މިދިޔަ އަހަރު ހިއުމަން ރައިޓްސް ކޮމިޝަނަށް 648 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެޗްއާރުސީއެމުން އާންމު ކުރި މިދިޔަ އަހަރުގެ ރިޕޯޓުގައި ބުނާގޮތުން 2023 ވަނަ އަހަރު ޖުމްލަ 648 މައްސަލައެއް ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވާއިރު، އޭގެތެރެއިން 528 މައްސަލަ ހުށަހަޅާފައިވަނީ އާންމު ފަރުދުންނާއ،ި ސަރުކާރާއި އަމިއްލަ އިދާރާތަކުންނެވެ. އަދި ކޮމިޝަނުން އިސްނަގައިގެން 120 މައްސަލައެއް ރަޖިސްޓަރ ކޮށްފައިވާ ކަމަށްވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުނ،ް 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު ކޮމިޝަނަށް ހުށަހެޅުނު 42 ޝަކުވާއަކާމެދު 2023 ވަނަ އަހަރު ގޮތެއް ނިންމާފައިވާއިރު، 2023 ވަނަ އަހަރު ޑިސެންބަރު މަހުގައި ރަޖިސްޓަރ ކުރެވުނު 38 ޝަކުވާއަކާމެދު ގޮތެއް ނިންމާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އެހެންކަމުން، 2023 ވަނަ އަހަރު މުޅި ޖުމްލަ 652 ޝަކުވާއެއް ތަޙުޤީގުކުރުމާމެދު ކޮމިޝަނުން ވަނީ ގޮތެއް ނިންމާފައެވެ.

2023 ވަނަ އަހަރު ރަޖިސްޓަރ ކުރި މައްސަލަތަކުގެ ތެރެއިން ޖުމްލަ 652 ޝަކުވާއެއް ތަހުޤީގު ކުރުމާމެދު ގޮތެއް ނިންމަން ވަނީ ނިންމާފައެވެ. އޭގެތެރެއިން 393 ޝަކުވާއެއް މައްސަލައިގެ ގޮތުގައި ތަހުޤީގުކުރަން ނިންމައި 259 ޝަކުވާއެއް ވަކި މައްސަލައެއް ގޮތަށް ތަހުޤީގު ކުރަން ނުފެންނަ ކަމަށް ވަނީ ނިންމާފައެވެ.

އެޗްއާރުސީއެމުން ތަޙުޤީގުކުރަން ނިންމާފައިވާ 393 މައްސަލަތަކުގެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ޤައިދީން އަދި ބަންދުގައި ހުންނަ ފަރާތްތަކުން ހުށަހަޅާ ސިއްޙީ ހައްޤާއި ގުޅުންހުރި 126 މައްސަލައާއ،ި
  • ޓޯޗަރއާ ގުޅުންހުރި 124 މައްސަލައާއ،ި
  • ޤައިދީންނާއި ބަންދުގައި ހުންނަ ފަރާތްތަކުގެ އެހެނިހެން ޙައްޤުތަކާއި ގުޅުންހުރި 56 މައްސަލައާއ،ި
  • އިޖްތިމާޢ،ީ އިޤްތިޞާދ،ީ އަދި ސިޔާސީ ގޮތުން ލިބިދޭ ޙައްޤުތަކާއި ގުޅުންހުރި 25 މައްސަލައާއ،ި
  • ޢާއިލާ އާއި ކުޑަކުދިންގެ ޙައްޤުތަކާއި ގުޅުންހުރި 16 މައްސަލައާއ،ި
  • ފުލުހުންނާއި ގުޅުންހުރި 14 މައްސަލައާއ،ި
  • ޝަރުއީ ދާއިރާއާއި ގުޅުންހުރި 09 މައްސަލައާއ،ި ބޯހިޔާވަހިކަމާއި ގުޅުން ހުރި 05 މައްސަލައާއ،ި
  • ރަނގަޅު ފެންވަރެއްގެ ސިއްޙީ ޚިދުމަތް ލިބުމުގެ ޙައްޤާއި ގުޅޭ 05 މައްސަލައާއ،ި
  • މަސައްކަތްތެރިންގެ ޙައްޤުތަކާއި ގުޅުންހުރި 05 މައްސަލައާއ،ި
  • ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ޙައްޤާއި ގުޅުންހުރި 04 މައްސަލައާއ،ި
  • އުނގެނުމުގެ ޙައްޤާއި ގުޅުންހުރި 04 މައްސަލައެކެވެ.

