ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ނިސްބަތުން ވަރަށް ގިނަ ކަމަށާއި އެފަރާތްތައް ދެނެގަނެވޭނެ ގޮތެއް ނެތް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ޕަބްލިކް ފޯރަމް "އަހާ" ގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ރާއްޖޭގެ ނިސްބަތުން ވަރަށް ގިނަ ކަމަށާއި މަޤާމާ ހަވާލުވިއިރު އެކީ ކަނޑައެޅިގެން ކިހާ އަދަދެއްގެ މީހުން ކަމެއް ސަރުކާރުގެ ފަތްފުތްތަކުން އެނގެން ނެތް ކަމަށެވެ.

"ޤަވައިދާ ޚިލާފަށް އުޅޭ ބޭރު މީހުން ނިސްބަތުން ވަރަށް ގިނަ، އެހެން ނަމަވެސް އެއީ ކިހާ އަދަދެއްތޯ ކޮން ބައެއްތޯ އެއީ އަދި ސަރުކާރެ ފަތްފުތްތަކުން ލިޔެކިޔުންތަކުން ސީދާ ކަނޑައެޅިގެން މިވެނި އަދަދޭ، މިވެނި މީހެކޭ އެނގިފައި އޮތް އެއްޗެއް ނޫން އަޅުގަނޑުމެންނާ ހިސާބަށް ސަރުކާރު އައިއިރުގައި،". ވަޒީރު ވިދާވިއެވެ.

އެ ވުޒާރާއިން މިހާރު ކުރަމުންދާ މަސައްކަތަށް އަލިއަޅުވާލައްވަމުން އިހުސާން ވިދާޅުވީ މިހާރުން ފެށިގެން އެއް އަހަރުތެރޭގައި، އެ ވުޒާރާގެ ރިކޯޑުގައި ޖެހުމުގެ ފުރުސަތު ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންނަށް ލިބޭނެ ކަމަށެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން އަހާ ފޯރަމްގައި - ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

އިހުސާން ވިދާޅުވީ އޭގެތެރެއިން ބައެއް މީހުންނަކީ އެ ވުރާޒާގެ ރެކޯޑްތައް ނެތް މީހުން ކަމަށާއި އެމީހުން ރެކޯޑްތެރެޔަށް ނެގުމަށްފަހު މިވަގުތު ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ބެހޭ މައުލޫމާތު ހޯދަމުން ދާ ކަމަށެވެ. އެގޮތުން އެމީހާ ހުރީ ކޮންތާކުތޯ އާއި ކާކުގެ ބެލުމުގެ ދަށުގައި ކޮން ރަށަކުތޯވެސް ބަލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިކުރާ މަސައްކަތަކީ ރާއްޖޭގައި ތިބި ހުރިހާ ބިދޭސީން ހާއްސަކޮށް އަންސްކިލްޑް ލޭބާ ކެޓަގަރީގައި ތިބި ހުރިހާ ބިދޭސީން 10 އިނގިލީގެ ނިޝާން ނަގާފަ އެމީހުންގެ ފޮޓޯއެއް ނަގާފަ އަޅުގަނޑުމެންގެ އަތުގައި މިހާރު ހުރި ވާރކްޕާމިޓް ރިކޯޑްތަކާއި އެމީހުންނާއި ދިމާކުރަނީ."، އިހުސާން ވިދާޅުވިއެވެ.

އަދި ހަމައެއާއެކު ބައެއް ބިދޭސީންނަކީ އެއްވެސް ރަސްމީ އައިޑެންޓިފިކޭޝަނެއްވެސް ނެތް މީހުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމީހުންވެސް ހިމެނޭގޮތަށް ހުރިހާ ބިދޭސީން ސިސްޓަމުގެ ތެރެޔަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

"އޭތި ވެރިފައި ކުރެވޭނެ އެއްވެސް ގޮތެއް ނުއެއް ނެތް."، އިހުސާން ވިދާޅުވިއެވެ.

