ބޮކްސްއާއި ހަށިގަނޑާ ދޭތެރެއިން 20 ރަބަރު ޕެކެޓް ފެނުނު ފިރިހެންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅު މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 38 އަހަރު ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދަށް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާފައެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރަކަށް ހެކި ހުށަހަޅަފައިވާކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުން ބަޔާން ހުށަހަޅާފައިވާ ކަމަށެވެ.

އެ ބަޔާނުގައި އޭނާ ލައިގެން ހުރި ބޮކްސްއާއި ހަށިގަނޑާއި ދޭތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 20 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ބަޔާނުގައިވާ ކަމަށެވެ.

އަދި އޭނާގެ ކުޑަ ކަމުދާތަކެތި އޯޕީއައި، ބެންޒޯ އަދި އޭއެމްޕީއަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވާ ކަމަށެވެ.

އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ކުރީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާއާއި 60 ވަނަ މާއްދާއަށް ރިއާޔަތްކޮށް މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޜައްޔިތުމީހާ

    ތިވާނީ މީހަކު ރައްކާކުރަންދިން އެއްޗަކައް

  2. Anonymous

    އެދޭތެރެެއިން ފެންނަންނުޖެހޭ އެއްޗެއް ފެނުނީމާ ވާނީތިހެން. 15 އެއްވެސް ނޫން ޖަހަންވީ 60 ދުވަސް ޖަހަންވީ.