ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު މެދު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވާ ހަސަން ޝިޔާމް (ވީބީ ހަސަން)ގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން، އޭނާގެ ސަޕޯޓަރުން ރައީސް ޑރ. މުއިއްޒަށް އިއްވައިދިން ޝަކުވާތައް އެމަނިކުފާނު އައްސަވާ، އެ ފަރާތްތަކަށް ޖަވާބު ދެއްވީ ކެތްތެރިކަމާއި އެކުގައެވެ.
ހަސަން ޝިޔާމްގެ ކެންޑިޑަސީ ސައްހަ ކަމާ މެދުގައި ސުވާލު އުފެދި ކެންޑިޑަސީ ބާތިލުކޮށްދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ކޮއްކޮ އިލްޔާސް އަހުމަދެވެ. އާޒިމް ގެންދަވަނީ ކުރިއަށް އޮތް މަޖިލިހުގެ އިންތިހާބުގައި ޑިމޮކްރެޓްސްގެ ޓިކެޓުގައި އެ ދާއިރާއަށް ކުރިމަތިލެއްވުމަށް ނިންމަވައި ކެމްޕެއިން ކުރައްވަމުންނެވެ.
އިލްޔާސް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ޝިޔާމްގެ ކެންޑިޑަސީ އީސީން ބަލައިގެންފައިވަނީ، ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާ މީހަކަށް ވުމުން ކެންޑިޑޭޓެއްގެ ޝަރުތު ހަމަނުވާއިރު ކަމަށެވެ.
ގާނޫނުއަސާސީގައިވާ ގޮތުން އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހަކު ކަމުގައި ނުވުމަކީ މަޖިލިހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ޝަރުތެކެވެ.
ހަސަން ޝިޔާމްގެ ކެންޑިޑަސީ ބާތިލުކޮށްފައިވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މިއަދު ރައީސް ޑރ. މުއިއްޒު މަޖިލީސް މެދުހެންވޭރު ދާއިރާ އަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ހުސެއިން ނާސިހު (ލަވްލީ) އަށް ތާއިދު ހޯއްދެވުމަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ޝިޔާމްގެ ސަަޕޯޓަރުން އެމަނިކުފާނަށް ވަނީ ޝަކުވާތައް ބަންޑުން ކޮށްލާފައެވެ.
އެގޮތުން އެ ހިސާބަށް އެއްވެ ހުރި އަންހެނަކު ވަނީ ރައީސަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އެ ވާހަކަތައް ރައީސް ދިޔައީ ކަނުލާ އަޑު އައްސަވަމުންނެވެ.
އެ ސަރަހައްދަށް އެއްވެ ތިބި މީހުންގެ ޝަކުވާތައް ބަންޑުން ކުރަމުން ދަނިކޮށް ރައީސް އެ ފަރާތްތަކާއި ވާހަކަ ދައްކަަވަން ފެއްޓެވިއެވެ. މަޑުމައިތިރިކަމާއެކު ރައްޔިތުން ޝަކުވާތައް އަޑު އައްްސަވާ ޖަވާބު ދެއްވަމުން ރައީސް ގެންދެވިއެވެ.
އެގޮތުން އެމަނިކުފާނާއި ބެހޭ ގޮތުން ހެއްދެވީ ހުސް ދޮގު ކަމަށް ރައީސް ވިދާޅުވިއެވެ.
