ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެކެވެ.

އޭނާގެ މައްޗަށް ކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ޓްރެފިކް ކުރުމުގެ ތުހުމަތެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށް ވަނީ ބުނެފައެެވެ.

އަދި އެ މައްސަލައިގައި އޭނާ ޕީޖީ އޮފީހާއެކު އިއުތިރާފު އެއްބަސްވުން ހަދަން ނިންމާފައި ވެއެވެ. އަދި މި މައްސަލައިގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަަމަށްވެސް ވަނީ ބުނެފައެވެ.