އެމްޑީޕީގައި ވަރަށް ކުރިން މަސައްކަތް ކުރެއްވި އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ނިޔާވެއްޖެއެވެ.

ހޯރަ އިއްބެ ނިޔާވީ މިއަދު އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެމްޑީޕީ އުފެދި، ސިޔާސީ ޖަލްސާތައް ބާއްވަމުން ދިޔައިރު، އެ ޖަލްސާތައް ތައާރަފް ކުރުން ފަދަ ކަންކަން އޭނާ ކުރެއްވިއެވެ. މަޑުލު މުހައްމަދު ވަހީދަށް ބޮޑުބޭބެ ވިދާޅުވާ އިއްބެއަކީ މޮޅު ވާހަކަ ވެސް ދެއްކުންތެރިއެކެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމު އަދާކުރެއްވި އިއްބެ މީގެކުރިން ވަނީ 10 އަހަރުގެ ޖަލު ހުކުމެއް ވެސް ތަންފީޒު ކުރައްވައިފައެވެ. އެކަމަކު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޭނާ ވަނީ މިނިވަންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

36 ކޮމެންޓް

  1. ގިތެޔޮ

    ކުޑަ ކުއްޖަކާ ބެހިގެން ޖަލައް ލީމަ އމޑޕ ސަރުކާރުން މިނިވަން ކުރި މީހާތަ މީ

    47
    158
    • Anonymous

      މީހަކު ނިޔާވުމުން އެނާގެ ގޯސްވާހަކަ ދެއްކުން އެއީ ރަނގަޅު ގޮތެއް ނޫން. ކިހިނެތްތޯ އިނގެނީ އޭނާގެ ފަހުގެ އަމަލުތައް ހުރިގޮތެއް. އަހަރަމެންންނަކށް އޭނާގެ ފަހުގެ ޙަބަރުތަކެއް ނޭގޭ. ނިޔާވެ އެދިޔައީ ރަމަޟާންމަހެއް ނިމުނުފަހުން. އަދި ނިޔާ އީ ހުކުރު ދުވަހު. ވަﷲ އަޢުލަމް!

      10
      2
    • ގިތެޔޮ ގުޅި

      ގިތަލާ ކަލެޔާ ކޮންބެހޭކަމެއް ކަލޭ ހުންނަވީނުން ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގަ. ޢޭރުން ކަލޭ ބޭނުންމީހަކަށް މާފު ދިނުމާއި ނުދުނުމުގެ ބާރު އޮންނާނެ.

      3
      3
    • ކޮއްކޯ

      ކޮއްކޯ ހޭބަލި ނުވޭ.
      މަރުގެ ކުރިއަށް ތައުބާ ވުމުގެ ފުރުސަތުވެސް ލިބޭ.
      ކުށެއް ކުރެވުމަކީ ސީދާ ނަރަކައަށް ދިއުމެއް ނޫން

      4
      1
    • މަޖުދީ

      މަ އެމްޑީޕީ މަ މަރު މަތިން ހަނދާނަވޭ!! ތީއޭ މައްސަލައަކީ! ތިހެން ނުވާނެ ވިސްނާކަށް، އާއިލާއެއްތެރޭގަ މަސްތުވާތަކެތި ބޭނުންކުރާ އެކަކު ހުޢްޓަސް ނުވާނުން މުޅި އާއިލާ ޑުރަގު ބޯކަމަކަށް

      3
      2
    • ޑރ. ރާމީ ޕީ.އެން.އެފް

      ނިޔާވީމަ އޭނާ އަށް ޖަވާބުދާރީ އެއް ނުވެވޭނެ. ވީމާ މަރުވެފަ ތިބޭ މީހުންނަށް އެއްޗެހި ކިޔާކަށް ނުވާނެ!

      3
      1
    • އާދަމް

      ތިބޭފުޅާއަށް ވުރެ ސުވަރުގޭގެ މަތިވެރި ދަރަޖައެއް ނުލިބޭނެކަން ވެސް ކިހިނެއް އެނގެނީ

      25
      3
    • އަލީ

      ރުހުމުގަ ބެހޭތަ؟

      2
      4
    • ފާއިޒު.

      ޥަގުތާ ޙާލަތަށް ބަލާއިރު މި ކޮމެންޓަކީ ވަރަށް ދަށުދަރަޖައިގެ ކޮމެންޓެއްކަން ހިތާމައާއެކު ފާހަގަކޮށްލަން.

      28
      2
    • ށުމަން

      100% ޓްރޫ

      5
      2
    • ަައަކޫ

      މީހުން ނިޔާވުމުން އެމީހުނަށް ކުރެވިފަ ހުންނަ ފާފަތަކުގެ ވާހަކަ ދެއްކުން އެއީ އަހަރެމެންގެ ދީނުގައި އަންގަވާފައި ވާ ކަމެއނޫން. ބަދަލުގައި ހެޔޮ ދުޢާ ކުރައްވާ. ކުށެއް ނުކުރާ އިންސާނެއް ކޮބާ؟

      40
    • ކޮމެންޓްކުރާމީހާ

      ކޮންމެ މީހަކުވެސް މަރުވާނެ... ކޮންމެ މީހަކަށްވެސް ގެންދެވޭނީ އެމީހެއް ޢަމަލުތައް.. އެހެންވީމާ، އެއްވެސް މީހަކާ ދޭތެރޭ ގޯސްބަހެއް ބުނެގެންނުވާނެ... ޔާ ﷲ.. މައްޔިތާއަށް ފާފަ ފުއްސަވާ ޖަންނަތުލް ފިރްދައުސް މިންވަރުކުރައްވާންދޭވެ.. އާމީން..

      34
    • މިހެން

      މީހާ މަރުވެ ދިއުމުން ބަދުބަސް ބުނުމުގެ ބަދަލުގެ ހެޔޮ ދުޢާއެއްކޮށްފިނަމަ އެކަމުގެ ސަބަބުން ތިބާއަށާއި މައްޔިތާއަށް މަންފާއެއްކޮށްފާނެ އިންޝާﷲ. ތިބުނާ ކުޑަކުއްޖާއަކީ މިހާރުގެ އޭނާގެ އަނބިމީހާ. އަދި ކުޑަކުއްޖެކޭ ކިޔާއިރު އޭރުވެސް އެއީ 17 އަހަރުގެ އަންހެނެއް. އިސްލާމްދީނުގައި ކުޑަކުދިންނޭ ކިޔަނީ ބާލިޣުވުމުގެ ކުރިއަށް. ނުވަތަ 15 އަހަރުވުމުގެ ކުރިއަށް. ނުވަތަ ލަދުވެތި ގުނަވަންތަކުން އިސްތަށިތައް ފެޅުމުގެ ކުރިން. އެހެންކަމުން 17އަހަރުވުމުން އެއީ ކުޑަކުއްޖެއްނޫން. ހުޅަނގުން މާދަމާ ނިންމަފާނެ 50 އަހަރު ނުވަންޏާ އެއީ ކުޑަކުއްޖެކޭ. ދެން އަހަރެމެންވެސް މިޖެހެނީ އެއަށް ތަބާވާން. އިސްލާމްދީނާ ޚިލާފު މިފަދަ ޤާނޫނުތައް އުވާލައިގެންނޫނީ ފުރިހަމަ އިސްލާމީ ޤައުމަކަށް ވެވޭނެބާ؟

      21
      0
    • ސަންގު

      ކުޑަ ކުއްޖެކޭ 17 އަހަރާ 11މަސް ވިޔަސް ކުޑަ ކުދިން ތިޔަ ކުޑަ ކުދިންގެ މިންގަޑާ ހެދި މުޅި ގައުމު ނާމާންކޮއްފި 17 އަހަރުގެ ކުޑަ ކުދިން ވައްކަން ކުރުމާ ފޭރުމާ މަސްތުވާ ތަކެއްޗާ ބަނގުރަލާ ވިޔަފާރީގަ ދެވޭނެ އަދަބެއްނެއް ނާމާކަމާ މުޅިގައުމުގައި.

      20
      1
    • ޒައިކް23

      ތިޔަ އެއްޗެތިން ނުވާނެ މަރެއް.. ތިޔަ މީހުންގެ އާއިލާގަވެސް ތިބޭނި މަރު ނުވާ މީހުން... އަދި ބުނަން އިއްބެ އަކީ ކުޑަކުދދިންނާ ބެހޭ މީހެއް ނޫން އޭނާ ކައިވެނިކުރަން ރަން ކިޔާފަ އޮތް ކުއްޖާ އޭރު 17 އަހަރުގަ ވެސް ކައިވެނި ކުުރެވޭ ބެެލެނިވެރިންގެ ހުއްދައާއެކު.. އަނެއްކާ ހިޖުރީގޮތުން 18 ވެފަ.. ސިޔާސީ ޗަރުކޭހަަކާއެކު ހައްޔަރުކޮށް ޖަލަަށްލީ.. ދެން އެވާހަކަަ ބާއްވާ މަރުވެފައި ތިބޭ މީހުންްގެ ވާހަކަ ދެއްކުމެއް ނެތް.. ނިޔާވީ މާތް ދުވަހެއްގަ ހުކުރު ނަމާދަށް ދާން ތައްޔާރުވަނިކޮށް..

      13
      6
    • ސޮރު

      ބުރޯ އޭނަ ފިލަން އުޅުނުބާ ، މި ހަބަރުގައި ލިޔެފައި އޮތީ އޭނަ ނިޔާވެގެން އުޅޭ ވާހަކަ. މަށައް ކަލޭ މާ ޖާހިލުކަން ބޮޑު އަދި އިންސާނިޔަތުކަމުގެ ޒައްރެއްގެ މިންވަރު ނެޠްތާ ކަލޭ ގައިގަ ނެޔް މީހަކު ނިޔާވީމަ ،،،،.......... ބުނަން އޮތްއެތި ބޮޑުވީމަ ހުއްޓާލީ. މަށައް ހަމަ ޔަގީން ކަލޭގެ އާއިލާ މީހަކު ނުވަތަ އެއްބނޑު މީހަކު ނިޔާވެގެން އުލޭއިރު ކަލޭ ސަހަރާޔައް ދިޔަޔަސް ކަލޭ ދައްކާނީ އެމީހެއްގެ ނުލަފާ ވާހަކަޔާ ........... ހަގީގަތުގައި ކަލޭ މުސްލިމެއްގެ މަގާމަކައް ނުފެތޭ

      12
      2
  2. ކަނބިލި

    ލާދީނީ މީހުނަށް އެއްޗެއް ވިސްނިއްޖެއްޔާ ރަނގަޅު

  3. Anonymous

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎،
    މައްޔިތާއަށް ހެޔޮ ރަޙްމަތް ލައްވާ ފާފަ ފުއްސަވައި ދެއްވާ ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި! އާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن🤲🤲

  4. ކަޑި

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎،
    މައްޔިތާއަށް ހެޔޮ ރަޙްމަތް ލައްވާ ފާފަ ފުއްސަވައި ދެއްވާ ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި! އާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن🤲🤲

  5. ފަތުހުﷲ

    އިއްބެ އިއްބެއަކީީ ވަރަށްް އިހްލާސްތެރިި ބޭފުޅެއްް، ކުށެއްް ކުރެވުނީތީީ އެކަމުގެެ މަތީީ ހުރިި މީހޭއްނޫންް! ލިބެންޖެހޭޭ އަދަބެއްލިބިި، ނަމަވެސްް، އެބުނާާ އަންހެންް ކުއްޖަކީީ މިއަދުު އިއްބެގެެ ހަލާލްް އަނބިމީހާާ،ކަންް މިހާލުގައިވެސްް ދެކޮޅަށްް ލިޔާމީހުންނަށްް އެނގޭބާ މިހެންތޯޯ އެހެންމީހުންް މިތިބީީ ކަންކަން ކޮށްފައިި! ނޫހަކުންް އެއްޗެއްް ފެންނަަ އިރަށްް ކޮމެންޓްް ކުރީމައިި ވީކީީ އެއްް ނޫންް! މައްޔިތާއަށްް ހެޔޮރަހުމަތްް ލައްވާތޯޯ ދުޢާކޮށްލާނަމަަ، ތިމާމެންގެެ އަމިއްލަަ އަހްލާގާއިި މެދުު ސުވާލުު އުފައްދާލަބަލާ!
    މާތްްﷲޢިބްރާހިމްް ރަޝީދުގެެ، އަނބިދަރިންނާއިި އާއިލާއަށްް ކެއްތެރިކަންް ދެއްވާާ، ފުރާނައަށްް ސުވަރުގެެ މިންވަރުު ކުރައްވާށިި.އާމީން

    1
    1
  6. ގިތެޔޮގުޅި

    ތައުބާ ނުވާކާމެއްވެސް ނޭނގޭދޯ އެއްޗެހި ނުކިޔާ!!

    21
    • Anonymous

      ހޯރަ އިއްބެއަކީ ތައުބާވާނެ ކަހަލަ މީހެއް ނޫން. އެންމެ ފަހުން ދިމާވި ދުވަހު ވެސް މާތްﷲ އާއި ކީރިތި ރަސޫލާއާ ދެކޮޅަށް ވާހަކަދެއްކި. މިހެން ބުނަންޖެހެނީ މި ކަމުން ޢިބްރަތް ލިބިގަތުމަށް. ފަހަރެއްގައިވެސް ހޯރަ އިއްބެ މަރުވީމަ އޭނާގެ ގޯސް ވާހަކަ ދައްކާކަށް ނޫން. އެންމެން ވެސް މަރުވާނެ. ހޯރަ އިއްބެގެ އުޅުމާއި އޭނާގެ މަރުން އިބްރަތް ލިބިގަނެ އިސްލާހުވާންވީ.

      2
      1
  7. އަލީ ޙަމީދުު

    ނިޔާވީ ކީއްވެކަމެއް އެނގިފައި އޮތްނަމަ ތަންކޮޅެއް ހަބަރު ފުރިހަމަވީސް، ދިވެހިންނަށް 5 ކާފަށް ޖަވާބުދީގެން ހަބަރުތައް ލިޔާ ދުވަހެއްގެ އިންތިޒާރުގައި ހުރިން..

    14
  8. ލައިޓް

    ހޯރަ އިއްބެގެ ފުރާނަޔަށް މާތްﷲ ރަހުމަތް ލައްވާ، ފާފަފުއްސަވާ، އާއިލާޔަށް ކެއްތެރިކަން ދެއްވާށި! އާމީން

    18
  9. މުޙައްމަދު

    انا لله وانا اليه راجعون

    13
  10. Anonymous

    انا لله وانا اليه راجعون
    اللهم اغفر له وارحمه ولجميع المسلمين

    11
  11. މިހެން

    މީހާ މަރުވެ ދިއުމުން ބަދުބަސް ބުނުމުގެ ބަދަލުގެ ހެޔޮ ދުޢާއެއްކޮށްފިނަމަ އެކަމުގެ ސަބަބުން ތިބާއަށާއި މައްޔިތާއަށް މަންފާއެއްކޮށްފާނެ އިންޝާﷲ. ތިބުނާ ކުޑަކުއްޖާއަކީ މިހާރުގެ އޭނާގެ އަނބިމީހާ. އަދި ކުޑަކުއްޖެކޭ ކިޔާއިރު އޭރުވެސް އެއީ 17 އަހަރުގެ އަންހެނެއް. އިސްލާމްދީނުގައި ކުޑަކުދިންނޭ ކިޔަނީ ބާލިޣުވުމުގެ ކުރިއަށް. ނުވަތަ 15 އަހަރުވުމުގެ ކުރިއަށް. ނުވަތަ ލަދުވެތި ގުނަވަންތަކުން އިސްތަށިތައް ފެޅުމުގެ ކުރިން. އެހެންކަމުން 17އަހަރުވުމުން އެއީ ކުޑަކުއްޖެއްނޫން. ހުޅަނގުން މާދަމާ ނިންމަފާނެ 50 އަހަރު ނުވަންޏާ އެއީ ކުޑަކުއްޖެކޭ. ދެން އަހަރެމެންވެސް މިޖެހެނީ އެއަށް ތަބާވާން. އިސްލާމްދީނާ ޚިލާފު މިފަދަ ޤާނޫނުތައް އުވާލައިގެންނޫނީ ފުރިހަމަ އިސްލާމީ ޤައުމަކަށް ވެވޭނެބާ؟

    6
    2
  12. އަހުމަދު ޝިޔާމް

    އިންސާނަކު މަރުވުމައްފަު އެމީހާއަށް ކުރެވިފަހުރި ގޯސް ކަމެއްއޮތަސް އެވާހަކަދެއްކުންރަގަޅެއްނޫން ދެންއެކަންތައް ބައްލާފަރާތުން ބައްލަވާނެ

  13. ގުއި

    ކަލޭމެންގެ ލަދުހަޔާތް ކޮބާ މަރުވެގެންދާ މީހާއަށްވެސް ތިޔަ ބުނަނީ ބަދުބަސް! ﷲ ދެނެވޮޑިގެންވަނީ އޭނާގެ ތައުބާ ކަލޭމެނެއްނޫން ފާފަ ފުއްސަވަނީކީއެއް

    9
    2
  14. ބަރަނި

    إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ‎،
    މައްޔިތާއަށް ހެޔޮ ރަޙްމަތް ލައްވާ ފާފަ ފުއްސަވައި ދެއްވާ ޖަންނަތުލް ފިރުދައުސް މިންވަރު ކުރައްވާށި! އާއިލާއަށް ކެތްތެރިކަން ދެއްވާށި! آمیـــــــــــــن🤲🤲

    15
  15. ސަންފަ

    މީހުނާބެހޭ ގޮތުން ގޯސްވާހަކަ ދެއްކު މުގެ ކުރިން ވިސްނާލާ ހުކުރު ދުވަހެއް ގަ އޭނާ އެނިޔާވީ. ޙުކުރު ދުވަހު މަރުވާ މުސްލިމުން ނަށް ކަށްވަޅުގެ ސުވާލު ނުކުރައްވާނެ ކަމަށް ހަދީޘް ބަސްފުޅު ގައިވާ ކަމަށް އިސްލާމް ދީނުގެ ޢިލްމް ވެރިން ވިދާޅުވޭ. ޢެގޮތުން ބަލާއިރު އޭނާ ކުރިން ކޮންމެ ގޮތަކަށް ކަން ކުރި ޔަސް ފަހުން ތައުބާވެ ރަގަޅު ގޮތުގައި ދިރި އުޅުނަކަމަށް ބެލެވެނީ

  16. މަދަދު

    މަރުވާނެ ކޮންމެމީހަކުވެސް ހެޔޮދުއާކުރޭ އެއްޗެހިނުޔާ މައްޔިތާއައް ރަހުމައްލަވާށި އާމީން

    9
    1
  17. ޏ

    ތައުބާ ވެވޭނެ މަރު ނޭވާހޮޅިޔައް އެޅުމުގެ ކުރިން. ނަމަވެސް ދުނިޔެމަތީ ލިބެންޖެހޭ އަދަބެއްވެސް ލިބެން ޖެހޭނެ

  18. މުފައްކިރު

    ޢަމަލުތަކަށް ޖަޒާދެއްވުން ވަނީ ﷲގެ ޙަޟުރަތުގައި. ނުބައިކަންމަތީގައި ދެމިހުރިމީހާ އަށްވެސް ތައުބާވެ ހެޔޮމަގަށް ރުޖޫޢަވެވޭ. މިސާލަކަށް 99 މީހުން މެރިމީހާގެ ވާހަކަ ފުދޭ. މަރުވީ އީމާންކަން މަތީގައިކަން ނުވަތަ ނޫންކަން އެނގި ވޮޑިގަންނަވާނީ ﷲ. ރަގަނޅުވާނީ ނުބައި ޢަމަލުގެ ވާހަކަ ނުދެއްކުން. ކުރި ކުށަކާއި އެކަމަކަށް ދުނިޔެމަތީގައި ލިބެމުން އައި އަދަބުން ނުޙައްގު ގޮތުގައި މިންޖުކުރިނަމަ އެވާހަކަ ދައްކާ މީހުންގެ ދުލުގައި ނުހިފޭނެ.