މިދާއިރާތަކަކީ މައިގަނޑު ގޮތެއްގައި މައްސަލަ ހުށަހެޅުނު ދާއިރާތައް ކަމުގައި ވީނަމަވެސ،ް ބައެއް މައްސަލަތަކުގައި އެއްދާއިރާއަށް ވުރެ ގިނަ ދާއިރާތައް ހިމެނިފައިވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.

ފުލުހުންނާއި ގުޅުންހުރި މައްސަލަތަކަށް ބަލާއިރު ޣައިރު ގާނޫނޫ ބަންދާއި ގުޅޭ މައްސަލައެއްވެސް ހުށަހަޅާފައިވާއިރު ބަނދުގައި ހުންނަން ނުޖެހޭ ފަރާތެއް ބަންދުގައި ބަހައްޓައިގެންވެސް މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އަދި ފުލުހުންގެ ތަހުޤީގު ލަސްވެގެން 6 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

2023 ވަނަ އަހަރު ތަޙުޤީޤު ކުރުމާމެދު ގޮތެއް ނިންމުނު 47 ޝަކުވާއަކުން ޝަރުޢީ ދާއިރާއާއި ގުޅުންހުރި 50 އިޝޫއެއް ފާހަގަކުރެވިފައިވެއެވެ. މި އިޝޫތަކުގެ ތެރެއިން 9 އިޝޫއެއް 9 މައްސަލައިގެ ތެރެއިން ތަޙުޤީގުކުރުމަށް ނިންމާފައިވާއިރު 41 އިޝޫއެއް ހިމެނޭ 38 ޝަކުވާއެއް ވަކި މައްސަލައެއްގެ ގޮތުގައި ލޮޖް ނުކުރުމަށް ނިންމާފައިވެއެވެ.

އެންމެ ގިނަ ޝަކުވާ ހުށަހެޅިފައިވަނީ މާލެ އަތޮޅުން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ސަބަބަކ،ީ މާލެ ސަރަހައްދުގައި ޖަލުތައް ހުރުމާއި އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ވެސް އެންމެ ގިނަ ފަރާތްތައް ބެހެއްޓިފައިވަނީ މާލެ ސަރަހައްދުގައި ހުންނަ ކަސްޓޯޑިއަލްތަކުގައި ކަމަށްވެފައި ކޮމިޝަނަށް އެންމެ ގިނަ ޝަކުވާ ހުށަހެޅިފައިވަނީ ޖަލުތަކާ ކަސްޓޯޑިއަލްތަކުން ކަމުގައިވާތީއެވެ. މާލެ އަތޮޅުން އެކަނި 236 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މާލެ ސަރަހައްދުން އެކަނި 98 މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢިބު

    ބޭކާރު އޮފީހެއް ތިޔައީ. މީހުންގެ ޙައްގު ފޭރޭ ބަޔެއް

  2. އަބްދޫ

    ދަވްލަތުން ހަރަދު ކޮށްގެން ތިޔަތަން ބަހައްޓަން ބޭނުމެއްނޫން. އަމިއްލަ ކުންފުނަޏެއްގެގޮތުގަ ހިނަގާ.އޭރުނަ އޯކޭ.

  3. ވެރިން

    ތީ ވަގުންނާ ކުއްވެރިންގެ ރައިޓްސް ކޮމިޝަނެއް