ރ. އަލިފުށީގެ މަގުތަކުގައި ތާރު އަޅަން ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

އަލިފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އަލިފުށި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރެވެ.

90 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 3.8 ކިލޯ މީޓަރުގެ މަގުތަކުގައި ތާރު އަޅާއިރު، މަގުތަކުގައި ފެން ހިންދުމުގެ ނިޒާމް ގާއިމް ކުރުމާއި މަގުބައްތި ޖެހުން ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމަން އެ ކުންފުންޏަަށް ދީފައި ވަނީ 540 ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒެޑޭ

    ބުނަން ކުދީންނޭ . އަވަހަށް ތިރަށު ކޮންމެ ގެއެއްގަ އެއާކޮންޑިޝަން ހަރުކުރޭ . ހޫނުމިން 40 އަށްވުރެ މައްްޗަށްދާނެ . ހުޅުމާލެ އާއި މާލޭގައި މިހާރު 46 އަރާ ތި ތާރެެއް ދެތިން މަގެއްގައި އެޅީތީ . ރަށުގެ ބިންގަނޑަށް ފެންވެސް ނުހިނދޭނެ . ގަސްތައް މަރުވެ ބިމުގެ ފެން ލޮނުވީތި

    • ހުސްނު

      ނޯޓް ކޮށްލާނަން