ސަރުކާރު މުވައްޒަފުންނަށް ބޭނުންވާ ތަމްރީންތައް ދީ އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސްސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބުގައި ރައީސް ވިދާޅުވީ މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަމެއް ދެއްވާނެ ކަމަށެވެ. ގައުމަށް މަންފާހުރި މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެ މަގުން ސިޔާސަތު ބައްޓަން ކުރައްވާނެ ކަމަށެވެ. އަދި ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކަށް ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދެއްވާނެ ކަމަށެވެ.

"ސަރުކާރުގެ އެކި ހިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ އިނާޔަތްތައް އިތުރުކޮށްދޭން އަޅުގަނޑުމެން މިހާރު ވާނީ ފަށައިފައި. ގައުމުގެ އިގްތިސޯދުގައި ބުންވަރު ޖެހެމުން ދިޔަ މިންވަރަކުން ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދެމުން ދިޔުމަކީ ހަމައެކަނި ހައްލެއް ނޫން. މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނު އަބަދުމެ ދެމުން ގެންދާން ޖެހޭ." ރައީސް ވިދާޅުވިއެވެ.

ސަރުކާރު މުވައްޒަފުންގެ އިތުރުން، އަމިއްލަ އެކި ވަޒީފާތަކުގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ މަސައްކަތްތެރީންނަށް ވެސް ބޯހިޔާވަހިކަމުގެ ހާއްސަ ސްކީމްތައް ތައާރަފްކުރުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަސައްކަތުގެ މާހައުލުގެ ރައްކައުތެރިކަމަށް ކުރަން ޖެހޭ ކަންކަމަށް އިސްކަން ދިނުން މުހިންމު ކަމަށެވެ. މަސައްކަތްތަކުގައި ކުރިއަށް ދިޔުމަށް ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި، އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުންވެސް މުހިންމު ކަމަށާއި އެ ކަންކަން ސަރުކާރުން ވަނީ ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.

އާމްދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުސަތު، ދިވެހީންނަށް އިތުރަށް ފަހިކޮށްދިނުމަށްޓަކައި ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ވާނީ ކަނޑައަޅައިފައި ކަން ރައީސް ފާހަގަކުރެއްވެވިއެވެ. އަދި ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ އަޅައިނުލައި ހައްލެއް ނުހޯދައި އެތައް އަހަރެއްވެފައިވާ އެފަދަ ކަންކަން މުޅިން ހައްލުކުރެވޭނީ ގިނަދުވަހުން، ހުއްޓުމެއްނެތި ބެލެހެއްޓުމާއެކު، ގާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން ކަމަށެވެ.

" ރާއްޖޭގައި ހިނގަމުންދާ އިގްތިސޯދީ މަސައްކަތްތައް ފުޅާކޮށް، އައު ބާވަތްބާވަތުގެ މަސައްކަތްތައް ފަށައި، އައު އިންވެސްޓްމަންޓްތައް ކުރުމަށް 5 އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދޭނަން. ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، ޓްރާންޝިޕްމަންޓް ހިދުމަތް ފަދަ ކަންކަން ތައާރަފުކޮށް، ދަތުރުފަތުރުގެ ހިދުމަތް ހަރުދަނާކުރުން ފަދަ ކޮންމެ ކަމަކުން އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވަމުންދާނެ." ރައީސް ވިދާޅުވިއެވެ.

ބޮޑެތި ގައުމުތަކާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި، ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި، ބައިނަލްއަގްވާމީ މާލީ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަގްވާމީ މާރުކޭޓުތަކުން ފުރުސަތު ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އޭރުން ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ގައުމުގައި ތިބެގެން ބޭރު ފައިސާއިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހަވާސާ ހަމީދު

    ފުރަތަމަ ތަމްރީނުދޭންވީ މަނިކުފާނު މަގުމަތިން ހޮވައިގެން ތިޔަ ވައްދާ ސިޔާސީ )ޑެިއުޓީ މިނިސްޓަރ، ސްޓޭޓު މިނިސްޓަރ، ޕޮލިސީ ޑިރެކްޓަރ ފަދަ.......( މީހުންނަށް ނޫންތޯ؟ ތެދަށް ރޮގުދަމަން ނޭގޭ ޑެޕިއުޓީ މިނިސްޓަރުން އެބަތިބި އެމީހުންނަށް އެމީހުންގެ މަގާމުގެ ނަންވެސް ކިޔަންނޭގޭ މިހުން އެބަތިބި! އޭގެ މީހަކު ގާތު އަހާލީ ކޮންމަގާމެއްގަތޯ ބުނީ ތިމަންނަމީ ދެޑިއުޓީ މިނިސްޓަރޭ!

    14
    2
  2. ޙެހެހ

    ކޮން ތަމްރީނެއް ހުރެގެންތޯ ދައުލަތުގެ ބޮޑެތި މަޤާމްތަކަށް ސިޔާސީ މީހުން ތިނަގަނީ ، އަދި ސައްތަ އިސްލާމީ މި ރާއްޖޭގެ ޤާނޫނު ހްދާ މަޖިލީސްއަށް މެމްބަރުންނަށް ވެވެނީ ކޮންތަމްރީނެއް ހަދާގެންތޯ ، އެމީހުންގެ މުސާރަ އެހާ ބޮޑީ ކޮން އިލްމެއް އޮވެގެންތޯ ؟؟؟؟ ސިވިލް މީހުންގެ މުސާރައަށް ބަދަލެއް ގެންނަން ތިބުނަނީ ، އެމީހުން ޖެހެނީ މަތީ ތައުލީމެއް އުނގެނެއް ، އެތައް ސަނަދެއް އޮވެގެންނޭ 20000ރ ވެސް ލިބޭނީ ، މީ ކޮން އުޞޫލެއް

    5
    1
  3. އިމާ

    ބޭނުމީ ބޮޑުކުލީގަ ހަނާވުމުން ސަލާމަތަވުން

  4. އައްޔު

    ތަމްރީނަށްވުރެ ބޮޑަށް ބަލަންވީ ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ދެމިތިބޭނެ މުވައްޒަފުން ހޯދުން ނުވަތަ ރައްޔިތުންނަށް ޙިދުމަތް ދިނުމުގައި ތަފާތުކުރުމެއްނެތި ޚިދުމަތްދޭނެ ޚިދުމަތްތެރިން ހޯދުން ވާތުވެދިޔަ 35 އަހަރު ތަމްރީން ނުދެވޭކަމަށް ވަކާލާތުކުރުމަކީ ގޯހެއް

  5. ގުދުގުދާބެއްޔާ

    ވަތްމުސާރައިގައި މަސައްކަތް ކުރާތާ 6 އަހަރަށް ވުރެން ގިނަދުވަސްވީ! ދެން ކީޢްކުރަން ފުރާ އެޕްރައިސަލް ފޯމެއް! ދެން އެފޯމް ފުރާނެ އެއްވެސް ގޮތެއް ނޯންނާނެ!