ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވީތީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ އެދިވަޑައިގެންފިއެވެ.

ނަޝީދު ވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވަން މިދިޔަ ޖެނުއަރީ މަހު ގާނާއަށް ދިރިއުޅުއްވަން ބަދަލު ކުރައްވައިފައެވެ.

ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ގުޅޭ ކަންކަން ކުރެއްވުމުގައި ވަރަށް ގިނަ ވަގުތު ނަގާ ކަމަށެވެ. އަދި އެ މަގާމާ ރަސްމީކޮށް ހަވާލުވުމުގެ ގޮތުން ގިނަ ކަންކަން ހަމަޖައްސަންޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސީވީއެފް ސެކްރެޓޭރިއޭޓާ ބެހޭ ގަރާރު ގާނާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފައިވާތީ ހުރިހާ މަސައްކަތެއް ވެސް ވީހާ ވެސް އަވަހަކަށް ފެށިގެންދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެހެންވެ، މި މަހުން ފެށިގެން ދައުރުގައި ބާކީ އޮތް މުއްދަތަށް، މެމްބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރަ އުނިކޮށްދެއްވުމަށް، ނަޝީދު އެދިވަޑައިގެންނެވިއެވެ.

ނަވާރަ ވަނަ މަޖިލިހުގެ ފުރަތަމަ ރައީސް ކަން ނަޝީދު ކުރެއްވި އިރު، މި ދައުރު އަންނަ މަހު ހަމަވާނެއެވެ. ނަޝީދަށް މިހާރު ވެސް ކުރީގެ ރައީސުންގެ އިނާޔަތް ލިބިވަޑައިގަންނަވައެވެ. އެގޮތުން، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންގެ ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން، ކުރީގެ ރައީސަކަށް މާލީ އިނާޔަތުގެ ގޮތުގައި މަހަކު 172،000ރ. ލިބިވަޑައިގަންނަވައެވެ. އަދި މަޖިލިހުގެ ރައީސްގެ މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 73،000ރ. އާއެކު، ނަޝީދަށް މަހަކު 245،000ރ. ލިބިވަޑައިގެންނެވިއެވެ.

ނަމަވެސް، މަޖިލީހުގެ ރައީސަކަށް ހަވާލުވެވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ކުރީގެ ރައީސުންގެ މާލީ އިނާޔާތުގެ ގޮތުގައި ލިބިވަޑައިގަންނަވާ 75،000ރ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދު ހަމަޖެއްސުމަށް 10،000ރ. ގެ އިނާޔަތް އުނި ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. އަބްދޫ

    ގާނޫނުއަސާސީގަ ބުނާގޮތުން މި އީ ރައީސްކަންކުރި މީހެއްނޫން، ވީމާ ރައީސްކަންކުރި ނަމުގަދޭ ބައިވަރުތައްވެސް އުނިކުރޭ. ގާނޫނުއަސަސީގަ ބުނާގޮތުން ވައްކަން ކުރިކަން ސާބިތު ވެފާހުރި މީހަކަށް ރައީސްކަން ނުދެވޭނެ . ރައީސްކަންދިނަސް ރައީސްކަންކުރި މީހަކަށް ނުބެލެވޭނެ.

    30
    5
  2. ޝަޒޫ

    މިއީ މިކަލޭގެ ދެއްކުންތެރިކަން، ބަލަ މިއޮއް އޮތްހާދުވަހު މުސާރަނަގާފަ ދައުރުގެ ފަހުމަހު މުސާރަ ބޭނުމެއްނޫނޭ ބުނީމަ އެނގެނީ ކަލޭގެ އެއްވެސް އިޚްލާސްތެރިކަމެއް ނެތްކަން. ކަލޭދައްކާވާހަކަ ހަމމައެކަނީ ޤަބޫލުކުރާނީ ދަނޑި މޮކްރަސީ އީވާ އެކަނީ

    46
    3
  3. ޜައްޔިތުމީހާ

    އަދިމާއަވަސްނޫންތޯ ދައުރުނިމެން 2ތިންމަހައްވީމަ ސްޓަންޓްއެއް ޖައްސާލީ

    34
    2
  4. މުރުކުރުސީ

    ވަގުކަލޭގެ ދައްކާ ވާހަކަ ދޯ

    25
    3
  5. ކަބުރުގެ

    މީ މަޖިލީހުންކުރާ ބޭކާރުހަރަދަކީ ތީ އުވާލަންވެފަ ހުރިތަނެތް ގާނޫނު ހަދާފަ އޮތީ މެންބަރުންގެ ފައިދާއަށް ނިކަމެތިންނަށް ނިކަމެތިގޮތް

    31
    0
  6. އަލިބެ...

