ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ހިމެނޭ ރަށްތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މިރޭ 21:30 އާ ހަމައަށް މެޓް އޮފީހުން ނެރުނު ރީނދޫ ސަމާލުގައި ބުނެފައި ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަަމަށް ލަފާ ކުރެވޭ ކަަމަށެވެ.

މީގެ ކުރިން މެޓް އޮފީހުން ވަނީ ހަމަ އެ ސަރަހައްދަށް ހުދު ސަމާލުވެސް ނެރެފައެވެ.

ހުދު ސަމާލުގެ މުއްދަތު ހަަމަވުމުގެ ކުރިން ރީނދޫ ސަމާލު ނެރުނުއިރު، އެ ސަރަހައްދުގެ ބައެއް ހިސާބުތަކަށް މިހާރުވެސް ދަނީ ބޯކޮށް ވާރޭ ވެހުމުންނެވެ.

މާދަމާގެ ނިޔަލަށް މޫސުން ކުރިއަށް ލަފާކޮށް މެޓް އޮފީހުން ބުނީ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ.

އަދި ހުޅަނގާއި ހުޅަނގުއުތުރު ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށްވެސް ބުނެފައި ވެއެވެ.

މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި ރާއްޖޭގެ ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަޑުގައި ގަދަވާނެއެވެ.