އެންބުރި ރާއްޖެ އައީ ކިހިނަކުން ކިހާވަރެއްދީގެންހޭ . މިކަން މިގޮތަށް ހިންގަނީނަމަ ކޮން ގަވައިދެއް ގާނޫނެއްހޭ.

  4. ނަސީރު

    ބަންގްލަދޭސް މީހުންނައް ކާރީގައި ބުނެފަ ތިޔަ އޮޕަރޭޝަން ހިންގިއްޔާ މާރަންގަޅުވާނެ' ތިގޮތައް އިއުލާނުކޮއްލާފައި އެމީހުން ހޯދަން ނިކުތީމަ ވާގޮތްވެސް އިމިގްރޭޝަން މީހުންނައް އިނގޭނެ. ކަލޭމެން ނިކުންނަ ކޮންމެ ދުވަހަކު އެމީހުން ހިންގާ ކޮފީ ބޯތަނާ ހޯޓަލާ ފިހާތައް ބަންދުކުރޭ، ރަސްމީގަޑި ނިމުނީމަ ދެން ހުޅުޗަނީ. ކަލޭމެން ތަޔައުޅެނީ އެމީހުން މިގައުމައް ގިންކުރަން އަދިވެސް ، މިމީހުންނަކާ ހެދި މިހާރު ވަޒީފާގަނޑެއްވެސް ނުލިބޭ ، މަސައްކަތެއްވެސް ނުލިބޭ ދިވެއްސަކައް ، ނުއަގުގައި މަސައްކަތް ތައްކުރަމުން ދަނީ.