ޕީއެންއެފް އުފެއްދުމަށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ހޯލްގައި ރޭ ބާއްވަން އުޅުނު ޖަލްސާއާ ދިމާކޮށް ހިނގި ހަމަނުޖެހުންތަކުގައި އެސްއޯ ފުލުހުން ނުކުމެފައި ވަނީ ސީދާ އެމަނިކުފާނުގެ ސިޔާސަތާ ހިލާފަށް ކަމަށާއި އެކަން ހިނގި ގޮތް ބައްލަވައި ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ފުރަތަމަ ބާއްވަން ނިންމާފައި އޮތީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގައެވެ. ޕީއެންއެފުން ވަނީ އެ ޖަލްސާ ބޭއްވުމަށްޓަކައި އެ ސްކޫލްގެ ހުއްދަ ވެސް ހޯދައިފައެވެ. އެކަމަކު، ލޮޖިސްޓިކް ބައެއް ސަބަބުތަކާ ގުޅިގެން ޕީއެންއެފްއާއެކު ޣިޔާސުއްދީންގެ ހޯލް ދޫކުރުމަށް ވި އެއްބަސްވުން އެ ސްކޫލުން ވަނީ ބާތިލްކޮށްފައެވެ.

ޕީއެންއެފް އުފެއްދުމަށް ރޭ ބޭއްވި ޖަލްސާ. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އެކަމަކު، ޕީއެންއެފުން ވަނީ ސްކޫލްގެ ނިންމުމަށް އިހްތިރާމް ނުކޮށް ޣިޔާސުއްދީން ސްކޫލްގައި ޖަލްސާ ބާއްވަން މަސައްކަތްކޮށްފައެވެ. އެހެންވެ، ފުލުހުން ނުކުމެ އެ ސަރަހައްދު ބަލަހައްޓަމުން ގެންދިޔަ ދަނޑިވަޅުގައި ފުލުހުންނާއި ސަޕޯޓަރުންނާ ދެމެދު ކުރިމަތިލުންތައް ހިނގައި ފުލުހުން ޕެޕާ ސްޕްރޭ ވެސް ޖެހިއެވެ. އަދި މި ހަމަނުޖެހުންތަކުގައި ބައެއް ފުލުހުންނަށާއި އާންމުންގެ ބައެއް މީހުންނަށް ވެސް އަނިޔާވެގެން އުޅުނު ތަން ފެނުނެވެ.

ރައްޔިތުންނާ އީދު ސަލާމް ކުރެއްވުމަށް ފަހުގައި މުލިއާގޭގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ރޭގައި ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކައިރީގައި ހިނގައި ދިޔަ ކަންކަމާ މެދުގައި ވަރަށް ބޮޑަށް ހިތާމަ ކުރައްވާ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެންމެ ފަހުން ފުލުހުންނާ ބައްދަލު ކުރައްވައި އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް ވެސް ދެއްވި އިރުޝާދަކީ ސިޔާސީ ގޮތުން މީހަކަށް އަނިޔާއެއް ނޫނީ ގޯނާއެއް ކުރާކަށް ނާންގަވާނެ ވާހަކަ ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް ލެވެލްއަކުން އެކަން ނުހިނގާނެ ކަމަށާއި އެކަމެއް ހިނގައިފި ނަމަ، އެމަނިކުފާނު އިސްވެ ފިޔަވަޅު އަޅުއްވާނެ ކަމެއް ކަން ދަންނަވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެސްއޯ ފުލުހުންތަކެއް މަގުމަތީގައި.؛- ވަގުތު އިމޭޖަސް- އަހްމަދު މަމްދޫހް

