2024/2025 ވަނަ އަހަރުގެ އެކަޑަމިކް ކަލަންޑަށް ބަދަލު ގެނެސް، ބޮޑު ޗުއްޓީ ރޯދަ މަހު އަންނަ ގޮތަށް ހަމަޖައްސައިފިއެވެ.

2024/2025 ގެ ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ މީގެ ކުރިން ގޮތުން މެއި 26ގައި ފަށާއިރު 2025 ވަނަ އަހަރުގެ ފެބްރުއަރީ 20 ގައި އެ އަހަރުގެ ކިޔެވުން ނިމޭނެއެވެ. އަދި 2025 ގެ ދިރާސީ އާ އާހަރު އެ އަހަރުގެ މާޗު 9 ގައި ފަށާއިރު ޑިސެމްބަރު 18ގެ ނިޔަލަށް ކިޔެވުން ކުރިއަށް ދާނެއެވެ. އަދި އެ އަހަރު ޑިސެމްބަރު މަހު ބޮޑު ޗުއްޓީ ލިބޭނެއެވެ.

ތައުލީމީ ވުޒާރާއިން މިއަދު ސްކޫލްތަކަށް ފޮނުވި އާ ކަލަންޑަރުގައިވާގޮތުން ބޮޑު ޗުއްޓިއަށް ފަހު 2024 ގެ ސްކޫލް ކިޔެވުން ފެށޭނީ މެއި 26 ވަނަ ދުވަހެެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، އެ އަހަރުގެ ކިޔެވުން ނިމޭނީ މާރިޗް 6ގައި ކަމަށް ބުނެފައި ވެއެވެ.

އައި ބަދަލާއެކު 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރިލް ހަ ވަނަ ދުވަހެވެ.

އަންނަ އަހަރުގެ ރޯދަ މަސް ފެބްރުއަރީ 28ގައި ފެށޭއިރު، ސްކޫލް ބޮޑު ޗުއްޓީ ދެން ލިބޭނީ ރޯދަ މަހުގައި ކަމަށް އާ އެކަޑަމިކް ކަލަންޑަރުން ދައްކައެވެ.

ސަރުކާރުން ނިންމާފައިވާގޮތުން ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ފަށާއިރު، އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކާޅު ބާޒު

    ރަނގަޅު ބަދަލެއް

    48
    3
  2. ސަޅި ޑޮލް

    ކޮބާ އަހަރުމެދުން ރިސޯޓް މުވައްޒަފުން ބުނެގެން ދޭންބުނި ޗުއްޓީ؟؟؟ ހަމަ ކައްޒާބު

    5
    51
    • އަހައްމަދު

      އެހެންބުނި މީހުން އެކަންކޮށްފަ ފައިބައިގެން އެ ދިޔައީނު. މުއިއްޒު ނުބުނޭ ދޭނަމެކޭ

      17
      1
    • ޝ

      ޗޯރޭ ހުރޭ ގޭގަ ދެން ލަލަލާ

      2
      1
  3. ޒާ

    ވ. ރަނގަޅު ބަދަލެއް.

    41
    2
  4. ބަދަވި

    2026 ވަނަ އަހަރުން ފެށިގެން އަހަރު މެދުތެރެއިން ރިސޯޓް މުވައްޒަފުން އެބުނާ ޗުއްޓީ ލިބޭނެ

    10
    1
  5. ހަންނާނުބޭ

    ޓީޗަރުންނާއި ބެލެނވެރިން ޑޮކްޓަރަށް ދައްކާލުން ފަދަ ކަންކަމުގައި ރާއްޖެއިން ބޭރަށް ގޮސްލަން ބޭނުންވަނީ ބޮޑުޗުއްޓީގަ. އެހެންވީމާ ބޮޑުޗުއްޓީ ރޯދަމަހާ ދިމާވީމަ މިކަމަށް ދަތިތަކެއް ކުރިމަތިވާނެ.

    5
    2
  6. Anonymous

    ސުކޫލް ޗުއްޓީ އަބަދުވެސް ރޯދަމަހާއި ދިމާވާގޮތަށް ސުކޫލް ކަލަންޑަރު ހަދަންވީ ވަރަށް ގިނަ ލުއިފަސޭހަ ލިބޭނެ ރައްޔިތުންނަށް ، މާލެ ކަހަލަ ތަންތަން ތިއްޖެހުން ކުޑަވާނެ ، އެހާ ކުޑަ ވަގުތުކޮޅަކަށް ކުދިން ބެލެނިވެރިން މަގުމައްޗަށް ނުކުންނަން ނުޖެހުމަކީ ވަރަށް ބޮޑު ފަސޭހައެއް !

    9
    2
  7. ؟

    މިއަހަރުގެ ބޮޑު ޗުއްޓީ ނުލިބެނީތޯ. ކުރިންބުނީ ޑިސެމްބަރ ގައި ލިބޭނެ ކަމަށް

    • ޥ

      ބަސްއަހައިގެން ހުރިއްޔާ ލިބޭނެ

      6
      1