ދައުލަތުގެ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޑިރެކްޓަރ ފައިނޭންސް މަޤާމުގައި ހުންނެވި އަޙްމަދު ޙަނީފް މަސްއޫލިއްޔަތުން އެކަހެރިކޮށްފިއެވެ.

އެކަން ހާމަކޮށް މިއަދު އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޕީއެސްއެމްގެ ފައިނޭންސް ޑިޕާޓްމެންޓުން ޕޭމެންޓްތަކާއި ކޭޝްފްލޯ މެނޭޖްކުރުމުގައި ކޯޕަރޭޓް އުސޫލާއި ޚިލާފަށް ކަންކަން ދާކަން ފާހަގަކުރެވުމާއި ގުޅިގެން އެ ކުންފުނީގެ ޑިރެކްޓަރސް ބޯޑުގެ އޮޑިޓް ކޮމިޓީއިން ބަލަމުންދާ މައްސަލައިގައި ޑިރެކްޓަރ ފައިނޭންސް، އަޙްމަދު ޙަނީފް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.

އޭނާ ސަސްޕެންޑްކޮށްފައި ވަނީ އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ޑިރެކްޓަރުންގެ ބޯޑުގެ ލަފާގެ މަތިން ކަމަށްވެސް ބުނެފައި ވެއެވެ.

މި މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތްތަނުގައި ހިއްސާކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މުހައްމަދު

    ކުށެއްކޮށްފިއްޔާ ނުވަތަ ކުށެއް ކުރިކަމަށް ޝައްކުކުރެވެންޏާ އެކަމެއް ބަަލަންވާނެ. އަދި އެކަމެއް އެމީހެއްގެ މައްޗައް ސާބިތު ވަންޏާ ފިޔަަވަޅުވެސް އަޅަންވާނެ އަދި ވަޒީފާއިން ވަކިކުރަންޖެހެންޏާ އެކަމެއްވެސް ކުރައްވާނެ. ލިބުނު ގެއްލުމުގެ ބަދަލުވެސް ހޯދަން ދައުވާވެސް ކުރަންވާނެ.