ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެންމެ ބޯކޮށް ވާރޭވެހުނީ ހއ. ކެލާއަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވިދާޅުވެއްޖެއެވެ

މެޓް އިން ވަނީ އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް ވާރޭވެހިފައިވާ އަދަދުތަކުގެ ތަފާސްހިސާބުތައް އާންމުކޮށްފައެވެ.

އެ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހިފައިވަނީ ކެލާއަށެެވެ. ކެލާއަށް 53.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަނީ އއ. ތޮއްޑޫއަށެވެ. ތިން ވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނީ ނ. މާފަރަށެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނު ސަރަހައްދުތައް

  • ހއ. ކެލާ - 53.3 މިލިމީޓަރު
  • ނ. މާފަރު - 46.0 މިލިމީޓަރު
  • ބ. ގޮއިދޫ - 39.3 މިލިމީޓަރު
  • ކ. ދިއްފުށި - 21.7 މިލިމީޓަރު
  • އއ. ތޮއްޑޫ - 48.9 މިލިމީޓަރު
  • އއ. ހިމަންދޫ - 22.1 މިލި މީޓަރު

ފާއިތުވެދިޔަ 24 ގަޑިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި ވަރަށް ބޮޑަށް ގުގުރާފައިވާއިރު، ބައެއް ރަށްތަކުގައި ފެންބޮޑުވެފައިވެސް ވެއެވެ.

މިއަދުގެ މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކާށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ބޮޑުމިނުގައި 200 ހެކްޓަރު ހުންނަ ކެލާއަކީ ޤުދުރަތީ ގޮތުންވެސް މުއްސަނދި ބިމެއް.

  2. ޙަބީބާ

    ޢެހެންކަމުން އިނާމާ ހަވާލުވުމަށް ކެލާގެ ކޮންމެވެސް ބޭފުޅަކު ސްޓޭޖަށް ވަޑައިގަތުމަށް ދަންނަވަން

    • ޙަބީބު

      އަޅުގަނޑަށް އިނާމް ދެއްވި ހަބީބާއްތަ އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ... ތެންކިޔޫ ހަބީބާއްތާ...