ހައުސިން ކޮމިޓީގެ ޗެއާއަކަށް އައްޔަން ކުރެވުނު ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އަނީސާ އަޙްމަދު ކޮމިޓީއިން އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޓީގެ އާ ޗެއާއަކަށް އެޗްއާރުސީއެމްގެ ކުރީގެ ރައީސް އާމިނަތު އީނާސް ހަމަޖައްސައިފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގޯއްޗާއި ފްލެޓްތަކުގެ މައްސަލަތައް ބެލުމަށްޓަކައި މިދިޔަ ފެބްރުއަރީ މަހު އެކުލަވާލި ހައުސިން ކޮމިޓީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން ތިން މެންބަރަކު އިތުރުކޮށްފައިވާ ކަމަށާއި އަނީސާ އިސްތިއުފާދެއްވުމުން އެ ކޮމިޓީގެ ޗެއާކަމަށް އެހެން ބޭފުޅަކު އައްޔަން ކުރެވުނު ކަމަށެވެ. އެގޮތުން އާ ޗެއާއަކަށް އީނާސް އައްޔަން ކުރެވުނު ކަމަށް އެ މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

ކޮމެޓީ މިހާރު އެކުލަވާލާފައިވާ ގޮތް:

  • އާމިނަތު އީނާސް - ކޮމިޓީގެ ޗެއާ
  • އަބްދުލްއަޒީޒް ޔޫސުފް - ޑެޕިއުޓީ ޗެއާ
  • އަހްމަދު އަލިމަނިކު
  • މަރިޔަމް ފިޒާނާ ރަޝީދު
  • މުހައްމަދު މައުރޫފް ޖަމީލް
  • ފާތިމަތު ސައީދު
  • އާމިނަތު ޝައީރާ

މި ބޭފުޅުންގެ ތެރެއިން މައުރޫފާއި ފާތިމަތާއި ޝައީރާ މި ކޮމިޓީގެ މެންބަރުކަމަށް ހަމަޖެއްސީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައެވެ.

ކުރީ ސަރުކާރުން ހިންގި 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި ފްލެޓުތަކުގެ މައްސަލައިގައި ހިންގި ތަހުގީގަށް ފަހު އޭސީސީން އާންމުކުރި ތަފާސްހިސާބުތަކުން ހާމަވާ ގޮތުން:

  • އެ ސްކީމުގެ ދަށުން ހުށަހެޅި 4،048 ފޯމެއް ބަލާފައިވޭ
  • އޭގެ ތެރެއިން ޝަރުތު ހަމަވަނީ 20.7 ޕަސެންޓު ފޯމުތައް
  • 59.6 ޕަސެންޓު ފޯމުތަކުގެ ޝަރުތު ފުރިހަމަނުވޭ
  • 19.7 ޕަސެންޓު ފޯމުތަކުގައި ޝަރުތު ހަމަވި ނަމަވެސް މައްސަލަ އެބަހުރި

ރައީސްއާ ސީދާ ސުވާލު ކުރެވޭ ގޮތަށް އާންމުންނަށް ހުޅުވާލި "އަހާ" ފޯރަމްގައި ރައީސް، ޑރ. މުހައްމަދު މުއިއްޒު ވަނީ މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަަށް ފްލެޓް ދިނުމަށް ކުރީގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެކުލަވާލި ދާއިމީ ލިސްޓު މިސަރުކާރުން އެކުލަވާލާ "ރައްޔިތުންގެ ބަސް ގަބޫލު ކުރާ" ކޮމިޓީއަކުން މުރާޖާ ކުރުމަށްފަހު އާންމު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނުލޭ

    މިރާއްޖޭގައި ކަމެއް ކުރެވޭކަމަށް ސަރުކާރީންނާ ސިޔާސީން ދެކޭ ތިބެނީ ހަމަވިއްސަކަށް މީހުން ދެއްތޯ؟

  2. ލޮލް

    ނައިބްރައީސް އަންހެނުންގެ ދައްތަ!! ވަރަށް އިންސާފުވެރި ވާނެ... ލޮލް

    • އޯކޭ

      މައްސަލައެއް ނޫން

  3. ޒާ

    ތީ ރައްޔިތުން ބަލައިގަންނަ މީހެއްނޫން. ފެއިލްވެފައިވާ، ސިޔާސީ ނިންމުން ނިއްމި ވަރަށް ކަންނެތް މީހުން ރުޅިއަރާ މީހެއް.