"ރޯދައަށް މިހުރީ، އަޅުގަނޑާއި ގުޅޭގޮތުން ތި ދެންނެވީ ހުސް ދޮގު، ހަމަ ހުސް ދޮގު، އަޅުގަނޑު ވަކި މީހަކަށް ބޭ އިންސާފުން ކަމެއް ނުކުރަން، މާތް ﷲ ގަންދީ ހުވާކޮށްފައި މި ދަންނަވަނީ ޝަރުއީ ކޯޓުތަކަށް ނުފޫޒެއް ނުފޯރުވަން،". ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވާނެކަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ރައީސް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އެ ދެއްކެވީ ހިތްތިރިކަމާއި ކެތްތެރިކަން. މިއިީ މަގުމަތިންވެސް ރައްޔިތުންގެ ޝަކުވާތަށް މަޑުމައިތިރިކަމާއި ކެތްތެރިކަމާއި އެކު އަޑުއަހަން ކެރޭ ރައީސެއް. pic.twitter.com/mloQgQd4bw
— Hamdhan Shakeel (@HamdhanShakeel) March 30, 2024
ރައީސް ޖަވާބުދެއްވި ގޮތުން އެމަނިކުފާނަށް ގިނަބަޔަކު ދަނީ ތައުރީފް ކުރައްވަމުންނެވެ. އެގޮތުން ރައީސް ޖަވާބު ދެއްވީ ވަރަށް ކެތްތެރިކަމާއި އެކުގައި ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
ޜައީސް މީހާއަކަށް ކޯޓުތަކަށް ބާރެއް ނުހިންގޭނެތާ ތިން ބާރު ވަކިވެފަ އޮތް ސަރުކާރެއްގަ. ތިޔަ ސަޕޯޓަރ ނާއިންސާ ފުން ތިޔަ އުޅެނީ ފުރަތަމަ ދަރަނި އަދާ ކުރަމުން ދިޔަ ނަމަ ތިޔަހެން ވާކަށް ނުޖެހުނީސްތާ . ޝަރުތު ހަމަނުވާ މީހެއްކަން އެނގި ހުރެ ތިޔަ ބޭކާރު ވާހަކަތަކެއް ދައްކަނީ . ނާއިންސާފެއް ތީގަ ނެޔެއްނު. ދިމާލަށް ފެންނަން އޮތް ކަމެއް. ކީކޭ މިކިޔަނީ ބުއްދި ސަލާމަތުން ހުރި އަންހެނެއްބާ މީ.
ތެދުވެރިކަން އަސްލު އިނގޭ ބަޔަކު ބޭނުންވަނީ ސިޔާސީ ގޮތުން ފައިދާ ނަގަން މީހުންގެ އަގު ވައްޓާލަން
ރައީސަކީ ތަފާތު މީހެއް ކުރިޔާ އަޅާބަލާއިރު. ކުރިން އެއްވެސް ރައީސެއްގެ ހިތްވަރެއް ނުހުރޭ އިދިކޮޅު މީހުންގެ ސަކުވާ އަޑު އަހަން
ރަނގަޅަށް ތިބުނީ. ނާސިރު އިރު ކޮންމެ ކޮންމެ އެއްޗެއް ނުބުނެވޭވެ. މައުމޫން އިރު ޖެހެނީ ސިޓީ ލިޔެގެން އާދޭސް ކުރަން. އަންނި އޯކޭ. ކުއްލިއަކަށް ކާރު މަޑު ކޮއްފަ އެ ފުންމާލަނީ ކަންމަތީ ފިހާރައިން ސުޕާރީ ޕެކެޓެއް ގަންނަން. ޔާމީނު ގަދަ. ކުރިއެރުންވެސް ގެނެސްދިން. އެކަމަކު ގުރޫޕު ކުދިންގެ ބާރު ގަދަ ކަމުން އެއް ބުނާކަށްވެސް ނުކެރޭ. ވަހީދު އޮތީ ރަޖާ އަޅައިގެން. އިބޫ އެންމެ ތަފާތީ. އަބަދު ކަމަކީ ކީރިތި ކުރެއްވުން. ދެން މީހަކު ދައްކާ ވާހަކައެއް ވަކި އަޑު އެހޭނެ އިބުރާހީމަށް؟ ދެން އައީ ގައުމީ ބޭކަލެއް، "ރައީސް މުއިއްޒު". މަޑުމައިތިރި ހިތް ހެޔޮ ސާލިހު މީހެއް. އިންޝާﷲ އަދި ހުރިހާ ކަމެއްވެސް ފެންނަން ހުރީ ވަރަށް އުޖާލާކޮށް.
އާދެ ވަރަށް ތަފާތު މަންޒަރު އެބަފެނޭ . ސަރުކާރަށް އަދި ހަތަރުމަސްނުވޭ އެކަމަކު ނުހަނު ލޯބިން މިސަރުކާރު ވެރިކަމަށް ގެނައި މީހުން މަޔޫސްކުރުވައިފި. އިދިކޮޅުބޯވަތައް ކައިރިކޮއްފި! މަންޒަރު ވަރަށް ތަފާތު!
އަދިވެސް އަނގައިން ދެރަނުވާތި.