    މިމަހު މުސާރަވެސް ޖަމާވަންދެން މަޑުކުރައްވާފަ ތިޔަ ކުޅުއްވީ ގޭމެއް. މެއިގެ ފަހުން އެދުނުނަމަ މާރަގަޅުވީސް.

    27
    1
  7. ޢަހްމަދު

    ޏިމެނ 2 މަހަހް ވީމާތޯ ޟުސާރަ އުނިކުރަން ހިތައް އެރީ؟

    18
  8. ގަންޖާބޯ

    މިކަލޭގެ މެމްބަުކަމުގެ މުސާރައެއްނޫން މިކަލޭގެޔަށް ދައުލަތުން އެއްވެސް ފައިސާއެއް ދޭކަށްނުޖެހޭނެ މީޯ ޤައުމުގެ ޢަދުއްވެއް ޚިޔާނާޓްތެރިއެއް މިކަލޭގެޔަށް ކޮން އިނާޠަތެއްތަ ދައުލަތުން ދޭޏްޖެހެނީ؟ މާރަނގަޅުވާޏި ނިކަމެތިރައްޔިޔުންނަށް އެފައިސާ ޚަރަދުކުރިއްޔާ

    21
    2
  9. ރުއުފާ ހަލީލް

    ރައީސްކަމުގެ އިނާޔަތްވެސް ކަނޑާލަންޖެހޭ. ވަކިން ހާއްސަކޮށް ސިޔާސީވެގެން އުޅޭ މީހުންނާ ރާއްޖޭގަ ދިރިނޫޅޭ މީހުން. ރައްޔިތުންނަށް ޖެހިފައޮތް ބުރައަކަށް މި މީހުންގަނޑު ވެއްޖެ. މަސައްކަތްކުރި ދުވަސްތަކަށް މުސާރައާ އިނާޔަތާ ދީފަ ހުންނާނި. އޭގެފަހުން އާންމު ރައްޔިތެކޭ އެއްގޮތަށް އުޅެންވާނީ. ތިޔަކީ ވަކިން މާތް ބައެއްނޫން.

    26
    2
  10. އާނިފާ ހުސެން

    އެހެންވީމާ އޮފީސް ހިންގުމުގެ ހަރަދު ވެސް ކަނޑާލަން ޖެހޭނެ. ނަށީދުގެ އޮފީހެއް މިރާއްޖޭގައި ހުރުމުގެ މާނައެއްނެތް. މިތާ ދިރިނޫޅޭ މީހަކު.
    ދެންވެސްތިބި ސިޔާސި އެކްޓިވިސްޓުންނަށް ކުރީގެ ރައީސުންނަށްލިބެ އިނާޔަތްތައް ކަނޑަލަންޖެހޭ. މަޖިލީހު މެމްބަރުންނަށާ. މުޅި އުމުރަށް ރައްޔިތުންނަށް ބަަލަދުއަރާކަށް ނުޖެހޭ. އަމިއްލަ އެދުމުގަ ފުކެއް ބޮޑުވަރު.

    23
    1
  11. އަލީ އިބުރާ

    މިގޮތަށް ރައްޔިތުންނަށް މުޅިއުމުރު ބަލަދު އަރާފަތިބި އެންމެންގެ އިނާޔަތްތައް ކަނޑާލަންވީ. ކޮންފަދަބޮޑު ނޮހޮރުއްްޕާނެއްތަ އަޅެ. ފިތުނަފަސާދަ ހެދުންނޫން ކަމެއްކުރާ ބައެއްވެސް ނޫނޭ.

    18
    1
  12. އަބުދު

    ތިއުޅެވެނީ ރީތިވާން .ވާންޖެހޭގޮތަކީ އިސްތިއުފާ ދިނުން. އަދި ހައްދުން ނެއްޓިފަވާ މުސާރަތައް ކުޑަކުރުން.

