އދ. މާފަރުފަޅު، އދ. މަހިބަދޫގެ ބައެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު ނެރުއްވި ގަރާރެއްގައި ވަނީ ރާއޖޭގެ މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމުގެ ގަވައިދަށް ގެނައި އިސްލާހުގެ ދަށުން މާފަރުފަޅު މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައަޅަން ނިންމަވާފައިވާ ކަމަށެވެ.

މިގަރާރާއެކު ރައްޔިތުންގެ މަޖިލިހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އޭނާގެ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވީ މަހިބަދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެދަތިކަމަށް ދާއިމީ ހައްލެއް ގެނެސްދެއްވުމުގެ ރިޔާސީ ވައުދުގެ ތެރެއިން، މާފަރުފަޅު، މަހިބަދޫގެ ބައެއްގެ ގޮތުގައި ކަނޑައެޅުއްވުމަކީ މަހިބަދޫގެ ތާރީހުގައި ރައީސް މުއިއްޒުގެ ނަންފުޅު ތާއަބަދަށް ފަވާލެވިގެން ދާނެ ކަމެއް ކަމަށެވެ.

​ކުރިއަށް އޮތް އެތައް ޖީލެއްގެ އުއްމީދާ ގުޅިފައިވާ މާފަރުފަޅުގެ ސަބަބުން އިގުތިސާދީ މަސައްކަތްތަކާއި ބޯހިޔާވަހިކަމާއި ސިނާއީ އެތައް މަސައްކަތްތަކެއްގެ ކުރިއަރައިގެން ދާނެކަން ޔަގީން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާފަރުފަޅު މަހިބަދޫ ބައެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާއިރު، ރައީސް މުއިއްޒު ވަނީ ނ. މާފަރުގެ ބައެއްގެ ގޮތުގައި އެ އަތޮޅު "ފަރުމުލި" އާއި "ކަންޑިންމަހުރާ" ވަނީ ހަމަޖައްސަވައި، އެކަމާ ގުޅޭ ގަރާރު ވެސް ނެރުއްވައިފައެވެ.

މީގެ އިތުރުން އއ. "ވެލިދޫދިއްގާ" ފަޅަކީ އެ އަތޮޅު ބޮޑުފޮޅުދޫ ބައެއްގެ ގޮތުގައި ވެސް ރައީސް ވަނީ ހަމަޖައްސަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ވޯޓުލާން ހަފްތާއަކަށް ވީމާ ވަރަށް ކަންތައް ފެނޭ އެބަ.
    ވޭތުވެ ދިޔަ 10 އަހަރުވެސް ހަމަ އޭނަ މަޖިލީހުގައި ހުރީ. ދެން ވޯޓުލާން ދެތިން ދުވަހަށް ވީމާ ކެމްޕޭނު ބޮއެއްް އަޅައި، ކެމްޕޭން ލޮރީތަކާއި ހައިމާކުތައް ޕިކްނިކް އައިލެންޑު ހަދަން ގެނައީމާ މި ވާގޮތް މިދާއިރާގެ ރައްޔިތުންނަށް ވަރަށް ސާފު.

    3
    1