ކެތްތެރިކަމުގެ ނަމޫނާ ރައީސެއް
"ސާބިތު ދަރަންޔެއް އޮވެ އިންތިހާބުގަ ބައިވެރި ނުވެވޭނެ" ކެނޑިޑޭޓުގެ ކަމެއްއެއީ ސާބިތު ދަރަންޔެއް ނެތްކަން ސާބިތު ކުރުން. އެހެންނޫނަސް ތިންއޭ، ދެން ވބ ކިޔައިފިއްޔާ ދަރަންޔެއް ނޯވެނުދާނެ. މޑޕގެ ފުރަތަމަ ވެރިކަމުގަ އޭރުގެ މިނިވަން ކެނޑިޑޭޓު ކާށިދޫދާއިރާގެ ހަމީދުގެ ގޮންޑިގެއްލުވާލީވެސް ހަމަ ތިފަދަ ސާބިތު ދަރަންޔެއްގަ ކޯޓު އަމުރައް. މިއަދަކު ވަކި މޑޕގެ މެންބަރެއްވީމަ "ރައީސް" ކޯޓައް އަތެއްނުބޭނޭނެ ނުވެސްބާނާނެ އެހެން ނޫންނަމަ ރ.ޔާމިން މިހާރު ހުންނާނީ އަދީބުގޮތައް ހުދުކާފޫރައް ހަދާފަ
އަދަބުވެރިކަން ނެތުނުމީހާ ދެދުނިޔޭން ގެއްލިނިމިދާނޭ!
މިޔަކީ ތޯތޯ ވާހަކައެއްކަމަށް ހީކޮށްގެންނުވާނެ..
ވާނުވާ ނޭނގޭ އަންހެނެއްތީ
އަފިރިން ހަމަ ބަސް ހުއްޓިއްޖެ! ބުނާނެ އެއްޗެއްވެސް ނޭގުނު. ދޮގު މައްޗަށް ބުޙުތާނު ދޮގު ހަދަނީ ކާކު ކަމެއް ނޭގުނު!!
ރައްޔިތުންގެ އަޑު އައްސަވާ އެކަމުގެ ޤާބިލްކަން ވެސް ހުރި ރައީސެއް، އެކަމަކުވެސް ޕަބްލިކް ގައި ކުޑަކޮށް ހިކުމަތު ޢަމަލީ ގެންގުޅުއްވާ، ބަސްމަދު ކުރައްވާ ޢަމަލު ގިނަކިރައްވާ، بالتوفيق ان شاء الله
ކަލޭމެން ސުވާލުކުރާށޭ ކަލޭމެންގެ ރައީސާ. މި ރައީސް ބަތްކައްކާއެއް ނުކުޅޭނޭ ކިޔާފަ ނުދޭދޯ. ވަރަށް ތަފާތު.
ރައްޔިތުންގެ އަޑު އައްސަވާކަން ވަރަށް ރަނގަޅު. އެކަމް ބަސްމަގު ބަދަލު ކުރަންޖެހޭ. ހަޑިހުތުރުބަހުން ވާހަކަދައްކާމީހުންނާ ކުރިމަތި ލ/ާއިރު ބަސްމަގު ތަފާތުވާން ވާނެ.
ތިޔައީ ވަރަށް ކެތްތެރި ރައީސެއް ހަމަ ޔަގީން. ތިކަހަލަ މައްސަލަތަކުގައި ބަސްމަގު ބަދަލުކުރަންޖެހޭ. ސާބިތު ދަރެއްނެއް ސާބިތުވެ ކޯޓުން ކޮއްފަ އޮތް ހުކުމެއް .
ކޮންމެވެސް ޖަލްސާއެއްގައިވެސް ސައިޒުވެފަ ހުރިތަން ފެނުނު މީނާ... ޖަވާބު ދޭން ނޭނގުނީމާ ހުންނާނީ ފާޑަކަށް އަނގަ ޗޭވެފަ. އެއީ ކެތްތެރިކަމެއް ނޫން ދެލޯފުޅާ
ޝުކުރިޔާ ޢިއްޒަތްތެރި ރައީސް މުޢިއްޒު އަޅުގަނޑުމެންގެ ލޯބި ކުރިއައްވުރެން މަނިކުފާނައް އިތުރުވެއްޖެ ތިޔަދެއްކެވި ނަމޫނާއިން އަޅުގަނދުގެ އުއްމީދަކީވެސް ކުރިޔައްއޮތް ދުވަސްތަކުގަވެސް ތިޔަގޮތުގަ ކޯޓުތަކައް ނުފޫޒެއް ނުފޮނުއްވަވައި ހުންނެވުން އަޅުގަނޑުމެން މިޔަދަކުނޫން ޖަވާބުދާރީ ވާންޖެހޭނީ ޖަވާބުދާރީ ވާންޖެހޭދުވަހު ވެރިޔެއް ނުވަތަ ފަޤީރެއް ނޯންނާނެ