މިރޭވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން މ. އަތޮޅާއި ހަމައަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓްއިން ހުދު ސަމާލު ނެރިފައިވަނީ މިރޭ 19:30 އިން ދަންވަރު 1:30 އަށެވެ.

ސަމާލުގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހުމާއެކި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިރެއިން ފެށިގެން މާދަމާ ހެނދުނު 6:00 އަށް މޫސުން ލަފާކުރާގޮތަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

ދެކުމުގެ އަތޮލުތަކަށް އިރުދެކުނާއި ދެކުނުން ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް އިރާއި އިރިދެކުނުން ގަޑިއަކު ތިން މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓްއިން ލަފާކޮށްފައިވެއެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް ވެސް މެޓް އިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު