ހދ. ކުޅުދުއްފުށިން ކަރަންޓު ކެނޑުނު މައްސަލައިގައި އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފެނަކައިން ބުނެފިއެވެ.

ކުޅުދުއްފުށި ސިޓީގެ ތިން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ސިިޓީން ވަނީ ކަރަންޓު ކެނޑިފައެވެ. އެ ސިޓީގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދާފައިވާ ކަމަށް ފެނަކައިން ބުނެފައިވާއިރު، އެ ސިޓީގައި ބައެއް ހިސާބުތަކުގައި ކަރަންޓެއް ނެތެވެ. އެރަށު ބައެއް ހިސާބުތަކުގައި ކަރަންޓް ހުރިއިރު، ދޭތެރެ ދޭތެރެއިން ދަނީ ކަރަންޓް ކެނޑެމުންނެވެ.

މިހާރު އެ މައްސަލަ ވަނީ ހައްލު ކޮށްފައެވެ. އެ މައްސަލަ ހައްލު ކޮށްފައި ވަނީ ސްޓެލްކޯ އާއި ފެނަކަގެ ޓީމުން ކުރި މަސައްކަތުންނެވެ.

ފެނަކައިން މިރޭ ބުނީ މިއަދު ދިމާވި މައްސަލައާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

10،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުއްޓަކީ އުތުރުގައި ސިޓީއެއްގެ ދަރަޖަ ދީފައިވާ ހަމައެކަނި ރަށެވެ.

ކިޔުންތެރިންގެ ހިޔާލު