މީސް މީޑިއާގައި އަދި ފޯނު މެދުވެރިކޮށް ކާކުކަން ދެނެނުގަނެވޭގޮތަށް ފޮރުވިގެން ތިބެ ރާއްޖޭގެ ބައެއް މީޑިއާތަކަށް ބަޔަކު އިންޒާރުދެމުންދާ މައްސަލަ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ރާއްޖެޓީވީގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު އިންސްޓަގްރާމްގައި ކުރި ޕޯސްޓަކަށް ކޮށްފައިވާ ކޮމެންޓެއްގައި އެ މީޑިއާގެ ދުވަސް ދުއްވާލާނެ ކަމަށާއި، ހުޅުޖަހާނެ ކަމަށް ބުނެފައި ވެއެވެ. އަދި ޗެނަލް 13 އަންދާލާނެ ކަމުގެ އިންޒާރުވެސް ދީފައި ވެއެވެ.

ރައީސް އޮފީހުން މިރޭ ނެރުުނު ބަޔާނެއްގައި ވިދާޅުވީ، ދިވެހި މީޑިއާތަކާ ނޫސްވެރީންގެ ހިމާޔަތުގައި ދިވެހި ސަރުކާރުން ފުރިހަމަ ސަމާލުކަމާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

މި މައްސަލަ މިހާރު ފުލުހުން ވަނީ ބަލަން ފަށައިފައެވެ.

"އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ،". އެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިއަކަށް ބިރުދެއްކުމުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ހިންގަމުންދާނަމަ، ނުވަތަ އެފަދަ ކަމެއް ކުރަން އުޅޭކަމުގެ މައުލޫމާތެއް ލިބޭނަމަ ގައުމީ މަސްލަޙަތު އިސްކޮށް، ފުލުހުންނަށް އަވަހަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ނޫސްވެރީންގެ އަޑުއަހައި، މީޑިއާތަކުގެ މަސައްކަތް ކުރިއަރުވައި، ޒިންމާދާރުކަމާއެކު ހަބަރާ މައުލޫމާތު ފެތުރުމަށް ފުރުސަތު ދިނުމަކީ މި ސަރުކާރުން އަބަދުވެސް ނަގަހައްޓާނޭ ސިޔާސަތު. އަދި ނޫސްވެރިންނަށާ މީޑިއާތަކަށް ބިރުދައްކައި، ގައުމުގެ އަމްނަށް ނުރައްކާވާނެގޮތަށް ކުރާ ކޮންމެކަމެއް ހުއްޓުވައި ދިވެހި މުޖްތަމަޢުގެ މަސަލަސްކަމާ ހަމަޖެހުން ހިފެހެއްޓުމުގައި ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއަކުންވެސް ވަފާތެރިކަމާ އިޚްލާޞްތެރިކަމާއެކު ރެޔާދުވާލު މަސައްކަތްކުރަމުން ގެންދާނަން،". ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާ

    އެމެރިކާފަދަ ޔަހޫދީންގެ ބާރުގަދަ ގައުމުތަކުގައިވެސް މެދު ނުކެނޑި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ޕަބްލިކު މުޒާހަރާތަށް ޔުނިވާސިޓީތަކާއި އާންމުތަންތާގައި މެދު ނުކެނޑި ހިނގަމުންދާއިރު މި ސަތޭކަ ޕަސަންޓު މުސްލިމުކަމަށް ބުނާ ދިވެހި ރާއްޖޭގައި ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރުދޭން މިހާތަނަށް ބޭއްވުނީ ކިތައް މުޒާހަރާތޯއެވެ.

  2. އޭނާ

    ތިހާދަވައްތަރޭ އަމިއްލައައްމެނިއުފަެކްޗަރ ކޮއްގެންއުޅޭ ސެނޭރިއޯއަކާ. މިހާރުކިޔާނެއެއްޗެއް ދައްކާނެވާހަކައެއްނެތުނީމަ އެއްޗެއްއުފަންކުރުވަނީ. އެހެންނުންވާނީ ބަލިވީކީތިޔަހެނެއްނޫން. ރައްޔިތުންނުކުމެ އެމީހުންގިއްގަޅުވާލައިފި އަނގަތައްބަންދުވެއްޖެ. އަންނިބުނީހަމަރަނަގަޅައް ރޫޅާލައިފި