އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލުގެ ޖަނާޒާއަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ޝާހިދު ޝުކުރު އަދާ ކުރައްވައިފިއެވެ.

ބައްޕަގެ ޖަނާޒާއަށްފަހު ޝާހިދު ވިދާޅުވީ، އާއިލާއަށް ދިމާވި ނުހަނު ހިތްދަތި ދަނޑިވަޅުގައި ރައީސް ޑރ. މުއިއްޒުގެ އިރުޝާދުގެ މަތިން ބައްޕަގެ ޖަނާޒާގެ ކަންކަން ފުރިހަމަ ކުރުމުގައި ސަރުކާރުގެ އިދާރާތަކުން ކުރެއްވި އިންތިޒާމުތަކަށްވެސް ޝުކުރު ދަންނަވާ ކަމަށެވެ.

ޝާހިދުގެ ބައްޕަގެ ޖަނާޒާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ޖަމީލް އަވަހާރަވިއިރު، އަނބިކަނބަލުން މައުމޫނާ ވަޖީހުގެ ކައިވެންޏަށް ފަސް ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ޝާހިދުގެ އިތުރުން އެންމެ ދޮއްޓަށް ހުންނެވި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. އެންމެ ހަގަށް ލިބިވަޑައިގަތީ ފާތުމަތު ޝާހިދާ އާއި އާމިނަތު ޝާހިދާއެވެ.

މި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވީ އަބްދުﷲ ޝާހިދާއި މުހައްމަދު ޝާހިދާއި އަހުމަދު ޝާހިދެވެ. ވ. އަތޮޅު ކެޔޮދޫއަށް ކުރި ދަތުރުގެއްގެ ތެރޭގައި މޫދަށް ގެނބިގެން 1980 ވަނަ އަހަރު ފާތުމަތު ޝާހިދާއި އައިމިނަތު ޝާހިދު ވަނީ ދުނިޔެ ދޫކުރައްވައިފައެވެ.

ޝާހިދުގެ ބައްޕަގެ ޖަނާޒާގެ ތެރެއިން - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ކުރީގެ އުއްތަމަފަނޑިޔާރު، އަދި މަޝްހޫރު އަދީބު ޝައިޚު މުހައްމަދު ޖަމީލް ދީދީ އަކީ، ޝެއިޚް މޫސާ ޖަމީލްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ. ޝައިޚު ޖަމީލު ދީދީ ފަނޑިޔާރު މަނިކުފާނަކަށް ހުންނެވިއިރު، މޫސާ ޖަމީލު ވެސް ފަނޑިޔާރުކަން ކުރެއްވި އެވެ. ނަމަވެސް، ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ މީހުންނަށް އުނގަންނައި ދެއްވުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަނައްތޭ

    ތަފާތު ފެނޭ ދޯ. ގައިމު ނިމިދިޔަ ވެރިކަމުގަ، މި ގައުމުގެ ރައީސްކަން ކޮށްފަ ހުރި މީހެއްގެ މަންމާފުޅު ނިޔާވި. އޭރު ވެރިކަމުގަ ހުރި މީހާއަށް ހީ ނުވޭ ތަށަށް ކިޔަނީ މަރިޔަނބުހޭ ވެސް

    10
  2. ޙެހެހ

    ކޮބާ މިތާ ޑރ.ރައީސް

    1
    2
  3. ދޮންބަންޑާރަ

    ތިކަމާ ފައްޔާޒުމެން ވަރަށް ނައްޓާނެ. އައިޑެންޓިޓީ މައްސަލަ ޖެހޭތީ

  4. ބޮޑުތިލަދުންމަތި

    ބަލަވާ ތަފާތުވާނެ ކުޑައިރުވެސް ވަރައްމީހުނަން އިހުތިރާމު ކުރައްވާ ކުޑަކުއްޗެއް މިހާރުވެސް ބޮޑުވިޔަސް ހަމައެކުއްޖާ ވާނީ އެކުއްޖަޔައްދޯ މުއިއްޒަކީ ވާހަކަދެއްކުމުގާވެސް މަޑުމައިތިރި ކުއްޖެއުމުރުން ނުވަހަރުގާވެސް މިކުއްޖާދަންނައް މިހާރުއުމުރުން ސާޅީސްފަސްވަރަކަންވާނީ ހަމަ އެމަޑުމައިރިކަން ހަމައެއަހުލާގުއަވައްޓެރިންނާވެސްފާހަގަކުރާނީ މަޑުމައިތިރި ރިވެތި އަހުލާގުދަރިއެއްގޮތުގާ ތައުލީމުހާސިލްކުރީ އިސްކަންދަރު މަޖީދިއްޔާއިން އޭރުވެސްސުކޫލުގައިވެސް ރަންވަދޯދާނެ މި ކުއްޖާ މާތް އަހުލާގުގެ ކުއްޖެމީ ނަމޫނާދައްކާނެ ކުއްޖެމީ މިކުއްޖާ ކުރާމަސައްކަތުގާމާތްﷲ ބަރަކާތްލައްވާށީ އާމީން ގައުމާގެންކުރިއައް'

    11