އަހާ ފޯރަމް -ވަގުތު އިމޭޖްސް: އަހްމަދު މަމްދޫހް

މި މަސައްކަތް ކ.ހިންމަފުށިން ފެށިގެންދާއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލާއި ފުލުސް އޮފީހާއި ގުޅިގެން އެރަށެއްގައި ތިބި ބިދޭސީން ސިސްޓަމުގެ ތެރެޔަށް ގެންނާނެ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ. އެގޮތަށް އެކަންތައް ކުރުމުން ބިދޭސީން ރާއްޖެ ގެންނަ މީހާ ނޫން އެހެން މީހަކުގެ ނަމަށް ބިދޭސީ މީހާ ބަދަލުކުރަންވެސް ފަސޭހަވެގެންދާނެއެވެ. ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައި ފިލައިގެން އުޅޭ ބިދޭސީންނަށްވެސް އެފުރުސަތު ދިނުމަށްފަހު ސިސްޓަމުގެ ތެރެއަށް ނުވަދެ އުޅެންޏާ އެމީހަކު ޑީޕޯޓްކޮށްލާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކާކުކަން އެއްގޮތަކަށްވެސް ނޭނގޭ މީހުން އެ ގައުމެއްގެ އެމްބަސީއާ ގުޅިގެން އެ މީހަކު އައިޑެންޓިޓީ ހޯދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހިކި ކިރު

    ނުކުރެވޭނެ ތިކަމެއް! ކޮބާ ފަހުން އެތެރެވި މީހުންގެ ހާލަތަކީ! ބޯކޮއް ބޯކޮއް އެތެރެވަނީ ޓްވަރިސްޓް ވިސާގައި. އެެއަށްފަހު އެވެރިން ލިއެކިއުންތައް ނައްތާލަނީ! ދެން ފަށަނީ ވިޔަފާރި ކުރަން. އެވެރިން ބުނަނީ ރާއްްޖެ އަކީ ދުނިޔޭގައި އެންމެ ފަސޭހަކޮއް ޑޮލަރ ލިބޭ ޤައުމޯ! ބޭނުން ކަމެއް މިރަށުގަ ކުރެވެޔޯ! ވެރިންނަށް ފައިސާ ކޮލެއް ދިނީމަ އޯކޭ ވެޔޯ އެވެރިން ބުނަނީ. ރާއްޖެ ކުދިންނޭ ހަލާކު ކޮއްފި ކުރި ބަޔަކު! އިޒްރޭލާ ފަލަސްތީނާ ވީގޮތް ދެން މުސްތަޤުބަލުގައި ރާއްޖޭގެ ހާލަތު އޮންނާނީ! އެކަން ވަނީ ފެނިފައި. ހުލުމާލޭގައި ބަންގްލަދޭސް މީހުނާއި ފުޅުހުންނާއި ކުރިމަތި ލައިގެން ފުޅުހުން ފިލަން ދުވި މަންޒަރު މުއަލާ ޓީވީ ތަކުން ޙަބަރު ތަކުން ދެކުނިން. ހުރިހާ ކުދިން ބާރަށް އަތްޖަހާ ދެން.

    22
    1
    • Anonymous

      ކުރެވޭނެ. ޕޮލިހުންނަށް މުއައްސަސާތަކާ ގުޅިގެން އެކަން ކުރާނެ ގާބިލްކަން ނެތީ. މަގުތަކާއި ޕަބްލިކް ސަރަހައްދުތަކާއި މިސްކިތްތަކާއި ސަރުކާރު ބެލުމުގެ ދަށުގަ ހުންނަ އިދާރާ ތަކުގެ ކެމެރާ ތަކުންވެސް ޖަމާނީ ވަސީލަތް ބޭނުން ކޮށްގެން މިއޮއްފަދަ ޖަމާނުގަ އެކަންކަން ކުރަން މާ ފަސޭހަވާނެއެވެ.

  2. ބޯހަލާކު

    ޑުރަގު ހުށްޓުވޭނެ ގޮތެއްނެއް، ބިދޭސިން ދަނެ ގަނެވޭނެ ގޮތެއްނެތް!!!! ދުނިޔޭގެ އެހެން ގައުމުތަކުގެ، ބިން ބޮޑުވެފައި މީހުންގެ އަދަދު މިލިޔަނުން އަރާ،،ބިދޭސިން އެނގޭ،،، ބޮޑުމުސާރަނަގަން އެގޭތަ، ތިކަމުގައި އާއްމު ރައިތުންގެ އެހީ ހޯދަންފެނޭ، ބިދޭސިންގެ ޑިޕޮޒިޓު ލާރިކޮޅު ކޭމަ ބިދޭސިން ނުފެންނަނީ! ލޮލް