"ފުލުހުން މަސައްކަތް ކުރާށޭ (ދެންނެވިން) ކުރީގައި ދިޔަ ތަން ދޫކޮށްލާފައި ފްރީކޮށް، ޕްރޮފެޝަނަލީ. އެެއީ އަޅުގަނޑުގެ ސިޔާސަތަކީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިން ފެނިފައި ވަނީ އެސްއޯ ފުލުހުން ރައްޔިތުންނަށް އަނިޔާކޮށް އެއްވެސް ސަބަބެއް ނެތި ހިފައި ހައްޔަރު ކުރާ ތަނެވެ. އަދި ހިޔާލު ފާޅުކޮށްލާ އިރު، ނުވަތަ މަގުމައްޗަށް ނުކުންނައިރު ފެނިގެން ދިޔައީ ޕިކަޕަކަށް "އަޅާލައި" ނުވަތަ ވެހިކަލަކަށް އަރުވައިގެން ގެންދާ މަންޒަރު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެކަން އެގޮތަށް އޮންނަން ޖެހޭނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ރޭގެ ކަންކަން ހިނގާފައި އޮތީ "އެއްގޮތަކަށް ވެސް" އެސްއޯ ފުލުހުން ނުފޮނުވަން ވިދާޅުވެފައި އޮއްވައި ކަމަށެވެ.

"[އެސްއޯ ފުލުހުން] ފޮނުވަން ޖެހިއްޖިއްޔާ އަޅުގަނޑަށް އެނގޭނެ. މި ގައުމު އެ ހިސާބަށް ދިޔައީމާ އަޅުގަނޑު ދަންނަވާނަމޭ ފޮނުވަން ޖެހިއްޖިއްޔާ. ބައެއްގެ މުދަލަށް ގެއްލުންދީ، ތަނެއްގައި ރޯކޮށް، މީހުންނަށް ޖިސްމާނީ އަނިޔާކޮށް ނޫނިއްޔާ މުގައްދަސް ތަނަކަށް، މިސްކިތަކަށް ގެއްލުން ދިނުން. މިހެން ގޮސް އެނގޭނެ އެންމެންނަށް. އެ ހިސާބަށް ނުވެސް ދާނެ އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ރޭގައި އެމަނިކުފާނު އުޅުއްވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ދެ ހަރަކާތެއްގައި ކަމަށާއި ހަމަނުޖެހުން ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ނޫހުން ކަމަށެވެ. އެހެންވެ، ވަގުތުން ހޯމް މިނިސްޓަރު އަލީ އިހުސާނާއި ޕޮލިސް ކޮމިޝަނަރަށް ގުޅުއްވައި ކަން ހިނގި ގޮތް ބައްލަވަން އެންގެވި ކަމަށް ވިދާޅުވިއެވެ. އަދި މިރޭ އިރުއޮއްސުމުގެ ކުރިން މިކަމާ ގުޅޭ ރިޕޯޓު ލިބެން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުމޭ މިކަން ހިނގި ގޮތް ބަލަން. ކާކު، ކޮން ގޮތަކަށް ދިން އިންސްޓްރަކްޝަނެއްތޯ؟ ކިހިނެއް ވީ ކަމެއްތޯ؟ ހޯމް މިނިސްޓަރަށް ވެސް އޮންނާނީ ދަންނަވާފައި. މިރޭ އިރުއޮއްސެންވާއިރަށް އަޅުގަނޑަށް ލިބެން ޖެހޭނެއޭ އިންވެސްޓިގޭޝަން ހަދާފައި ރިޕޯޓެއް،" ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު އިންވެސްޓިގޭޝަން ރިޕޯޓް ހޯދާފައި އެކަން ކުރި ބަޔަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން. ފުލުހުންގެ މުއައްސަސާ އަށް ރައްޔިތުންގެ އިތުބާރު އަނބުރާ ގެންނަން ބޭނުން. އަޅުގަނޑުގެ ސަރުކާރުގެ އިތުބާރު އޮންނަން ބޭނުން."

ރައީސް ޔާމީން، މިރޭ ޕީއެންއެފްގެ އިސް ބޭފުޅުންނާ އެކުގައި ރާޅުގަނޑު ސަރަހައްދުގައި. --- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެސްއޯ ފުލުހުން ވަކިން ހާއްސަކޮށް ސިޔާސީ ކަމެއްގެ ތެރެއަށް ނެރުމަކީ އެމަނިކުފާނު ޓޮލެރޭޓް ކުރައްވާނެ ކަމެއް ނޫނެވެ.

ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސިޔާސަތަކީ ފުލުހުންނަށް އިތުބާރު ހޯދައި ދިނުން ކަމަށެވެ. ފުލުުހުންނަކީ ރައްޔިތުންނަށް އަނިޔާކުރާ ނުވަތަ ހިޔާލު ފާޅު ކުރުމަށް ހުރަސް އަޅާ ބަޔަކަށް ވާން ބޭނުންފުޅު ނުވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެކަން މިއޮތީ ހިނގާފައި ވަރަށް ހިތާމަ ހުރި ކަމެއް.މިއަދު އިންވެސްޓިގޭޝަން ރިޕޯޓު ހޯދާފައި، މިކަން ކުރި ބަޔަކަށް އަޅަން ޖެހޭ ފިޔަވަޅު އަޅާނަން. ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންގެ އިތުބާރު ގެންނަން ބޭނުން. ސަރުކާރަށް އިތުބާރު އޮންނަން ބޭނުން،" ރައީސް ވިދާޅުވިއެވެ.

ޕީއެންއެފްގެ ޖަލްސާ އެންމެ ފަހުން ބާއްވާފައި ވަނީ ރޭ ދަންވަރު ރާޅުގަނޑު ސަރަހައްދުގައެވެ. ޕީއެންއެފްގެ ވަގުތީ ރައީސަކަށް ހަމަޖެއްސީ ޔާމީންގެ ދަރިކަލުން ޒޭން ޔާމީނެވެ. ޕާޓީގެ ދާއިމީ ސެނެޓު ފާސްކުރެވެންދެން އެކުލަވާލި ވަގުތީ ކޮމިޓީއަށް 20 ނަމެއް ކަނޑައެޅިއެވެ. އޭގެ ތެރޭގައި ޔާމީންގެ ނަން ވެސް ހިމެނިވަޑައިގަންނަވައެވެ. މި ޖަލްސާގައި ވަނީ ޕާޓީގެ ލޯގޯ އާއި އަސާސީ ގަވައިދުގެ އިތުރުން ޕާޓީގެ ކުލަ ފާސްކޮށްފައެވެ. ޕާޓީގެ ކުލައަކީ ދަނބު ކުލައެވެ.

ރޭގެ ޖަލްސާގައި ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ޒޭންގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަލްސާ ނިމުނު ފަހުން ޔާމީން ވެސް އެ ތަނަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ ބަޔަކަށް ވެސް ސިޔާސީ ޕާޓީ އުފެއްދެން ވާނެ ކަމަށާއި އެއީ ކޮންމެ މީހަކަށް ވެސް އޮންނަ ހައްގެއް ކަމަށެވެ. އަދި ޕީއެންއެފް އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނަށް އެ ފުރުސަތު ވެސް އޮންނަން ވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

"އުފާ ވެސް ކުރަން އެބޭފުޅުންގެ ޖަލްސާ ބޭއްވިގެން އެބޭފުޅުންގެ ގާނޫނީ ކަންކަން ފުރިހަމަ ކުރެއްވީމަ މަރުހަބާ ދަންނަވަން. ދެން ވެސް އެހެން ބަޔަކު ސިޔާސީ ޕާޓީއެއް ހަދަން މަރުހަބާ ކިޔަން. މި ގައުމުގައި އޮންނަން ވާނެ މިނިވަންކަން. އެކަމަށް އަޅުގަނޑު ހުރަހެއް ނާޅާނަން،" ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ާަމަރީ