    17
    1
  13. ޙެހެހ

    ބަލަ އިސްތިއުފާ ދޭން ލަދުގަންނަނީތޯ ، ހެހެހ ، އެއީ ބަހެއް ނޫނެއްނު

    8
    2
  14. އިއްބެ

    އަދި އަވަސް މަޑުކޮއްލިނަމަ އަންނަމަހައް...ކީކޭބުނާނީ...

    10
  15. އެވެސ!

    އަދ އެވެސ މެމްބަރުކަމުގ މުއްދަތ ހަމަވާން ދެދުވަހަށް ވީމ؟

    9
    1
  16. އަހަންމަދު

    އަދި ކިރިޔާދޯ މުސާރަ އުނިކޮށްދޭން އެދުނީ. މިމަހުން ފެށިގެނެއް ނޫން، ގާނާއަށް ދިރިއުޅުން ބަދަލުކުރީއްސުރެ ނުޖެހޭނެ މުސާރަ ދޭކަށް. އަދި މަޖިލީހަށް ޙާޞިރުނުވަންޏާ މެންބަރު ކަމުންވެސް އިސްތިއުފާ ދޭންޖެހޭނެ.

    16
    1
  17. Anonymous

    ތީތި ކަޑަ އިގޭ....ނުކުރާ މަސަތްކަތަކަށް ފައިސާ ލިބުން ކަޑަ..ހިގާ ދިޔަ މަސްތަކުގަ ނަގާފަވާ މުސާރަޔާއި އިނާޔަށް އަބުރާ ދިނުމުން ކަލޭގެ ތެދުވެރިކަން އެގޭނީ..ދައުރު ނިމެން 15 ދުވަހަށްވީމަ ތިކަން ކުރަން އެންގުން ތިވެސް އޮޅުވާލުމެއް..

    12
    1
  18. ސލ

    މަނިކުފާނުގެ މުސާފުޅު އުނިނުކުރެވޭނެއެވެ ކުރެވޭނީ އިތުރެވެ

  19. ރެކިފުތާ

    ނަސީދު ކަލޭ ތިއުޅޭތަން އިސްލާހުކޮށްބަލަ

    7
    1
  20. the Maldivians

    ޢަންނަ މަހު ހަމަވަ ދައުރެއްގަ މުސާރަ ނުނަގާ ކަމަށް ރައްޔިތުން ނަށް ދައްކަން.!! މިޔޮއް ހާ ދުވަހު މީނަ މަޖްލިސް އިދާރާ އަށް ނައިސް ފުލް ކޮއް 1 ލައްކަ 20ހާސް ރފ ޖެނުއަރީ މަހުން ފެށިގެން މިއަދާ ހަމަޔަށ1 3ލައްކަ 60 ހާސް ނަގައިފި. ނިކަމެތި މީހާގެ ޓެކްސް ފައިސާ ކޮޅު ދަވާލާ ބައިގަޑެއް..

    21
    1
  21. Sakoon

    ޢިސްތިއުފާ ދީ ބަލަ އިތުރު ޗާހަކަ ނުދައްކާ

  22. އައްޕަންޗޯރޭ

    އަދި ތަންކޮޅެއް އަވަހެއްނުން ދޯ ރާގުންޑާ؟

  23. ކަނޑުކޮސް

    ކުރުސީއަށް ހީވަނީ ރައްޔިތުންނަކީ މީދާކޭ އުބުތަކެކޭ. ދައުރު ނިމެން 5 ދުވަހަށްވީމަ މުސާރަ ބޭނުމެއް ނޫނޯ. ނުކެރޭނެ އެއްވެސް އިންތިހާބީ މަގާމެއް ދެން މި ރާއްޖޭން ދެން ހޯދަން. ގާނާގަ ފުޑަން ހުރޭ!!!!

