ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފުގެ ޝަރީއަތް ލަސްވަމުންދާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި މަޖިލިހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ މުހައްމަދު އަސްލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވުމުން ދޭހަ ވަނީ ސަރުކާރުން އެ މައްސަލައިގެ ތެރެއަށް ނުފޫޒު ފޯރުވައި އަތް ބާނަމުންދާ މިންވަރު ކަމަށެވެ. ޔާމީންގެ ޝަރީއަތެއް އެންމެ ފަހުން ބޭއްވީ މިދިޔަ ހަތަރު މަސް ދުވަސް ފަހުން ކަމަށް ވެސް އަސްލަމްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

"ހަތަރު މަސް ވެގެން ދިޔައިރު ހަމައެކަނި ހުކުމް އިއްވާނުލެވިފައި އޮތީ. އެހެންވީމަ ސަރުކާރުން މިކަމަށް އަތް ބާނާ މިންވަރު މިކަމުން މި ފެންނަނީ. ވަރަށް ބޮޑު ތުހުމަތެއް އެބަ އޮވޭ. އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ދަންނަވާލަން ބޭނުން ވަނީ ރައީސް ޔާމީންގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީ އިން ބެލުމަށް، ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި އަޅުގަނޑު އިންނާތީ މާދަމާ (މިއަދު) މައްސަލަ ލާނަމޭ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމު ދޭން ޖެހޭނެ ކަމަށާއި ވަކި ވެރިޔަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލައިނުގަނެވޭނެ ކަމަށެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ޑިސެމްބަރު 25، 2022 ގައެވެ. އެއީ އޭރުގައި ވެރިކަމުގައި ތިއްބެވި ބޭފުޅުން ކޯޓުތަކަށް ނުފޫޒު ފޯރުވައިގެން ކުރި ހުކުމެއް ކަމުގައި މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ގެންދެވީ ވިދާޅުވަމުންނެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމަށް އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު، އެމަނިކުފާނު އަދިވެސް ހުންނެވީ ޖަލު ހުކުމެއްގައި މާލެ ބަންދުގައެވެ. އަދި އެމަނިކުފާނަށް ވަނީ ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން މަނާކޮށްފައެވެ. ޔާމީން ގެއަށް ބަދަލު ކުރީ މިދިޔަ ސެޕްޓެމްބަރު 30 ވަނަ ދުވަހު ބޭއްވި އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރެއްވި ފަހުންނެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމްގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ނިމިފައި އޮންނަތާ މިހާރު އެތައް ދުވަހެއް ވަނީ ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

39 ކޮމެންޓް

  1. Anonymous

    ކަލޭމެން ތިވާހަކަ ދައްކަން ލަދެއް ނުގަނޭތަ! މި ވޭތިޔަ ފަސް އަހަރު ދަންމާލީ ކަލޭމެންގެސަރުކާރުން އެކިގޮތްގޮތަށް ޝަރީއަށް އަތްބާނައިގެން ޝަރީއަށްލަސްކުރުން.

    65
    3
    • ޚިޔާ

      ޢެމްޑީޕީގެ ޕުލޭނާ އެއްގޮތަށް ހިޔަޅު އަސްލަމް އެމްޑީޕީ

      41
    • ޓައިޓުބުރި

      ލަދުގަންނަންޖެހޭނީ މިސަރުކާރު، ޑރ މުއިއްޒު ވެރިކަމަށްއައީ ރައީސް ޔާމީނު މިނިވަންކުރަން ދޮގު ވައުދުވެ ހުސްގޮނޑިއަކާއި ފޮޓޮއެއް ދައްކައިގެން ގުނބޯހައްދައިގެން. ވެރިކަމަށް އާދެވުމާއެކު ކީތްތޯކުރީ؟ މިނިވަންކުރިތޯ؟ ޔާމީނަށް ގޭބަންދުގައި އެހުރެވެނީވެސް އެމްޑީޕީ ސަރުކާރުން ދިން ލުޔެއްގެ ސަބަބުން އިނގޭތޯ، މުއިއްޒަކު ކުރިކަމެއްނޫންއެއީ، އެހެންވީމާ ލަދުގަންނަންޖެހެނީ އަސްލު ކާކު

      17
      47
      • ވިލް

        މުއިއްޒު ބުނީ ގާނޫނީ އިމުގެ ތެރެއިން މިނިވަން ކުރާ ވާހަކަ. ޔާމީނު ކުށެއް ނުކުރަންޔާ ކޯޓުން މިނިވަން ވާނެއެއްނު. ކޮންމެހެން މުއިއްޒު މިނިވަން ނުކޮށްގެން ތެޅޭކަށް ނުޖެހޭނެ އެއްނު. ޔާމީނަށްވެސް އިނގޭ އިއްވާފައޮތީ ހައްގު ހުކުމެއްކަން. ކޯޓަށް އަތް ބާނައިގެން ނޫންގޮތަކަށް މިނިވަން ނުވާނެކަން. ކިތައްމެވަރަކަށް ހޯއްގޮއްވިޔަސް މުއިއްޒު ގާނޫނާ ހިލާފެއް ނުވާނެ.

        35
        9
        • ކިލްބިލް

          ކޮންމެހެން މިނިވަންކޮއްދޭނަމޭ ކިޔާފަ ނުވާވަރުގެ ކުރަން ވައުދުވިކީއްވެތަ؟ އެހެން ނުކިޔާ ވެރިކަމަށް އައިނަމަ ހޯއްގޮވާކަށްނުޖެހޭނެ! ޝަރީއަތަށް ނުފޫޒުނުފޯރުވަމޭ ކިޔަނީ ހުންނަ ނުބައިކަމުން، ރައްޔިތުން ގުނބޯ ހައްދަން އުޅުނަސް ނުހެއްދޭނެ، ހައްގު ހުކުމެއްނަމަ ކޯޓުތަކުން ހުކުމްއިއްވާފަ ޖަލަށް ގެންދަންވެސް ނޫޅެ ޝަރީއަތް ލަސްކުރަނީ ކީއްވެތަ؟ ކަލޭ ވަކިކޮޅަކަށް ބުރަވެ ހުރީމާ ނޭގިދާނެ މިވާގޮތް، އަހަރުން ވަކިކޮޅަކަށް ނުޖެހި ހަގީގަތް ހާމަކުރީމަ ހަޖަމުކުރަން އުނދަގޫވާނެކަން އެނގޭ

          11
          19
    • ހަމްދު

      އަސްލު މިހާރު ޔާމީނު މިނިވަން ކުރަން ގިނައިން ގޮވާ މީހުންވަނީ އަދީބުލައްވާ ދޮގު ބަޔާނެއް ދީގެން ޖަލައްލާ ރިޔާސީ އިންތިހާބުން މަހުރޫމް ކޮއްލާފަ. އަދި އިބޫ ވެރިކަން ހަވާލު ކުރަން 2 ދުވަހައްވީމަ އަދީބުވަނީ ރާއްޖޭން ބޭރައް ފޮނުވާލާފަ. މުއީޒު ބުނީ އިންސާފު ހޯދާދޭނީ ކޯޓްތަކުންނޭ. ޖޭއެސްސީ އެމްޑީޕީ ބާރުއޮތް އިރު އެއީ ވާނޭކަމެއް ނޫން ހިސާންއާ ހުސްނުއް ސުއޫދު މެންތިއްބާ އެމީހުން ބަލާނެ މުއީޒައް އެކަން ނުކުރެވޭ ގޮތެއް އޮއްތޯ ނުވަތަ ކުރަން އުޅެއްޖެޔާ ބުނާނެ ނުފޫޒު ފޯރުވަނިެްޔޭ. މިހާރު ވެސް މަޖިލީހުން ފެންނަމުންދަނީ އެކަހަލަ މަންޒަރު.

      23
      1
    • ހނހ

      އެމްޑީޕީންވަނީ މުޅިގައުމު އެކޮއް ބަގުރޫޓް ކޮއްކާފަ އިބޫ ޒައާމަތުގަވަނީ ޑޮލަރު 15 އިން 18 އައް ބަދަލުވެފަ އަދި ކާޑް ލިމިޓް ވަނީ 600 އިން 250 ބަދަލުވެފަ މަހުގެ އަގުވަނީ 18 އިން 16 ބަދަލުވެފަ ޖީއެސްޓީވަނީ 6 އިން 8 ކައް ބަދަލު އަދި ގައުމުގެ ދަރަނި 40 ހުން 120 ބިލިއަނައް ބަދަލުވެފަ ކޮންބައެއް ވެރިކަމައް އައިސް ގެންބާ ރައްޔިތުންނައް ގެއްލުންވީ

  2. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމް ވިޔެނާ ނޫދޭންވެގެން ޖޭއެސްސީ ކިޔާތަނެއްހަދާފަ އެތާގައިވެސް މިތިބެނީ މި ސިޔާސީ ޗޯރުން ދެން ކިހިނެއްތޯ އަދުއިންސާފު ދެވޭނީ، މިމީހުން ބޭނުން މީހަކަށް ހުކުމް ކުރެވެނީވެސް،

    27
    1
  3. ހަންޑިކުޑަ

    ރަޢީސް ޔާމީނު އެވެރިން ދުލެއް ނުކުރާނެ ކަމަށް މިރަށުތެރޭ ރައްޔިތުން ކިޔާ. ވަކިން ޙާއްސަކޮއް މި ދުވަސްކޮލު! ވޯޓުގެ ކަންތައްތައް ނިމުމާއި އެކު ޖަލަށް ބަދަލު ކުރާނެޔޯ!

    11
    17
  4. މަހޭސް

    އަސްލަމް މެން ބަނގުރާ ބޮއިގެން އަވަދިވި މައްސަލަ ހުށައަޅުން މާ އައުލާކަން ބޮޑު....ފެނަކަށް ބަނގުބަކާޑި އިސްތިއްމާލުކުރާ މީހުންތީ....

    25
    2
  5. Anonymous

    ރައީސު ޑރ މުއީޒު އެއްފަހަރުވެސް ވިދާޅުނުވޭ ޝަރުއީ ނިޒާމު ފޫއަޅިވައިގެން ޔާމީނު މިނިވަން ކުރާނެ ވާހަކެއް، ވިދާޅުވީ ނިޒާމްގެ ތެރެއިން މިނިވަން ކުރާވާހަކަ، ވަގުން ވައްކަން ކުރީމާ މިނިވަން ވޭތޯ ؟

    21
    6
    • ނަނިނަންނަ

      އޭރު ވަގެއް ނޫން، މިހާރު ވަގެއް، ތީކިހާ ހެއްވާކަމެއްތަ؟ ދެން ކީއްވެތަ އިބުރާހިންސޯލިހު ސަރުކާރަށް ދައުވާނުކުރަނީ؟ އެމީހުން ވައްކަންނުކުރޭތަ؟ އާނ ވައްކަންކުރީ ހަމައެކަނި ޔާމީނު؟ އަދީބުވެސް ހުދުކާފޫރު؟ ނޫނޭވާ ތިއޮތީ ވާ އިންސާފެއް

      15
      4
      • ހނހ

        އޭރުވެސް ވަގެއް މިހާރު ވެސް ވަގެއް އިބޫއައް ވެސް ދައުވާ ކުރެވެންޖެހޭނެ

        5
        11
        • ތޭ

          އެހެންތޭ، އިބޫއަށް ދައުވާނުކުރާނެ، އެއީ ސިޔާސީވުމޭ ރައީސް ވިދާޅުވީ، ޔާމީނުއާ އެކަނި ތޮޅޭނީ އެއީ ރައީސްގެ ވަންއެންއޮންލީ ދުޝްމަންއޭ. ކަލޭ ވެސް ސާބިތުކޮށްދީބަލަ ސަރިއަތްމެދުވެރިކޮއް ޔާމީނުއެއީ ވަގެއްތޭ ނޫންތޭ އެއަށްފަހު ޖަލަށްލާންވީ ކީއްވެތޭ ސަރިއަތް ދިގުދަންމަނީ .މަބުނެފާނަން ކަލޭތީ ވަގެކޭވެސް ހަމަ ބުނާއިރަށް ވަގަކަށް ނުވާނެ ނޯވަންއިޒް ގިލްޓީ އަންޓިލް ޕްރޫވަން އިނޮސެންޓު ތޭ

          6
          1
          • ސުކުން

            މުޢިއްޒެއް ނޫން ޔާމީނާ ދުޝްމިންވީ. މުޢިއްޒާ ދުޝްމިން ވީ ޔާމީނު. މުޢިއްޒު ވެރިކަމަށް ހޮވުނީމައި އިބޫ ގާތު ބުނެގެން ޔާމީނު ގެއަށް ގެނައި ދުވަހުވެސް މުޢިއްޒާ އަނގައިން ނުބުނެ މޫނު ކުނިކޮށްގެން ޔާމީނު ހުރީ. މުޢިއްޒު އެތަނުގައި ހުރިއިރުވެސް މުޢިއްޒާ ވާހަކަ ނުދައްކައި އެހެން މީހުންނާ ވާހަކަދައްކަމުން ގެންދިޔައީ. ކިތަންމެ ވަރަކަށް ތެޅުނަސް، މި ގައުމުގެ ވެރިކަމެއް ދެނެއް ޔާމީނަކަށް ނުލިބޭނެ.

        • ރީތި

          މިރާއްޖޭގަ ވެރިކަންކުރީ ހުސް ވަގުން، ކަލެއަށް އެކަން ނޭގޭތަ، ކަލޭތީވެސް ވަގެއްގެ ދަށުގައި މަސައްކަތްކުރާ ވަގެއް

          7
          1
    • Anonymous

      ތިބުނާވަގަކު ވައްކަންކުރިއްޔާ އޭނާގެ މިނިސްޓަރަކަށް ހުރީ މިހާރުގެ ރައީސް، އެހެންވީމާ އޭނާއަކީވެސް ބައިވެރިއެއްތާދޯ.

      10
      3
    • Anonymous

      އެމްއެމްޕީއާރްސީ ހިޔާނާތުގެ ލިސްޓުގައި ހީނާވަލީދުގެ ނަންވެސް އޮތް، އެހެނިހެން މީހުންގެ ނަންވެސް އޮތޭ، އެމީހުންގެ ތެރެއިން ކިތާއްމީހުންގެތޯ މައްސަލަބަލާ ޝަރީއަތަށްގެނެވުނީ، ބައެއްމީހުން އެތިބީ އެކިމަގާމުދީފާ، އަނެއްބަޔަކު އެތިބީ މުއިއްޒުއަށް ސަނާކިޔަން، ކޮބާތޯ މލއެމްޑީޕީ ސަރުކާރުން ހިންގި ވެންޓިލޭޓަރު ވައްކަން، ކަނޑުފަޅުގެ ވައްކަން، ކޮރަޕްޝަން އެހާ ވަރަށް ހިންގާލިބައެއް އަދި މިރާއްޖެނުދެކޭ، އެކަމަކު ނަންވާނީ ޔާމީންއަބުދުލްގައްޔޫމު ދެއްތޯ

      11
      2
  6. ތައުފީޤް

    ފުރަތހަމަ މަނިކުފާނުގެ ރައީސް ސޯލިޙު ކުރެން އައްސަވަން ވީި ނޫންތޯ ޔާމީނަށް ނުޙައްޤު ތައުވާތަކެއް ކުރެއްވީ ކީއްވެތޯ

    19
    1
  7. ހެ

    މިސަރުކާރު ވެސް ހަމަރައީސް ޔާމިންއާ ދޭތެރެ ކަންތައް ކުރާނީ ހަމަ އެމީހުންގެ ސަރުކާރުން ވެސް ކައްތައް ކުރިގޮތައްކަން އިގޭ. މިހުރިހަމީހުން ވެސް ގަބޫލު ކުރޭ ޔާމީން ވާދަކުރާ އިންތިހާބެއްގައި ޔާމިންއާ ވާދަ ކޮށް ކާމިޔާބު ކުރުމަކީ ވަރަށް އުދަގޫ ކަމެއްކަން.

    8
    10
    • ދޮގުބެ

      އެމީހުން ސަރުކާރުން ކަންތައް ކުރިގޮތައް ވިއްޔާ ޔާމީނު ހުންނަން ޖެހޭނީ މިހާރު ޖަލުގަ. ދޮގު ހަދައިގެން ވާނެ ފައިދާއެއް ނޯންނާނެ

      9
      2
    • ކޮއްކޮ

      ކިތަންމެ ވަރަކަށް ތެޅުނަސް، މި ގައުމުގެ ވެރިކަމެއް ދެނެއް ޔާމީނަކަށް ނުލިބޭނެ.

      • Anonymous

        ޔާމީނު ނޫޅޭ ވެރިކަން ހޯދާކަށް، ޔާމީނުއުޅެނީ އިންސާފުހޯދަން، ޔާމީނަށް ވެރިކަންވެސް ލިބިދާނެ ﷲއިރާދަކުރެއްވިއްޔާ، ކަލޭ ތީ ވަހީއިއްވަވާމީހެއްތާ ތިހާ ޔަގީންކަމާއެކު ތިހެންތިބުނީ

  8. އަހްމަދު

    ކަލޭ ކިތަންމެ ވަރަށްކަށް ޔާމީނު ކިޔަސް ކަލޭ އިރާދަ ކުރެއްވިއްޔާ މިފަހަރު މަޖްލީހަކަށް ނޮހޮވޭނެ!!!

    21
    2
  9. ވާނުވާ.

    ޔަމީނުގެ ވަކީލުން މަދީތަ؟ ޖޭ.އެސް.ސީގެ މެންބަރަކު މިކަހަލަ ވާހަކަ މިދައްކަނީވެސް. ދޮހަ ބާރަ އަހަރުވީ ކިތައް މައްސަލަ ކޯޓުތަކުގައި އެބައޮތް؟ އާންމުކޮށް މައްސަލަތައް ލަސްވާ ސަބަބުދޯ ހޯދަންވީ؟ ތިކަމާ ޝަކުވާ އޮތްނަމަ ޝަކުވާކުރާނީ ޔާމީނުގެ ފަރާތުން. ޔާމީނުގެ މައްސލައިގެ ކަންތައް ބަލަން ކޮން ހައިސިއްޔަތެއް މީނާއަށް އޮތީ؟

    9
    2
  10. ރައްޔިތުމީހާ.

    ތިޔައީ އަތްބޭނުމެއް ނޫންތަ؟ ޔަމީނު ޖްލަށް ނުފޮނުވިގެން ތިއުޅެނީ!

    11
    3
  11. ތޭރަބަދަވީން ހުދުކާފޫރު

    ހުރިހާވެސް މައްސަލައަކީ ޔާންޓޭ މިނިވަންކުރާނަމޭކިޔާ ހުރިހާ ކެމްޕެން ޖަލްސާއެއްގަ ފޮނިބައިސާ ކަނޑާފަ އެކަންނުކޮށް މިހާރު ޖޭއެސްސީއޭ އަތްނުބާނަމޭ ފަޅޮލޭކިޔާތީ. ނުފޯރާފޮތިން އޭރުވެސް ފޫގަޅަން ނޫޅެ ޔާމިނުގެ ވާހަކަނުދައްކާ ވެރިކަމަށް އައިނަމަ މާތާހިރުވީސް. ތަސްބީހައެއްޒިކުރެއްގޮތަށް ރައީސްޔާމީނު ރައީސްޔާމީނު ކިޔާފަ އައީތީއޭ މައްސަލައަކީ. އެހެންނޫންނަމަ އަހަރެމެން މިވާހަކަ ނުދެއްކީމުސް.

    6
    7
  12. ތެދު

    ބަލަ އަސްލަމު ރާބޯވާހަކަ ބާއްވާ، ރާނުބޯ މެންބަރަކު ތިބުނާ މަޖިލީހުގައި މަދުވާނެ، މިރާއްޖޭގައިވެސް ނިސްބަތުން ރާބޯމީހުން ގިނަ، ރާނުބޮއި ނަމާދުކުރާ ދީންވެރި ޑރ މުއިއްޒުއަށް ވެސް ޔާމީނުގެ ޝަރީއަތް ލަސްވާތީ ކަންބޮޑުވެ ރަހުމު ހިތަށް ނުވަނަސް މަޖިލިސް ރައީސް އަސްލަމުގެ ހިތަށް އެ ރަހުމު ވަނީމާ އެމައްދަލަ ބައްލަވަން އުޅުމަކީ ރީތި ކަމެއް، އޭނާ ކާފަރަކަސް މަޖޫސީއަކަސް ކޮންމެމީހަކަސް އެވަރުވެސް މިދީންވެރި ސަރުކާރަށް ކޮއްލެވުނުތަ؟

    6
    7
    • ރާޅު

      އީކުއޭޓަ ވިލެޖަށް ރާ ގަންނަން އެތައް ބަޔަކު ރޯމާދުވާލުދޭ. އެކަމަކު އަސްލަމު ދިދައަކަށް މިފެންނަނީ. ރާބުއިން އެއީ އިސްލާމްދީނުގަ ހަރާމްކަމެއް. ތިބުނާ ރާ އެތެރެވަނީ ސަރުކާރުގެ މަތީ ފަޑީގެ އަދި ސިޔާސީ ރަންޑީން އަޑީގަ ތިބެގެން. އައްޑޫގެ ފަޅުގައި އެތިބޭ ލާންޗުފަހަރާއި ކުރޫސްލައިނާއިން ރާވިޔަފާރިކުރާކަމީ ސިއްރުންކުރާކަމެއް. އަސްލަމު ކޮންމެ ކަމެއްކުރިއަސް ޔާނުގެ ޝަރީއަތް ލަސްވާތީ ކޮންސާންވެގެން އުޅޭތީ ސަޅި. ޖޭއެސްސީގަތިބީ އަސްލަމްގެ މީހުން. ނިކަން ސްޕީޑު ބާރުކޮއްލާފައި ޝަރީއަތް އަވަސްކޮށް މިނިވަންވާނަމަ މިނިވަންކޮއްދީ.

      4
      2
  13. މެދުހެންވޭރު

    އަޅުގަނޑުމެން މިސަރުކާރު ގެނައީ ރައީސް ޔާމީނަށްވެސް އިންސާފުހޯދާ މިނިވަންކުރަން. އަދި އިބޫސޯލިހުގެ ސަރުކާރުން ހިންގާފައިވާ ބޮޑެތި ވައްކަމާއި ކޮރަޕްޝަނާއި ހިޔާނާތުގެ ބޮޑެތި ޖަރީމާތަށް ބަލާ އެކަންކުރި އެންމެން ޝަރީއަތަށް ހާޒިރުކޮށް އިންސާފު ގާއިމުކުރަން. އެކަމަކު ހުރިހިތާމައެއްގެ ބޮޑުކަމާ. އެއްކަމެއްވެސް މުއިއްޒު ނުކޮއްދިން. ޔާމީނުއަށްވެސް .އިންސާފެއްނުލިބުނު. ކުރީސަރުކާރުގެ މައްސަލަތަށްބެލުން އެއީ ސިޔާސީވުން ކަމުގައި މުއިއްޒު ބުނެފި.

    5
    1
  14. ޑީޖޭ

    ދެކުނަށް އެންމެ ރަނގަޅުވީ އަމަންޓޯ، އެކަމަކު ނާޒިލް ފަންޑުކޮއްގެން ވެޑިންގް ބެކްޑްރޮޕްވެސް ކުރިމަތިލީ ވޯޓުބައިބައިކުރަން. މިހާރު ވެޑިންބެކްޑްރޮޕް ސިޔާމުގެ ހަރަކާތްތަކުގައިވެސް އުޅެނީ ޖާސޫސްކުރަން ވާނުވާ ބަލަން އޭނާވެސް ވޯޓުދޭނީ ނާޒިލަށް. މަމިހެންބުނީމާ ނުބައިވާނީ މަ. އެކަމަކު މިއީ ކަންހިނގި އަދި ހިނގާގޮތް

  15. އޭނާ

    އިންތިހާބު ބޯމަތިވީމަ ސިމްޕަތީވޯޓްހޯދަން މަސައްކަތްފެށީދޯ. ކަލޭމެންއެނބުރިގޭސްގަނޑެއްނުންތީ މިހާރުކުއްލިއަކައް ޔާމީންއަށް މާހެޔޮއެދިގަނެގެން ތިއުޅުއްވަނީ ކޮންއެޖެންޑާއެއްގެދަށުންތޯ. ޔާމީންޝަރިއަތް އަވަސްކުރަންބޭނުންވިވަގުތު ތިބޭފުޅާކޮންރާއްޖެއެއްގަތޯ ހުންނެވީ ނޫނީހިންދުކޮޅެއްގަ ޖެހިވަޑައިގެންފަތޯހުންނެވީ. އަޖައިބުވެ އަންތަރީސްވާވަރުވޭ މީހުންގުނބޯހައްދަން އުޅޭގޮތުން.

  16. ޙަސަން

    ހަތަރުމަސްވެގެން ދިޔައިރު މަނިކުފާނަށް ކީއްވެތޯ ތިމައްސަލަ މަޖިލީހާ ޖޭއެސްސީއާ ތަންތަނަށް ހުށަނޭޅުއްވީ...

  17. ރައްދު

    މަޖިލީހު ރައީސް އާއި ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަނޭޅުމުގެ ސަބަބުން ރައްޔިތުންނަށް ގެއްލުން
    ތަކެއް ވެއްޖެއެވެ މަޖިލީހުގެ ވަސީލަތްތަކާއި ދައުލަތުން
    މުސާރަދޭ މެންބަރުންގެ ވަގު އަމިއްލަ މަސްލަހަތުގައި ބޭނުން ކުރެވިގެން ނުވާނެއެވެ. ޖޭއެސްސީ އަށް މައްސަލަ
    ހުށަހަޅަނީ ޔާމީނަށް އިންސާފް ހޯދައިދިނުމުގެ ނިޔަތުގައެއް ނޫނެވެ ބޭނުމަކީ ޔާމީންގެ ސަޕޯޓަރުންގެ ތާއީދު މޑޕއަށް
    ހޯދުމެވެ މަޖިލިސް އިންތިޚާބުގައި ވޯޓް އިތުރުކުރުމެވެ
    މިއީ ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން މޑޕ އިންގާ ޖަރީމާއެކެވެ.

  18. Anonymous

    މަޖިލީހުގެ ރައީސް ހައިޞިއްޔަތުން ޖޭއެސްސީގައި އިންނަވާ މެމްބަރެއް އަސްލަމަކީ ޔާމީންގެ މައްސަލަ ލަސްވާތީ ޖޭއެސްސީއަށް ހުށަހެޅި ވާހަކަ ދެއްކުމުން ބޮޑު ޖޯކަކަށްވަނީ. ތިމާމެންގެ ބާރު އޮވެގެން ލަސްކުރަމުން ލަސްކުރަމުން މިއަދާ ހަމަޔަަށްވެސް ތި އައީ. ހެޔޮނިޔަތުގައި އެއްކަމެއްވެސް ނުކުރާތި.

  19. Anonymous
  20. ހަނީ

    އަވަސްކުރޭ އެރުން ކާމިޔާބުވާނީ

  21. ވަގުންގެ ރާއްޖެ

    މިދިޔަ ސަރުކާރުން ބޭނުންވީ ޔާމީން ބަނދުގައި ބަހައްޓަން
    މިއަދުގެ ސަރުކާރުގެ ވެސް ބޭނުން ވަނީ ޔާމީން ޖަލަށް ލާން
    ބަލާބޮޑު ކަމުން

  22. މަހޭސް

    ބަނގުރާ އަސްލަމް ގެ ބަނގުރާ މައްސަލަ ހުށައަޅާބަލަ.