ކޮރަޕްޝަނާއި ގުޅޭ ސައިންޓިފިކް ދިރާސާއެއް ކޮށްދޭނެ ބަޔަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހޯދަން ފަށައިފިއެވެ.

އޭސީސީން ގެޒެޓްގައި ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނަށް ސައިންޓިފިކް ދިރާސާއެއް ކޮށްދޭނެ ފަރާތެއް ހޯދަމުންދާ ކަމަށެވެ. އެ ދިރާސާގެ ނަމަކީ ޕްރިޑިކްޓިވް މޮޑެލް އޮފް ކޮރަޕްޝަން އިން ދަ މޯލްޑިވްސް: 'ބީހޭވަރަލް އިންޑިކޭޓާސް އެންޑް އެތިކަލް ޕަސްޕެކްޓިވް'އެވެ.

އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވާ ހޯމަ ދުވަހުގެ 10:00 އަށް އެ ކޮމިޝަނަށް ގޮސް، ޕްރޮޕޯޒަލް ހުށަހެޅުމަށް އޭސީސީން އެދިފައިވެއެވެ.

އެ ބީލަމާ ގުޅޭ ޓާމްސް އޮފް ރިފަރެންސް (ޓީއޯއާރު) އެ އިއުލާނާ އެއްހީރާސްކޮށްފައިވެއެވެ. އޭސީސީން ބުނީ އަންދާސީހިސާބު ހުށަހަޅާނީ ޓީއޯއާރުގައި ވާގޮތަށް ކަމަށެވެ.

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް އިންތިހާބުތަކާއި ދިމާކޮށް ކޮރަޕްޝަންގެ މައްސަލަތައް ވަރަށް ގިނައިން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަންޑިކުޑަ

    ތި ކަމުގައި ދިރާސާ އެއް ހަދަން ބޭނުން ވެދާނެ ޗައިނާ ކުދިން ކޮލެއް!

    1
    1
  2. މޫސަބޭ

    ކޮންމެވެސް ޔަހޫދީއަކާ ތިކަން ވެސް ޙަވާލު ކޮށްލައްވާ!
    ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ލިޔަން ހަވާލުކުރީ އެމެރިކާގެ މެޑްލިން އޯލްބްރައިޓް ގެ ކުންފުންޏަކާ ކަމުގާ ބުނާތީ ވެސް އަޑު އެހިން

  3. ބެޑްމިންޓަން

    ދިރާސާ ހަދަން އިހަށް ބަހައްޓަވާ!
    ހުށަހެޅިފައި ހުރި މައްސަލަތަކުގެ ތަހުގީގުތައް ނިންމަވައި ދެއްވާ

    ބެޑްމިންޓަން އެސޯސިއޭޝަން ޕެރެލައިޒް ވެފައި، ސަބަބަކަށް ދައްކަނީ އޭސީސީގެ ތަހުގީގު.

  4. ޚިޔާލު2

    ކޮރަޕްޝަން/ރިޝްވަތުގެ ދިރާސާ ރިޕޯޓެއް ފައިސާދީގެން ކުރާނެކަމެއްނެތް މިއޮތީ އެ ރިޕޯޓް
    1 ޢަދުލުވެރި ނުވެވުން (ޚާއްސަކޮށްވެރިން)
    2 އިޚްލާސްތެރިކަން ނެތުން
    3 ވަލުއީ ގާނޫން ފޫނެތުން
    4 ފުރިހަމަ މުސްލިމަކުކަމުގައި ނުވުން
    5 ދޮގުހެދުން ޢާންމުވުން
    6 އަދި.އެހެނިހެންވެސް
    މިކަން ހައްލު ހޯދޭނެ ގޮތްގޮތްވެސް އެބަހުރި.
    ސައިންޓިފް ދިރާސާއިންވެސް ފެންނާނީ މިކަންކަން.

  5. ކަޅު ހުއްތު

    ތިކަންކުރަން މާދުރަކައް ދާކައްނުޖެހެ، ކިނބޫ ސޯލިހު، ސާހިދު، ފައްޔާޒް، އަމީރު، ރިއްފަތު، ފެނަކަ ސައީދު، މޫކޭ، ތިކަމައް ވަރައްފަރިތަވާނެ

  6. ދަތްނެތްކުއްޖާ

    އިނބަމެން ތިކަމަށް ނާޤާބިލު ކަމަށް ވަންޏާމު ތި މަޤާމު ގައި ބަގުނޑި ނުބައްދާ އިސްތިޢުފާ ދިނީމަ ދޯ ރައްޔިތުންނަށް ތި މަޤާމު ތަކަށް ތަސަރައްފު ފުދޭ ބަޔަކު ލެވޭނީ!

  7. Anonymous

    ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން މިވަނީ މިރާއްޖޭގައި އަދުލި އިންސާފު ޤާއިމްވިޔެނާ ނުދޭންވެގެން ޖޭއެސްސީ ކިޔާތަނެއް ހަދައިގެން އެތަނަށް ސިޔާސީ ޗޯރުންވަދެ މުޅި ޖުޑިޝަރީ ސިޔާސީ ޖަގަހަޔަކަށް ހަދާފައި، މިމީހުން ބޭނުން މީހެއްގެ މައްޗަށް ހުކުމް ކުރެވޭގޮތަށް ، ސިޔާސީ ބޮޑު ޕާޓީން ހުކުމް ކުރާ ގޮތަށް މިއޮތީ ޖުޑިޝަރީ ބައްޓަން ވެފައި ، މިކަން ބަދަލްވާން އެބަޖެހޭ !