ރޭގެ ވަގުތެއްގައި ބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލިގެން ހޯދަމުންދިޔަ ބިދޭސީ މީހާގެ ހަށިގަނޑު އެ ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިއްޖެއެވެ.

ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި "ލިއޯ ޕާލް" ލޭންޑިން ކްރާފްޓު ނުވަތަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލީ ރޭގެ ވަގުތެއްގައެވެ. އޭރު އޭގައި ފަސް މީހަކު ދަތުރުކުރަމުން ދިޔައެވެ. އޭގެތެރެއިން ގެއްލިގެން ހޯދަމުން ދިޔައީ ބިދޭސީއެކެވެ.

އެމްއެންޑީއެފްއިން ބުނީ އެ މީހާ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށް ކޯސްޓްގާޑުގެ ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ. އަދި ފެނުނު އިރު އެ މީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފްއިން ބުނީ، އެ މީހާގެ ހަށިގަނޑު މިހާރު ކ. ކާށިދޫ ސިއްހީ މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ލޭންޑިން ކްރާފްޓުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައެވެ. އެ ހާދިސާ ހިނގަން މެދުވެރި ސަބަބު އަދި އެނގިފައި ނުވެއެވެ.

މި ދުވަސްވަރު މޫސުން ގޯސްވުމުން މެޓް އޮފީހުން ވަނީ ކުރިން ހުދު ސަމާލު ނެރެފައެވެ. މޫސުން ގޯސްވުމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވެ ތިބުމަށް ކޯސްޓްގާޑާއި ކަމާ ބެހޭ އެހެން ފަރާތްތަކުން އަބަދުވެސް އިލްތިމާސް ކުރެއެވެ. މިހާރު ވެސް މެޓް އޮފީހުން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިބެއްޔާ

    މީހަކުމަރުވުމަކީ ހިތާމަހުރިކަމެއް އެކަމަކުތިމީހުންރާއްޖެއިން މަދުވާނީމަރުވެގެން. ރައްޖޭގެ ކުންފުނިތަކުންވެސް ބޭރުމީހަކަށްނޫނިޔަކާ ވަޒީފާއެއްނުދޭ

    10
    • ނަދީމް

      އެ ނިޔާވި މިހަކީ މަލިކު މީހެ

  2. އޭނާ

    މިހަބަރުގެނެސްދިންބޭފުޅާވަރައމުހިންމު ބައެއްގެސްދެވިފައިނުވެއެވެ. އެއީކޮންގައުމެއްގެ މީހެއްކަން މިހަބަރުކިޔާވަރައްގިނަ ބޭފުޅުންހިތައްއަރާނެއެވެ.

    • ނަދީމް

      މަލިކު މީހެ ނިޔާވީ