    އަނިޔާކިރުވާފައި ދެން ރައްޔިތުންނަށް މާ ރަގަޅުމީހެއްކަމަށް ދައްކަން ތިއުޅެނީ

    67
    68
    • ޢަޒްރާ

      ރައީސް މުޢިއްޒަކީ އަނިޔާވެރިއެއްނޫން ކަލޭމެނަށް އަނިޔާވރިން ފެނިފަ ހުންނާނީ

      67
      41
    • ޔާމީން

      ރައީސް ކީއްކުރަން ، ބަނޑުއަޅާ ވިހެއި މައިމީހާ ، ދުވާލު ގަޑީގައި މީ ދުވާލޭ ބުންޔަސް ކަލޭމެން ގަބޫލެއް ނުކުރާނެ .

      40
      12
  2. ހެޔޮނުވާނެއޭ

    ދުނިޔޭގެ ޕްރެޝަރު މުއިއްޒުގެ ސަރުކާރަށް ކުރިމަތި ވުމުން އެއިން ރެކެންވެގެން މުއިއްޒު މިހާރު އެއުޅެނީ މުއިއްޒު އެއީ ދޮގު ހަދާ މީހެކޭ އޭނާ ދައްކާ ވާހަކަ ޤަބޫލު ކުރަން ހެޔޮނުވާނެއޭ މައްސަލައިގެ ޝަރީއަތް ނިމުނުތާ 6 މަސް ދުވަސް ވެގެންދާއިރު ހައިކޯޓުން ހުކުމާއި ހަމައަަށް ނުގޮސް އޮތީ އެއީ ސީދާ ސަރުކާރުގެ ލަދު ހަޔާތް ކުޑަ ކަމުން ރައީސް ޔާމީންގެ ޝަރީއަތް ހުއްޓުވާފައޭ އެއޮތީ ބޭނުމަކީ މަޖްލީސް އިންތިޚާބު މަކަރާއި ހީލަތުން ޕީއެންއެފް އަށް ދަމައިގަތުމޭ ހަމަ ހިލާނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ބުނާ ބަޔަކަށް ވޯޓް ދޭން ހެޔޮނުވާނެއޭ

    36
    40
    • ހަމްދު

      ދުނިޔޭގެ އެއްވެސް ޕްރެޝަރެއް ނެތް. އޭގެ އެއް މިސާލަކީ ރައީސް ކުރިމައްޗައް އަރާފަ މީހެއްގެ ކެޑިޑެންސީ ސްޕްރީމްކޯޓުން ބާތިލް ކުރުމުން ރައީސްއާ މަގުމަތިން އެވާހަކަ ގޮވީމަ ވެސް ފުލުހުންލައްވާ ދުރައް ނުޖައްސާ އެމީހުނައް ވެސް މަޑުމައިތިރި ކަމާ އެކީ ޖަވާބު ދިނީ ވެސް

      19
      14
  3. ޢަޒީމާ

    މިސަރުކާރަކަށް އަދި މުއިއްޒު އަކަށް އެއްވެސް އިތުބާރެއް ނެތް! 2 ގަދި 3 ގަދި އިރު ފުލުހުން ކަމެއް ކުރިއިރު ނޭގެޔޭ ބުނުމަކުން އެކަން ހަމަ ބުއްދި ހުރި މީހަކު ޤަބޫލެއް ނުކުރާނެ! ނޫހުން އެގޭކަށް ނުޖެހޭނެ!

    46
    25
  4. މޫން

    މަނިކުފާނަށްވުރު މާމަތީގަބާރުވެރިކަމުގަ ތާ އެބޭފުޅުން ތިއްބެވީ. ފިޔަވަޅު ފިޔަވަޅު ފިޔަވަޅު

    26
    5
  5. ާދަލޭކް

    ކުރިއަށް އިންތިހާބަށް އަސަރު ކުރާނެ ކަން އިނގޭތީ އަނދުން އަޅުވަނީ ދޯ މަޖުލީސް ނިކަން ރަނގަޅަށް ސަރުކާރަށް ފެންނާނެ އަދުރޭ އަދުރޭ އަދުރޭ

    38
    24
    • ހނހ

      ހަޖަމު ނުވާ ކުދިން ކޮންމެ އެއްޗެއް ކިޔަސް ހަގީގަތް ވެސް އޮންނާނެ

      12
      5
  6. އަބުދުއްލާ

    ކިތަންމެ ހިންހަމަނުޖެހުނަސްބުނަން މިހާރު މިޤައުމުގަ ރައީސަކައް ހުންނެވި ވަރުގެ ރައީސަކު ހިޔެއްނުވެ ދެން ކުރިޔައްއޮތްތަނުގަ މިޤައުމުގަ ރައީސްކަން ކުރައްވާނެހެން މިދައުރު ފުރިހަމަކުރުމައް ރައީސް މުޢިއްޒުއައް ފުރުސަތުދެއްވާ

    47
    38
  7. Anonymous

    އެއުޅޭ ހުސައިން ވަހީދު އާއި ފުލުހުންގެ ތެރޭގައިތިބި އޭނަގެ ސަޕޯޓަރުން ގުޅިގެން ސަރުކާރު ބަދުނާމް ކުރަން ރާވައިގެން ހިންގި ސިޔާސީ ގޭމެއް، އީދު ވިލޭރެއަކީ ސިޔާސީ ހަރަކާތަށްވުރެން ބޮޑަށް އަޅުކަން ކުރަން ޖެހޭރެއެއް ތަކުބީރު ކިޔާ ރެއެއް !

    36
    24
    • ވަގުންގެ ރާއްޖެ

      ކަލޯ ބޯހަމަޖެހޭތަ
      ސީޕީ އަކީ ހުސެން ވަޙީދެއް ނޫން

      11
  8. ނަސީރު

    ސާބަހޭ ރައީސް މުއިޒް ، އަޅުގަނޑުގެ އުމުރުން އަދި އެހާ ގިނަ ދުވަހެއް ނުވޭ ،އެންމެ 43 އަހަރު ، އަދި މިކަހަލަ ކަމެއްގައި މިފަދަ ގޮަކައް ވާހަކަ ދެއްކި ވެރިއެއް ނުދެކެން ، ފުރިހަމަ ޔަގީންކަން އެބައޮތް ރައީސް އެވިދާޅުވާ ގޮތައް ވަރައް ފުރިހަމަ އައް އެކަން ކުރާނެކަމުގެ،

    37
    24
    • ވަގުންގެ ރާއްޖެ

      ކަލޯ އެސްއޯ ފުލުހުންނެއް ނޫން މައްސަލައަކީ އަދި އެކަން ހުއްޓުވަން އެސްއޯ ފުލުހުން ފޮނުއްވި ކޮމާންޑަރ އެއްވެސް ނޫން ގޯހީ...
      އެކަން ހުންޓުވަން ފުލުހުންނަށް އަމުރު ކުރި މީހެއްގެ މައްސަލަ ތިޔައުޅެނީ....
      ބޮޑު ފޯސްއެއް ކޮންޓުރޯލް ކުރެވޭނީ އެތަނަށް އެސްއޯ ފޮނުއްވައިގެން...
      މެންދުރު ދިން ހުއްދަ ކެންސަލް ކޮއްފަ...
      ކަރަންޓް ކަނޑާލާފަ
      ފުލުހުންނަށް އެންގީ އެތަނަށް މީހުން ވަނީ ނުދިނުމަށް
      ސަރުކާރުގެ ބާރާއި ނުފޫޒު ރަނގަޅަށް ދައްކާލާފައި މިވަނީ