  3. ޙެހެހ

    ތީހަމަ ހޮޅިވާހަކައެއް ، ތެދެއް ފިނިކޮޓަރީގައި ތިއްބާ ބޭފުޅުންނަކަށް ގޮތެއް ނުފެންނާނެ ، އެކަމަކު މިހާރުވެސް ހަމައެކަނި ޒިކުރާ މިސްކިތް ސަރަޙައްދު ޗެކްކޮށްލަބަލަ ، އެތާ ތިބި މީހުން ކާކު ނޫނީ ކޮންބަޔަކު ގެނަ ބައެއްތޯ އެއީ ، އެނގޭނެ ،
    މިހާރު އޮންނަގޮތަކީ ބަލާ ފާސްކުރުމުގެ ހަފްތާއެއްކުރިން މި އަންގަނީ މިއުޅެނީ ބިދޭސީން ޗެކްކުރަން ވެގެންނޭ ، އެހިސާބުން އެމީހުންނަށް ވާނުވާއެނގި ގޮސްފިލާ މިއުޅެނީ ، އިމިގްރޭޝަން ޗެކްކޮށްލަ ބަލާ ހަމައެކަނި ޕީޓްރަލް ނަމުގައި ކިތައް ބިދޭސީން ރާއްޖޭގެނެސްފަ ވޭތޯ ، އަދި އެއަށްފަހު އެމީހުން ކޮބާތޯ ، އެނގޭނެ ،
    ވާގޮތަކީ ސަރުކާރުގެ ބޮޑުންވެސް ހުރިހާކަމެއް ކުރުވަނީ ބިދޭސީން ލައްވަ ، ދެން ކިހިނެއް ޗެކްކުރަން ބޭނުންވާނީ ، ޑްރަގް ހިފަންނާ ވަގުބިދޭސީން ނުހިފޭނެ އެއްވެސް ހުއްޖަތެއްނެތް ، ކުރަން ބޭނުންނުވަނީ

  4. ކުރިޓިކު

    ކުރެވޭނެ ކަމެއްނެތޯ! މިކަހަލަ މީހުންނަށް ކަމެއް ހަވާލުކުރުމަށް ވުރެ ނުކޮއްބޭއްވުން ރަނގަޅުވާނެ. މިހާރު އޭ ލެވެލް ނިންމާފާހުރި ކުއްޖަކާ ހަވާލްކޮއްލިއަސް ތިކަން އިސާހިތަކު ނިންމާލާނެ. ކިޔަވައިގެންތިބި ގަމާރުންތަކެއް.

  5. ސުހާދު

    މި ޤައުމުން ބިދޭސިންގ އަދި ޑްރަގްސް މީ ހައްލު ނުކުރެވޭނެ ކަންކަން .......

    އަޑީގައި ތިބީ ސަރުކާރުގެ މަތި ފަޑި ،.މަޖުލިސް މެންބަރުން ކިހިނެއް ހުއްޓާނީ ބައެއްގެ ވިޔަފާރި

  6. އަހަންމަދު

    ކަލެއަކަށް ތިކަމެއް ނުވާނެ.
    ގޭގެ ފޮޅާ ސާފުކުރުމާއި، ގޭގޭގައި ކައްކައިދިނުމަށް ފަތިހުން ފެށިގެން ހަރަކާތްތެރިވާ ބިދޭސީ އަންހެންވެރިން މީނައަކަށް ނުފެނޭތަ.. ރަގަޅަށްވިއްޔާ މީނަގޭގަވެސް ކައްކާނީ ކޮންމެވެސް އެހެން ގެއަކަށް ގެނެސްފަ ހުރިމީހެއް.

    ސައިކަލު/ކާރު ފޮހެ ސާފުކުރަން މިއުޅޭ
    ބައިގަޑުވެސް ހަމަ ނުފެންނަނީ ދޯ؟

    އަންތަރީސް ވެއްޖެ. ދުވަހަކުވެސް އެބައޮތްތަ ގަރާޖުތައްފިޔަވާ މަގުތައްމަތީގައާއި ވެހިކަލް ޕާކުތަކުގަ
    އުޅަދުތައް ފޮހެސާފުކުރުމަށް ބިދޭސީން ރާއްޖެ ގެނައުމަށް އެއްވެސް ސަރުކާރަކުން ހުއްދަދީފަ!!

    ހަމަ ގަމާރީ!

  7. ސަންގު

    ކަލޯގަޔާ އަހުރެމެން ދިވެހިންނާ ހަވާލު ކޮއްލާ ތިޔަ މިނިސްޓްރީ އާއި މިސްޓަރުގެ ގެޔާ ރަށު ހޭޅި ފުރެންދެކަ ތިޔަ ބުނާ މީހުން ހަވާލު ކޮއްލަދޭނަން.