އެމްޑީޕީގެ ކުރީގެ ހަރުގޭގެ ގޮތުން ހިންގަަމުން ގޮސް، ފަހުން "ދަ ޑިމޮކްރެޓްސް"ގެ ޖަގަހައިގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ތަން ހުސް ކުރަން ފަށައިިއެވެ.

"ހައުސް އޮފް ޑިމޮކްރެޓްސް" ނަމުގައި އަލުން އެ ހަރުގެ ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހެވެ.

ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ހަރުގެ ހުރި ބިމަކީ ދަ ޑިމޮކްރެޓްސްގެ އެކްޓިވިސްޓެއް ކަމަށްވާ ޝަފިއްޔާ ޒުބައިރުގެ ބިމެކެވެ.

އާޓިފިޝަލް ބީޗު ކުރިމަތީގައި ހިންގަމުން އަންނަ އެ ހަރުގެ ހުސް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެކަން ކުރަމުން ދަނީ ވެރި ފަރާތް އަންގައިގެން ކަަމަށް ވެއެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝަފިއްޔާ މީގެ ކުރިން ބުނީ އެ ބިން މިހާރު އަމިއްލަ ވިޔަފާރިވެރިއަކަށް ކުއްޔަށް ދީފައިވާ ކަމަށެވެ. އެއީ އެ ވިޔަފާރިވެރިޔާ އެހެން ބަޔަކަށް ވެސް ކުއްޔަށް ދެވޭ ގޮތަށެވެ. ޝަފިއްޔާ ބުނީ ދަ ޑިމޮކްރެޓްސްއާ އޭނާއާ ދެމެދު އެއްވެސް އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ތަން ކުއްޔަށް ދީފައި މި ހުރީ ވިޔަފާރިވެރިއަކަށް،" ޝަފިއްޔާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ތޯތޯ

    މިގައުމުގެ އިސްމަގާމާކަށް އެ ލާދީނީ ބައިގަނޑަށް ދެން ދުވަހަކުވެސް ނާދެވޭގޮތް ހައްދަވާށި

  2. ތުއްރަވާސް

    ޝަފިއްޔާއަށް ހީވީ އަންނި ހުރީމަ ވަރަށް ގިނަބައެއްގެ ސަޕޯރޓްލިބި އެމްޑީޕީ ގެ ވަސް ފުހެވިދަނެ ކަމަށް. އެހެން ނުވީމަ މިހާރު އަނެއްކާ އެމްޑީޕިއަށް ދިނީކަމަށްވާނީ. ދެން ފެންނަނީ ތިޔަ ޑިމޮކްރެޓްސް އުވަލާތަން. ޕާޓީ އުފައްދަން އުޅުނު މީހަ އެހުރީ މިހާރު ރާއްޖެއިން ބޭރުގަ.

  3. ޖުއްބާ

    ދެން ތި ދަނޑި ޕާޓީ ބާދަގަނޑަައްވެސް ނުކިރޭރެ. ވެމްކޯއިންވެސް ތިހާބޮޑައް ކުނިވެ ހަލާކުވެފަހުންނަ އެއްޗިސާ ހަވާލެއް ނުވާނެ. އަނެއްކާ ކެނެރީގޭ އެއްވެސް މީހަކު ތިޔާގެން އެއްވެސް ކަމެއް ދެނެހުރިކަމަކައްވެސް ނުހަދާނެ. ވަރައް ބޮޑު މުސީބާތަކާ ތިޔަ ލައިގަތީ.....

  4. މުހައިމިން

    ތީ މުޅި ގައުމުންވެސް ބޭރުކުރަންވީ ބައިގަނޑެއް. މޑޕގަ ތިބެ މުޅި ގައުމު ވިއްކުމުގަ ބައިވެރިވި ގައްދާރުން އުފެއްދި ޕާޓީ. އަދި ޕާޓީގެ މޮޅު ކަމަކީ އިސް މީދާ އަދިވެސް ޕާޓީއަށް ނުވަންނަކަން. ހުރިހާ މީދާތައް ރައްމެދަށް ދޫކޮށްލާފަ އެފްރިކާއަށް ބެޗީ.. ދެން މަހީ ހީ.

  5. އަބްދުﷲ

    ހުރިހާ ޕާޓީތަކެއްވެސް އުވާލާ އާދޭސްކޮށްފައި މި ބުނީ...

    3
    1