އިލެކްޝަންސް ކޮމިޝަނުން ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފުރަތަމަ ސެނެޓް ބައްދަލުވުން ބާއްވައިފިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ ރިޔާސަތުގައި ފުރަތަމަ ސެނޭޓް ބައްދަލުވުން ރޭ ބާއްވާފައިވަނީ އެ ޕާޓީގެ އޮފީހުގައެވެ.

އެ ބައްދަލުވުމުގައި ޕާޓީގެ އަސާސީ ޤަވާއިދުގައިވާ ހަތަރު ކޮމިޓީ އަކަށް މެންބަރުން ވަނީ އިންތިޚާބު ކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ސުލޫކީ, އިސްތިއުނާފު, އީސީ އަދި މެމްބާރ އެފްއާޒް ކޮމިޓީއެވެ.

އެ ޕާޓީ ރަޖިސްޓަރ ކޮށްދިނީ މި މަހުގައެވެ.

ޔާމީން އިސްވެ ހުންނަވާ އުފެއްދި އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވީ އޭޕްރިލް 10 ވަނަ ދުވަހުގެ ރެއެވެ.

މި ޖަލްސާގައި ޕީއެންއެފްގެ ވަގުތީ ރައީސަކަށް ހަމަޖެއްސީ ޔާމީންގެ ދަރިކަލުން ޒޭން ޔާމީނެވެ. ޕާޓީގެ ދާއިމީ ސެނެޓު ފާސްކުރެވެންދެން އެކުލަވާލި ވަގުތީ ކޮމިޓީއަށް 20 ނަމެއް ކަނޑައެޅިއެވެ. އޭގެ ތެރޭގައި ޔާމީންގެ ނަން ވެސް ހިމެނިވަޑައިގަންނަވައެވެ.

މި ޖަލްސާގައި ވަނީ ޕާޓީގެ ލޯގޯ އާއި އަސާސީ ގަވައިދުގެ އިތުރުން ޕާޓީގެ ކުލަ ފާސްކޮށްފައެވެ. ޕާޓީގެ ކުލައަކީ ދަނބު ކުލައެވެ. އެ ޖަލްސާގައި ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމާއި ޒޭންގެ އަނބިކަނބަލުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޖަލްސާ ނިމުނު ފަހުން ކުރީގެ ރައީސް ޔާމީން ވެސް އެ ތަނަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަލީ

    ވެރިކަމަށް ތޮޅޭނެބަޔަކު އިތުރުވީތަ؟

    12
    16
    • ސޯލްޖަރ

      ތެޅޭވަރަކަށް ތެޅެންވީ ރައްޔަތުން ބޮޑުތަނުން ނޫނެކޭބުނެފި! ތިޔަ ބައިގަނޑަށް ތާއީދުކުރާނެ ރައްޔަތުންނެއް މިހާރަކުނެތެއްނު!

  2. نسيم

    ހުސްގޮނޑި މިހާރަށް މުހިއްމުއެއްނޫން

  3. އަބްދޫ

    ނަސީދަށް ވުރެވެސް ފޭކް މީހެއް ޔާމީނަކީ ނަސީދަށް ވީވަރުވެސް ނުވާނެ.

  4. މަތަރަސް

    ބަލައްވާ ރައީސް ޔާމިނު ދެން މިގައުމުގެރައްޔަތުން ބަލައެއްނުގަންނާނެ މިހާރު ދެންވެސް އާވެރިއަކު ރައްޔަތުން ބޭނުމީ އަދި ނަތިއްޔާނެރެދެއްވާ ވެރިޔަކުބޭނުމީ ރައީސް މުއިއްޒުވެސް ވައުދުވީ ބޯހިޔާވަހިކަން ސިއްހިކަނަތައް މިކަން ނުވެއޖެޔާ ހަމަ އިބޫއައްޖެހުނު ވަރުވާނީ މިވަގުތު ރައީސްޔާމީނުވެސް ގޭގައި މަޑުކުރެއވުންއެދެން ގައުމުގަޑުބަޑުނުކޮއް؟؟