ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކަރަންޓުގެ ހިދުމަތް އެންމެ ނާޒުކު ހާލަތުގައި އޮތް ރަށްތައް ބަލައި ހަތް ރަށެއްގެ ކަރަންޓު ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ޖަނަރޭޓަރުތައް ފޮނުވުމުގެ މަސައްކަތް ފެނަކައިން ފަށައިފިއެވެ.
މި ޖަނަރޭޓަރުތައް ފޮނުވަން ނިންމާފައިވަނީ ށ، ނ، ރ، އަދި ބ.އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން ބ.ކިހާދޫ، ށ.މަރޮށި، އަދި ނ.ހެނބަދޫއަށް ފޮނުވަން ނިންމަވާފައިވަނީ 250 ކިލޯވޮޓްގެ ޖަނަރޭޓަރެވެ. ނ. މާފަރު، ބ. މާޅޮސް، އަދި ރ. މާކުރަތަށް ފޮނުވަން ނިންމަވާފައިވަނީ 400 ކިލޯވޮޓްގެ ޖަނަރޭޓަރެވެ. އަދި ރ. އަލިފުއްޓަށް ފޮނުވަން ހަމަޖެހިފައިވަނީ 600 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ.
ކަރަންޓުގެ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ގެނެވުނު ޖެންސެޓުތައް ކަސްޓަމުން ކްލިޔަރކޮށް ރަށްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފި.
ބ. ކިހާދޫ 250 ކވ
ނ. މާފަރު 400 ކވ
ބ. މާޅޮސް 400 ކވ
ރ. މާކުރަތު 400 ކވ
ނ. ހެނބަދޫ 250 ކވ
ރ. އަލިފުށި 600 ކވ
ށ. މަރޮށި 250 ކވ#TeamFenaka pic.twitter.com/bZM2WFrUT5— Fenaka Corporation Ltd (@TeamFenaka) April 17, 2024
ފެނަކަ ކޯޕަރޭޝަނުން ބުނީ، މި ޖަނަރޭޓަރުތައް ފޮނުވުމުގައި، ފެނަކަ ކޯޕަރޭޝަނުން އިސްކަންދެނީ، ކަރަންޓު އެންމެ ނާޒުކު ހާލަތުގައި ހުރި ރަށްތަކަށް ކަމަށާއި މިއީ އަލަށް ގެނެވުނު ޖަނަރޭޓަރުތަކެއް ކަމަށެވެ.
މި ޖަނަރޭޓަރުތައް އިންސްޓޯލްކުރުމުން އެ ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ފެނަކަ އިން ބުނެއެވެ. އަދި މިފަހަކަށް އައިސް ބައެއް ރަށްރަށުގެ ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވަނީ އިންޖީނުތައް މަރާމާތުނުކޮށް ގިނަ ދުވަސްވެގެންކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ރަށްރަށަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރު ސެޓުތަކާއި ޖެނެރޭޓަރުތަކުގެ މެއިންޓެނަންސްގެ ކަންކަން ކުރީ ސަރުކާރުން އެންމެ އެދެވޭ ގޮތެއްގައި ބަލަހައްޓާފައި ނުވުމުން އޭގެ ސަބަބުން ޖަނަރޭޓަރު ސެޓުތައް މިހާރު ތިބީ ބަދަލު ކުރަން ޖެހޭ ހާލަތުގައި ފެނަކަ އިން ކުރިން ވަނީ ބުނެފައެވެ.
ތިޔަ ތަކެތިބެސް ދުވަސްކޮޅެއް ވާއިރު ހުންނާނީ ހަލާކު ކޮށްލާފަ.
މިހެން މިބުނީ ފެނަކައަށް ވަޒީފާއަށް ލަނީ ނާގްބިލް މީހުން.