      14
      2
  9. އަހުމަދު މާހިރު

    އާދެއެވެ. މަނިކުފާނު ނުރުހޭ ކަމެކެވެ. އެކަމަކު މިފަހަރު ހުރިހާ ކަމެއް ފުލުހުންނަށް ނުޖައްސަވާށެވެ. ކަންހިގަން މެދުވެރިވި ސަބަބު ބައްލަވާށެވެ. އިދިކޮޅު ސިޔާސީ މީހުން ޖަލްސާ ބާއްވާނެ މާގިނަ ތަނެއް ނުހުންނާނެއެވެ. އެކަން މިހާރު މަނިކުފާނަކަށް އޮޅިވަޑައިގަންނަވާފަކާ ނުއޮންނާނެއެވެ. ހުދު އަމިއްލަފުޅު ތަޖުރިބާއިން އެންގިވަޑައިގަންނަވާނެއެވެ. ސުކޫލެއް ޖައްލްސާ ބާއްވަން ދިނުމައްފަހު ހުރިހާކަމެއް ތައްޔާރުވަމުން ދަނިކޮށް ކެންސަލްވުން މީ ކޮންކަހަލަ ކަމެއްތޯއެވެ. މީހަމަ އެބައެއްގެ ބުއްދި ފިލާ ހަމައިން ނެއްޓި ދާނޭކަމެކެވެ. މިހެންވުމުން ފުލުހުންގެ ހުވަޔާ ވާޖިބުތަކުގެ ތެރެއިން ސުކޫލުތައް ރައްކާތެރި ކުރަން ފުލުހުންގެ ލަޔާގަތު ތަންދިން އެންމެ މައްޗަކަށް  މަސަތްކަތް ކުރާނޭކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ.

    28
    5
  10. ހެޔޮނުވާނެއޭ

    މުއިއްޒު އެއީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ ދައްކާ ވާހަކަ އަޑުއަހަން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ

    8
    8
  11. ޝިފާންް

    ޢާމު ރައްޔިތުންގެ ސަލާމަތަށް ރައީސް އަބަދުވެސް ފަރުވާތެރި. މިއީ ހަމަ ލާމަސީލު މިސާލެއް.

    7
    10
  12. ޛާވިދްް

    ގައުމުގެ ރައީސަކު މިފަދަ މޭރުމުން ވާހަކަދެއްކުމަކީ ރައްޔިތުންނަށް ލިބޭ ބޮޑު ހިންހަމަޖެހުމެއް.

    12
    8
  13. ޒާ

    މިގައުމަށް ހަމަޖެހުން ގެންނަންޏާ ހޯމް މިނިސްޓަރު ވަކިކުރޭ. ތަންކޮޅެއް މަތީގައުޅޭ މީހެއް އެއީ. ހުރިހާ އޯޑަރެއް ކުރާނީ އޭނަ.

    11
    1
  14. ޝާހިލް

    ވެރިޔާ ތޯތޯ އެއް ނުވާނެ. ގަވާއިދާއި ހިލާފުން ކަމެއް ކޮށްފަ ހުރިއްޔާ އެކަމަށް ފިޔަވަޅު އަޅާނެ

    5
    3
  15. ވާހިދު

    އަދިވެސް ޖަމީލުމެން ކިޔާނެ ރައީސޭ މި މީހުންގެ އެއްވުން ހުއްޓުވަން މިއުޅެނީ

    2
    3
  16. ދާއިން

    އަނިޔާވެރި ވެރިއެއް ނަމަ މިހެން ކަންތައް ކުރާނެތޯ

    6
    4
  17. ލުބާން

    ކޮން ވެރިއަކަށްތޯ މިގޮތަށް ފިޔަވަޅު އަޅަން ކެރުނީ

    8
    1
  18. ލާމިހު

    ޖަމީލުމެންނަށް އަދިވެސް ރައީސްތޯ ގޯސްވަނީ. ފުލުހުންނަށް އަނިޔާކޮށްފަ ލަދެއްވެސް ނުގަނޭ ރައީސް ގޯސްކުރަން

    2
    5
  19. ޢަލީ

    ޢިޔާސުއްދީން އިންޓަރނޭޝަނަލް ސުކޫލަކީ އަނިއްލަ ބަޔަކު ހިންގާ ސުކޫލެއް އެސުކޫލަ ކުއްޔަދިނަސް ހިކޭދިނަސް ދޭނީ ސުކޫލްހިންގާ އިންޑިއާ ކުންފުނިން އެއީ ސަރުކާރާ ގުޅޭ މައްސަލައެއް ނޫން

    10
  20. ވަގުންގެ ރާއްޖެ

    ކަލޯ އެސްއޯ ފުލުހުންނެއް ނޫން މައްސަލައަކީ އަދި އެކަން ހުއްޓުވަން އެސްއޯ ފުލުހުން ފޮނުއްވި ކޮމާންޑަރ އެއްވެސް ނޫން ގޯހީ...
    އެކަން ހުންޓުވަން ފުލުހުންނަށް އަމުރު ކުރި މީހެއްގެ މައްސަލަ ތިޔައުޅެނީ....
    ބޮޑު ފޯސްއެއް ކޮންޓުރޯލް ކުރެވޭނީ އެތަނަށް އެސްއޯ ފޮނުއްވައިގެން...
    މެންދުރު ދިން ހުއްދަ ކެންސަލް ކޮއްފަ...
    ކަރަންޓް ކަނޑާލާފަ
    ފުލުހުންނަށް އެންގީ އެތަނަށް މީހުން ވަނީ ނުދިނުމަށް
    ސަރުކާރުގެ ބާރާއި ނުފޫޒު ރަނގަޅަށް ދައްކާލާފައި މިވަނީ

  21. އަޙްމަދު

    ގާޒާ އައްވެސް އަޅަނީ އެމެރިކާގެ ބޮން އެމެރިކާ ނުރުހޭ އެކަން ކުރަން.... ހަމަ ސޭމް

    8
    1
  22. އަލީ ފާއިޒް

    ހޫނުފެނަށް ވެއްޓުނީމަ ތެޅޭނެ ކަމެއް ނެތް...

    9
    1
  23. ޢާއިދްް

    ެރައީސް މުއިއްޒުއަށް އެންގިގެން މިވަރު ކަމެއް ނުވާނެ

    1
    9
  24. ޢިހްސާން

    ޤަވާއިދާއި އެއްގޮތަށް އެކަން ކުރުމަށް ފުރުސަތު އިން. ޖަމީލުގެ ޕާޓީ އުފައްދާތީ ބިރުން ސަރުކާރެއް ނޫޅޭ. 3000 ފޯމް ހަމަނުވި ޕާޓީއަކަށް ޖެހިލުންވާކަށް ނުވެސްޖެހޭ

    3
    9
  25. ކާސިންބެ

    މައްސަލަ އަކީ އެސްއޯ ފުލުހުން ގޮސް ހުއްޓުވުމެއް ނޫން....
    މައްސަލަ އަކީ
    އެޑިއުކޭޝަން
    ސްޓެލްކޯ
    ފުލުހުން
    ބޭނުން ކޮށްގެން މަގާމުގެ ނުފޫޒް ބޭނުން ކުރުން

    8
    1
  26. އަލިބެ

    މައްސަލަ އަކީ އެސްއޯ ފުލުހުން ގޮސް ހުއްޓުވުމެއް ނޫން....
    މައްސަލަ އަކީ
    އެޑިއުކޭޝަން
    ސްޓެލްކޯ
    ފުލުހުން
    ބޭނުން ކޮށްގެން މަގާމުގެ ނުފޫޒް ބޭނުން ކުރުން

  27. ބެޗޭ

    މަގޭ ބަހަށް ކިޔަމަންނުވާ މީހަކު ޒިންމާދާރު މަގާމަކަށް ނުލާނަމޯ!!! ލޮލް! ތިފެންނަނީ ކަރާ ފެޅޭތަން