ރާއްޖޭގެ ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މިއަދު ފުރަތަމަ ސަމާލު ނެރެފައި ވަނީ އެންމެ ދެކުނުގެ ހުރިހާ އަތޮޅަކަށެވެ.

މީގެ ތިން ގަޑިއިރު ކުރިން ނެރުނު ސަަމާލުގައި ބުނެފައި ވަނީ ގއ. އަތޮޅުން ފެށިގެން ފުވައްމުލައް ސިޓީއާ ހަމައަށް ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށެވެ.

އޭގެ ފަހުން މެޓް އޮފީހުން ވަނީ ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް އަތޮޅުތަަކަށް ސަމާލު ނެރެފައި ވެއެވެ. މ އަތޮޅުން ފެށިގެން ލ. އަތޮޅަށް ނެރުނު ސަމާލުގައި ބުނެފައި ވަނީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ ބައެއް ރަށްތަކަށް ކެރީގެއަސަރު ކުރުމާއެކު ގުގުރުން އެކަށީގެން ވާ ކަަމަށެވެ.

އަދި ވައި އެނބުރި އާންމު ގޮތެއްގައި މަޑުން، އުތުރާއި އިރުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު