އެހެން ކެނޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން އަންނަގޮތަށް އެންޓި ކެމްޕެއިން ކުރާ މީހުންނާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ.

އީސީިއން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެހެން ކެނޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަތުވެދާނެފަދަ އެއްވެސް ކަމެއް ކޮށްގެންނުވާނެ ކަމަށާއި އެހެން ކެންޑިޑޭޓަކާ ބެހޭގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެން ވެސް ނުވާނެ ކަމަށް ބަޔާންކޮށްފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެންޓިކެމްޕެއިންގެ އަމަލުތައް ފެންނަމުންދާކަން ފާހަގަކުރެވިފައިވާ ކަަމަށް އިސީން ވިދާޅުވެފައި ވެއެވެ. އެގޮތުން ތާއީދު ހޯދުމަށް ބޭނުންވާ ޕޯސްޓަރުތަކާއި ބެނާތަކުގައި ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަށް އުނިކަން ލިބޭގޮތަށް މެސެޖެއް ދައުރުކުރަންދާކަން ފާހަގަކުރެވިފައިވާ ކަމަށް އީސީން ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި އެެހެން ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް އުނިކަން އަދުވެދާނެފަދަ އެއްވެސްކަމެއް ނުކުރުމަށާއި އިންތިހާބާ ބެހޭ އާންމު ގަވައިދުގެ 19 ވަނަ މާއްދާގައި ބަޔާންކުރާ ސުލޫކީ މިންގަނޑަށް ތަބާވުމަށް ހުރިހާ ކެންޑީޑޭޓުންނަށް އިލްތިމާސްކުރާ ކަމަށް އީސީން ބުނެފައިވެއެވެ.

އަދި އެފަދަ އަމަލުތައް ކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް އިސީން ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޒާ

    ތިހެންވިއްޔާ މަޖީދީމަގުގައި ދަމާފައި އެހެރަ ފޮތިގަނޑުތައް ނަގާ. ފާޅުގައި އެހެރީ އެންޓި ކެމްޕެއިން ސިޢާރުތައް ލިޔެފައި.

  2. އަޖައިބު

    ރިޝްވަތު ދީގެން ވޯޓުގަނެ ވިއްކުން އެއީ މައްސަލައެއް ނޫން ދޯ؟

  3. ލލ

    ވިޔަފާރިޔަކީ ދެފަރާތް އެއްބަސްވެ އިސްލާމް ދީނުގެ އުސޫލުތަކުން ކުރެވޭ ކަމެއް، އެހެންކަމުން މީހަކު އަތުގަ އޮތް ހައްގެއް އެހެން މީހަކަށް ވިއްކުމަކީ ގާނޫނީ މައްސަލައެއްނޫން. އެހެއްނަމަވެސް ސިޔާސީ މީހާ އައިސްސަ ތިމާބުނާ މީހަކަށް ވޯޓް ދޭށޭ ބުނެފަ އަދި ލާރި ދޭނަމޭ ބުެނފިއްޔާމު އެއީ މައްސަލައެއް...

  4. ސަރަފަކައްދަ

    މަނިކުފާނޫ ! ހަމައިގަތޯ ތި ހުރީ! ހަމަ އަހާލެވުނީ!