އަންނަ ހަފްތާ އާދީއްތަ ދުވަހު އޮންނަ މަޖިލީސް އިންތިހާބުގައި ވޯޓު ދެއްވަންވީ ތަރައްގީއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީ ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަަވަމުން ރައީސް ވިދާޅުވީ، ރައްޔިތުން މަޖިލީސް އިންތިހާބުގެ ވޯޓުލާން ވީ ދުވަސް ވަރަށް ކުޑަތަންވެފައިވާއިރު، ވޯޓުލާ ދިވަހު އަވަސްވެގަންނަންވީ ތަރައްގީއަށް ވޯޓު ދިނުމަށް ނުކުމަވަޑައިގަތުމަށް ކަމަށެވެ.

"21 ވަނަ ދުވަހު އަޅުގަނޑުމެން ހެނދުނު ހެނދުނާ އަވަސްވެގަންނަންވީ ތަރައްގީއަށް ވޯޓު ދިނުމަށް ނުކުމަވަޑައިގަތުމަށް، ގައުމުގެ ހަމަޖެހުމަށް ވޯޓު ދިނުމަށް ބާރު ލާފައި އެންމެން ނުކުމެވަޑައިގަތުމަަށް، މި ގައުމުގެ މިނިވަންކަމާއި މި ގައުމުގެ ސިޔާދަތާއި އަމަންްމާންކަމުގެ ރައްކާތެރިކަަމަށް ވޯޓު ދެއްވުމަށް އެންމެން އެކުވެރިކަމާއި އެކީ ގައުމީ ރޫހެއްގައި ނުކުމެވަޑައިގަތުމަށް،". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި ކަންކަން ހާސިލްވާން އޮތީ ބުއްދީގެ ބޭނުންކޮށް، ވަކިއަތަކަށް ނުޖެހި، ތައައްސުބުން އެއްކިބާވެ ހުރެ މިނިވަންކަމާއި އިންސާފުވެރިކަމާއި، ސަރުކާރަށް ތާއިދުކުރާ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެން އެކަނި ކަމަށެވެ. އަދި ކުރިމަތިން ފެންނަން ހުރި ކަންކަމަށް ބަލާއިރު، މިހާރު އޮތް މަޖިލީހުގެ ތެރެއިން ފެންނަމުންދާ ހަގީގަތްތަކަށް ބަލާއިރު، މި ނޫން އިތުރު އެއްވެސް ޖަވާބެއް ނާންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފިކުރަކީ ތަރައްގީގެ ފިކުރު، އަޅުގަނޑުމެން ބޭނުންވަނީ މުޅި ރާއްޖޭގެ ތަރައްގީ ޔަގީންކޮށްދޭން، މި މާލެ ސިޓީގެ ރައްޔިތުންނަށް ނުވެފައި ހުރި މި މުހިންމު މައިގަނޑު ކަންތައްތައް ގެދޮރުވެރިކަމުން ގޮސް އެންމެ ކުދި ކަންކަމާއި ހަމައަށް ތަރައްގީ ޔަގީންކޮށްދޭން،". ރައީސް ވިދާޅުވިއެވެ.

ރައީސް ބައިވެރިވެވަޑައިގެންނެވި ޕީޕީއެމް/ޕީއެންސީ ގަލޮޅު ދެކުނު ދާއިރާގެ ކެންޑިޑޭޓްގެ ކެމްޕެއިން ޖަގަހަ ހުޅުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

އެމަނިކުފާނު ވިދާޅުވީ، މި ތަރައްގީ ޔަގީން ކުރުމަށްޓަކައި މިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ދެއްވި ކަަމަށެވެ. މާލެ އާއި މުޅި ރާއްޖޭގެ ރައްޔިިތުންނަށް އެންމެ ބޭނުންވާ ކަންކަމަކީ ގެދޮވެރިކަން ކަމަށް ވާއިރު، ގައުމީ މިނިވަންކަމުގެ ކަންކަމަށް ފަހު ދެން އެންމެ ފުރަތަމަ ވައުދަކަށްވެސް ވެވަޑައިގެންނީ ގެދޮރުވެރިކަމުގެ ކަންކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ވައުދު ނުފުއްދޭނެ މިކަމަށް ހުރަސް އަޅާނެ ބަޔަކު ރައްޔިތުންގެ ތެރޭގައި ރެއާ ދުވާލު، ސަރުކާރާއި ދެކޮޅަށް ވަކި އެޖެންޑާަތަކެއް ކުރިއަށް ލައިގެން ކުރިއަށްދާނެ ބަޔަކު އިހްތިޔާރުކޮށްފިއްޔާ،".

އޭގެ ބަދަލުގައި މި މުހިންމު ހައްސާސް މައްސަލަ ބާރު ސްޕީޑްގައި ގެންގޮސް، އެމަނިކުފާނު ވައުުވެވަޑައިގެންނެވި ގޮތަށް މި ފަސް އަހަރު ގެދޮރުވެރިކަން ޔަގީންކަން، ހާސިލް =ކުރެވޭނީ ވިސްނުމާއި އެއްގޮތަށް އެއްބާރުލުން ދޭނެ ބަޔަކު ހިޔާރު ކޮށްގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން ބިލެއް ހުށަހަޅާއިރަށް ބޭރުކޮށްލާ، ސަރުކާރުން ގެދޮރުވެރިކަމުގެ މަޝްރޫއެެއް ހިންގަން ވެގެން ބޭރުގެ އެހީއެއް ހޯދަން ހުއްދައަށް އަހާލާއިރުގައި އެކަން އެޖެންޑާ ނުކޮށްދީ، އެކަން ދުވަހެއް ބޭކާރުކޮށްލާ، މަޖިލީހުން އެކަން އެތައް ގޮތްގޮތުން އުނދަގޫކޮށް، ރައްޔިތުން އެކަން ކުރުމުގެ ފުރުސަތު ދިނުން، މިފަދަ ކަންކަމަށް މި މަޖިލީސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް އަޅުގަނޑަކަށް ގައިމުވެސް ނުވިސްނޭ.". ރައީސް ވިދާޅުވިއެވެ.

އަދި އެގޮތަށް މަޖިލީސް ދޫކޮށްލަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަގުންގެ ރާއްޖެ

    ނެތް ފައިސާ އަށް ގައުމު ބިނާކުރާނަމޭ ކިޔާފަ ދޮގު ވިއްކަނީ.....
    3 ބާރު އޮންނަ ޖެހެނީ ވަކިން ކަމަށް ހުރިހާ އިރެއް ގައިވެސް މިކިޔަނީ
    ސަރުކާރުން ކަމެއް ކުރާނީ ޖަވާބު ދާރީވާން ޖެހޭ މަޖިލީހެއް އޮވެގެން...

  2. އަހުމަދު ނަސީރު

    އިބޫ ތިޔައީ ހަމަ ހަގީގަތުގައުވެސް މީހުންނައް ވ ހިންހެޔޮ ގުޅޭ މީހެއް . ޢިބޫ އިރާދުކުރެއްވިއްޔާ ބޮޑު ތަފާތުން ހޮވޭނެ . ޢަހަރެން ދުވާ ކުރާނަން

  3. ސަރީ

    ތަރައްގީގެ ނަމުގައި ކަރަޕްޝަންއަށް އަދި އޮޅުވާލުންތަކަށް ވޯޓެއް ނުދެވޭނެ.

  4. ބަންކަރުފަރު

    3 ބާރު ވަކިކުރެވިފައިވާ ނިޒާމެއްގައި ސަރުކާރު ކެންޑިޑޭޓުން މަޖިލީހަށް ހުވާދޭށޭ ރައީސް ވިދާޅުވުމަކީ ބާރުތައް އެއްކޮށްލުމަށް ކުރެވޭ މަސައްކަތެއް. އެއީ ރިޔާސީ ނިޒާމާ ޚިލާފު ކަމެއް. ޚުދުމުޚުތާރު ކަމެއް.

  5. ދެފުށް

    ވޯޓް ދެއްވަންވީ ތަރައްޤީއަށް ! ވޯޓް ގާތް ވާވަރަކަށް ފަނިފަކްސާތަށް މަނިކްފާނުގެ ފައިވާންޕުޅުން އިސްތަށިފުޅަށް ވަދެއްޖެ! ހުރިހާ ސަރުކާރެއްގައިވެސް ހިހޫތަނުން ކާލައިގެން އުޅުއްވާ އެކި ކުޅި ކުޅީގެ ޑީގްރޭޑްގެ މުނާފިގު ބައިގަނޑެއް ކެމެރާގެ ކުރިމަތީން ވޯޓުގެ ވަގުތު ޖެހޭއިރު ފެންނަންފަށަނީ! ހަރުދަނާ ތަޢުލީމީބޭފުޅުންގެ ހަނދާންނެތި ލާހޫރޭ އިން މޫނުމަތީގައި ތިއްބަވަނީ! އާޚިރުގައި މަނިކްފާނުގެ ތަރައްޤީ ހުންނާނީ ފިރުކޭފުރާގައި!