  24. އާދަނު

    މެންބަރުކަމުންވެސް އިސްތިއުފާދޭންޖެހޭނެ. މައްޗަންގޮޅީ މެދު ދާއިރާގެ ރައްޔިތުން ތިިބޭއުޅާއަށް ވޯޓްލީ މަޖިލިސް އުމުރު ހަމަވާން އަހަރަކަށްވީމަ ބޭރު ގައުމަކަށް ގޮސް އެހެން ވަޒީފާއެއް އަދާކުރާކަށްނޫން. މަޖިލިސް އުމުރު ނިމެންދެކަ އެދާއިރާ ތަމްސީލް ކުރަން. މިވަރުގެ އިޚްލާސްތެރިކަމެއް ރައްޔިތުންނަށް ނެތް މީހަކު ޖެހޭނީ އިސްތިއުފާދޭން. އަދިވެސް ރާއްޖޭގެ މަންޑޭލާ ހެދިގެން އުޅޭނެ

  25. އައްޔު

    ރައީސް ސޯލިހު އަދި ރައީސް ޔާމީން އަށް ކެރޭނެބާ މިފިޔަވަޅުމަތިން ހިނގަން

  26. މޯޑު

    އިބުރާހިމު ގޯއްޗާއި ފުލެޓު ބެހި ގޮތާ ތަފާތެއް ނެތް!

  27. Anonymous

    ޢަދި މާއަވަސް

  28. ހަންދަރު ޙަސަން

    ދަޅަ ދެއްކުން ވަރަށް ބޮޑުވާނެ އެންމެ ފަހަރަކު ލިބުނު ފުރުޞަތުގަ ގޯދީ ރާޖާއިން ގެނެސް ފުރަމާލޭގެ މުހިންމު ބިންތައްދީ ފެންކުންފުންޏާ ދިރާގު ވިއްކާ ދެއްކީ އަވާމެންދުރެއް

  29. ޕައްލަންބެ

    އަނެއްކާ އަނެއް ސްޓަންޓް މިޖައްސަނީ ރައްޔިތުން ގުނބޯހައްދަން ތެޅުނަަސް ތީބޮޑުވަރު ދެންކޮން މުސާރައެއްތަ އޮންނާނީ ވޭތިވެދިޔަ ފަސްއަހަރު ވާވަރައް ކައިފަ ގައުމު ބަނގުރޫޓް ކޮައްލެވިއްޖެ އެއްނުން ކަލޭގެ ވެރިކަމުގަ އެއްނުން ރާއްޖޭގެ ކުންފުނިތަކުގެ ސެއާތައް ވިއްކާ ނުވިތާކައް އެއާޕޯޓް ވިއްކާލާ ރައިސްކަމުން އިސްތިއުފާދީފަ ނިކުމެ ގައުމުގެ އެތަންމިތާ ހުޅުޖެހީ ލަދެއް ނުގަނެއޭ އަނގަ ފޭކުރާކައް

  30. ރާއިމް

    ކުރީގެ ރައީސް ނަޝީދުއަށް ދައުލަތުން ނުވަތަ ރައްޔިތުންގެ މާލިއްޔަތުން ފައިސާ ދެނީ ދޭންޖެހިގެން. އެއީ ރައްޔިތުން އެމަނިކުފާނު މަޤާމްތަކަށް އިންތިޚާބު ކޮށްގެން. އެމަނިކުފާނަކީ ވޭތުވެދިޔަ 100އަހަރުގެ ތެޜޭގައި ރާޢްޖެއަށް؛ ރާއްޖޭގެ ރައްޔިތުންނަށް ދައުލަތުގެ ތެރެއިން ހާސްކަން ފިލުވައި ދެއްވައި އެހީތެރިކަން ދެއްވުމުގެ ބިންގާ އަޅުއްވައި ދެއްވި ބޭފުޅާ ކަމަށްވާތީ. އެބޭފުޅާ މިރާއްޖޭގެ ޢާންމު ރައްޔިތުންގެ އިންސާނީ ކަރާމަތަށްޓަކައި އިންސާނީ މިނިވަން ކަމަށްޓަކައި ކޮށްދެއްވި ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން.

  31. ކިރިޔާ

    ކަލޯ ބާކީ އެއްމަހަށްވީމަ ނަޒާހަތްތެރިކަމަށް ހެދެން ކޮން ޑްރާމާއެއް. ތިވަރު ކޮރަޕްޓް މީހެއް ނުދެކެން

  32. ސެންޗޯ

    ތީޢި ރަނގަޅު ނިއްމުމެކޭ ދައުހަމަވާން އެއްދުވަހައްވީމަ