އައްޑޫ ހިތަދޫ ޕޯޓު އިތުރަށް ތަރައްގީކުރުމާއި ގުޅޭ ގޮތުން ބޭރު ކުންފުންޏަކާއެކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިއްޔެ ބޭއްވި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯގެ އިތުރުން ހިތަދޫ ޕޯޓު ލިމިޓެޑްގެ އެމްޑީ މުހައްމަދު ވަޖީހު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްވަރާއާ ގުޅޭ އިތުރު މައުލޫމާތު އެމްޕީއެލުން ހާމައެއް ނުކުރެއެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ޕޯޓުގެ ހިދުމަތް ފޯރުކޮށްދީ ދެކުނުގެ އިގްތިސާދީ ހަރަކާތްތަކަށް އިތުރު ކުރިއެރުންތަކެއް ހޯދެން އޮތީ ހިތަދޫ ޕޯޓް ތަރައްގީކޮށްގެން ކަމަށް އެމްޕީއެލުން ބުނެއެވެ.

ނމިދިޔަ އެމްޑީޕީ ސަރުކާރުންވެސް ހިތަދޫ ޕޯޓު ތަރައްގީކުރުމުގެ މަޝްރޫއެއް އެމްޓީސީސީއާ ގުޅިގެން ހިންގިކަމަށް އިދިކޮޅުން ބުނަމުން ދިޔަ ނަމަވެސް މި މަސައްކަތް ކުރިޔަށް ނުދާކަން ފާހަގަކުރެވެއެވެ. ހިތަދޫ ޕޯޓު ތަރައްގީކޮށް ބޮޑުކުރުމުން އެންމެ ބޮޑެތި ބޯޓުފަހަރަށްވެސް އެ ޕޯޓުން ހިދުމަތް ދެވޭނެ ކަމަށް އެމްޕީއެލުން ބުނެއެވެ.

2009 ވަނަ އަހަރު އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ލޯނު އެހީގައި ބަނދަރު ތަރައްގީކޮށް އުފެއްދި "ހިތަދޫ ޕޯޓްސް ލިމިޓެޑް" އަކީ މާލެ ފިޔަވައި ރާއްޖޭގައި އޮޕަރޭޓް ކުރާ ތިން ވިޔަފާރި ބަނދަރުގެ ތެރޭގައި ހިމެނޭ އެއް ބަނދަރެވެ. އެހެންނަމަވެސް ނިމިދިޔަ ސަރުކާރުން އެ ޕޯޓުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާފައި ނުވާކަން އެކުންފުނީ އަހަރީ ރިޕޯތްތަކުން ދައްކައެވެ.

ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ހިތަދޫ ޕޯޓު އަލުން ތަރައްގީކޮށް އެ ކުންފުނި ފައިދާ ލިބޭ ކުންފުންޏަކަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުޙައްމަދު

    ނިމިދިޔަ ވަގު ޗޯރު ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް އެޗްޕީއެލް ތަރައްގީ ކުރި. އެކަން ފެންނަން ހުންނާނެ އެއްގަމު ފަރާތު ސިކިއުރިޓީ ޕޯސްޓް ކައިރީ ހުރި ބޯޑަކުން. ތަރައްގީ މެކުހަށް އެއިރު ހުރީ. ދުވަސްކޮޅަކަށް ބޯޑްވެސް ދިއްލާފަ ހުރި.