ބާވެފައި ހުރި މުސްހަފްތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ފަދަ ދީނީ ފޮތްތަކާއި ލިޔުންތައް ނައްތައިލަން ބޭނުންވާ ނަމަ މާލެ ސިޓީ ކައުންސިލުން އެތަކެތި ބަލައި ގަންނަން ނިންމައިފިއެވެ.

މީގެކުރިންވެސް މާލެ ސިޓީ ކައުންސިލުން ވަނީ ދީނީ ލިޔުންތަކާއި އާޔަތްތައް އަދި ބާ މުސްހަފުތައް ނައްތާލުމުގައި އެހީތެރިކަން ފޯރުކޮށްދީ އެތަކެތި ބަލއިގެންފައެވެ. މިއީ އަހަރަކު ދެފަހަރު އެ ކައުންސިލުން ކުރިޔަށް ގެންދާން ނިންމާފައިވާ ޕްރޮގްރާމެކެވެ.

އެ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ ފުރަތަމަ ޕްރޮގްރާމްގެ ތެރެއިން ބާ މުސްހަފުތަކާއި ދީނީ ފޮތްތައް ބަލައި ގަންނަން ހަމަޖެހިފައި ވަނީ މި މަހުގެ 27 އިން ފެށިގެން އަންނަ މަހުގެ 2 އާ ހަމައަށް ކަމަށެވެ.

މި ތަކެތި ބަލައި ގަންނާނީ އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ކައުންސިލްގެ އާންމު ހިދުމަތްތަކާ ބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަނާއި ހުޅުމާލެ ސެކްޝަންގައި ކަމަށް ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާވިލް

    ވަރަށް ބޭނުންތެރި ޚިދުމަތެއް.

    17
  2. ފުއުސީ

    ހުއްޓާނުލާ ދެއްވުން ރަނގަޅު ޚިދުމަތެއް މީ. ބާ ޚަތިމުތައް ރައްކާތެރިކަމާއެކު ނައްތާލުން