ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީއިން ކުރިއަށްގެންދިޔުމަށް ނިންމާފައިވާ "އޮޕަރޭޝަން ކުރަނގި" މިއަދު ކ. ހިންމަފުށިން ފަށައިފިއެވެ.

އެ އޮޕަރޭޝަނަކީ ޤަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެ މިނިސްޓްރީ އާއި ދިވެހި ފުލުހުންގެ ހިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ހިންގާ ޤައުމީ ހަރަކާތެކެވެ.

މި އޮޕަރޭޝަން ފެށުމުގެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުޅޭ ބިދޭސީންގެ ފިންގާޕްރިންޓާއި ފޮޓޯގްރަފިކް އައިޑެންޓިފިކޭޝަނާއި ބައޮމެޓްރިކް ޑާޓާއާ އެއްކޮށް އެމީހުންގެ މައުލޫމާތު ސިސްޓަމަށް އެޅުމުގެ މަސައްކަތް އެއް އަހަރު ދުވަސްތެރޭ ނިންމާލާނެ ކަމަށެވެ.

"ފުރަތަމަ އެއް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކުރަން ނިންމާފައިވާ މަސައްކަތަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ބޭރުމީހުންގެ ތެރެއިން ޤަވައިދާ ޚިލާފަށް މަސައްކަތް ކުރަމުން އަންނަ ބޭރު މީހުން އަޅުގަނޑުމެންގެ ސިސްޓަމުގެ ތެރެއަށް ނިޒާމުގެ ތެރެއަށް ގެނައުމުގެ މަސައްކަތް. މިއަދު މިތާ ފެށިގެން މިދާ ހަރަކާތަކީ ކ. އަތޮޅު ހިންމަފުށީގައި މިވަގުތު އެކި ގޮތްގޮތުން މަސައްކަތް ކުރަމުން އަންނަ ބިދޭސީން މި ސިސްޓަމުގެ ތެރެއަށް އެމީހުންގެ ފިންގާޕްރިންޓާއި ފޮޓޯގްރަފިކް އައިޑެންޓިފިކޭޝަނާ އެއްކޮށް ބައޮމެޓްރިކް ޑާޓާއާ އެއްކޮށް އެމީހުންގެ މައުލޫމާތު އަޅުގަނޑުމެންގެ ސިސްޓަމަށް ނެގުން." އިހުސާން ވިދާޅުވިއެވެ.

ސަރުކާރުން މިދިޔަ ހޯމަ ދުވަހު ކުރިޔަށް ގެންދިޔަ "އަހާ" ފޯރަމްގައި އިހްސާން ވިދާޅުވީ ރާއްޖޭގައި ތިބި ބިދޭސީންގެ ޖުމްލަ އަދަދު ކަނދައެޅިގެން ބުނަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ބިދޭސީން ނިޒާމަށް ފެއްތުމުން އެ މީހުން ރާއްޖެ ގެންނަ މީހާ ނޫން އެހެން މީހަކުގެ ނަމަށް ބިދޭސީ މީހާ ބަދަލުކުރަންވެސް ފަސޭހަވެގެންދާނެއެވެ. މި މަސައްކަތުގެ ތެރެއިން ބިދޭސީ މީހާ ރާއްޖެ ގެނައީ ކޮން ފަރާތަކުންކަން ދެނެގަނެވިގެންދާނެ ކަންވެސް އިހުސާން ފާހަގަކުރެއްވި އެވެ.

ސަރުކާރަށް ދައްކަން ޖެހޭ ޓެކްސް ނުދައްކައި ފިލައިގެން އުޅޭ ބިދޭސީންނަށްވެސް އެފުރުސަތު ދިނުމަށްފަހު ސިސްޓަމުގެ ތެރެއަށް ނުވަދެ އުޅެންޏާ އެމީހަކު ޑީޕޯޓްކޮށްލާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކާކުކަން އެއްގޮތަކަށްވެސް ނޭނގޭ މީހުން އެ ގައުމެއްގެ އެމްބަސީއާ ގުޅިގެން އެ މީހަކު އައިޑެންޓިޓީ ހޯދައި ކުރިޔަށް އޮތް 3 އަހަރުތެރޭ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޙެހެހ

    އުއްމީދުކުރަން ވަކި ކޮމްޕެނީއަކަށް ނިސްބަތްވީމަ ތަފާތުނުކޮށް އަދި ވަކި މީހަކު ގެނެސް ތިބިއަސް ޤަވައިދުގެ ބޭރުގައި ބޭރުމީހުންތިބި މޫނަށް ބެލުމެއްނެތި ސީދާ ފޮނުވާލާނެކަމަށް ، ސިސްޓަމް ތެރެއަށް ވައްދަން މިހާރު ހުންނާނީ ފުރުޞަތު ދެވިފަ

    26
    1
  2. ޑރ. ރާމީ ޙަސަން މަނިކު ޕީ.އެން.އެފް

    ބިދޭންސީން ނިޒާމް ގެ ތެރެއަށް ވައްދަން ހޯމް މިނިސްޓަރު އިޙްސާން މިހާތަނަށް ދައްކާފަ ހުރީ "ދެއުޅިއެއް ނުވާ" ވާހަކަ. އެއްވެސް ތާކަށް "ބޮންދުން" އަދި ބިދޭސީން ބޭނުން ނުވާ ވާހަކަ ބުނާއިރު އެޑިއުކޭޝަން ގަ ޕިއޯނުންނަށް ވެސް ތިބީ "ބޮންދުން". ފިންގަރ-ޕްރިންޓް އަކީ ރާއްޖެ އެތެރެ ވާއިރު ނަގާ އެއްޗެއް. އެ "ޑާޓާ ބޭސް" އަށް ވީ-ކިހިނެތް ބާ؟ އިޙްލާސް-ތެރި ކަމެއް ހުރެގެން ދައްކާ ވާހަކަ އެއް ނޫން! ޔާމީން ވެރިކަމަށް ވަޑައިންނެވި ދުވަހަކުން ނޫނީ މިކަހަލަ ކަންކަމެއް ނުވާނެ!

    18
    20
  3. ކޮރަލް

    ސައްހަ ވޯކްޕާމިޓް ނެތި އެއް ރަށުން އަނެއް ރަށައް ނުދެވޭ ގޮތް ހަދަން ވީ އެވެ.

    13
  4. އިދުރީހު

    ގަވާއިދާޚިލާފައް އުޅޭ ބިދޭސީން ނިޒާމް ގެ ތެރެއަށް ވައްދަން ގަވާއިދާޚިލާފައް އުޅޭ ދިވެހީން ޖަލު ގޮޅިއައް މީތަ އެބުނާއިންސާފަކީ މީބިދޭސީންގެ ރާއްޖެއެއްތަ އޮޅިއްޖެ!

    11
  5. މޯދި

    ހުއްޓުވަންޖެހެނީ ލޭބަރެއްގެ ގޮތުގައި ހުރެ ކޮއްމެވެސް ދިވެއްސަކައް ލާރިކޮޅެއްދީގެން އެދިވެހި މީހާނަމުގައި އުރާ ވަގުވިއަފާރިއެވެ، ކައްމަތީ ކުދިވިއަފާރީގެ ފުރިހަމަކޮންޓުރޯލް މިހާރު އޮތީ ބިސިން އަތުގައެވެ.

    13
  6. ބާގާބަން

    ކުރަންގެއް ނުން ކާޅު ވިޔަސް ވާނެ ގޮތެއް ވާނީ ގެންގުތައް ވެސް ހިންގަނީ ބިދޭސީން މިގައުމުގަ

  7. ޢަލީ

    ސުވާލަކީ ތިއީ ސަރުކާރުގައި ނެތް މަޢުލޫމާތެއްތޯއެވެ؟ ދިވެހިރާއްޖެއަށް އެތެރެވެ ބޭރުވާ ކޮންމެ ފަހަރަކު ތިޔަ ބިދޭސީންގެ ފޮޓޯއާއި ފިންގްޕްރިން އެކްސްޕެޓް ސިސްޓަމަށް އަޅައެވެ. އެގޮތަށް ސިސްޓަމަށް ނާޅާ ހަމަ އެކަކުވެސް ޓޫރިސްޓެއްގެ ގޮތުގައި އެތެރެވި މީހެއް މެނުވީ ނުހުންނާނެއެވެ. މީގެ އިތުރުން ފިންގަ ޕްރިންޓާއި ފޮޓޯ ނެގުމުގެ ބޮޑު އޮޕަރޭޝަނެއް ކޮންމެ ސަރުކާރެއް ވެރިކަމަށް އަންނަ ފަހަރަކުވެސް ކުރެއެވެ. މަވެސް އެއިން މަޢުލޫމާތެއް ސިސްޓަމަކު ހުންނަކަމަކަށް ނުވެއެވެ. މީ އަޅެ ބަޔަކަށް ދައްކަން ކުރާ އެއްވެސް އިޚްލާސްތެރި ކަމެއް ނެތް ކަމަކީ ތޯއެވެ؟ ހައްޔަރުވެސް ކުރެވެނީ ސިޔާސީ ނުފޫޒެއްނެތް އާދައިގެ މީހަކު ގެންގުޅޭ ބިދޭސީއެކެވެ. ތިޔަ ބޭފުޅުންނާއި ގުޅުން އޮންނަ މީހުންގެ މަސައްކަތުގައި އުޅޭ ބިދޭސީން ގެންދާ ތަނުން ދޫކޮށްލާކަން އެންމެންވެސް ދަނެއެވެ. މާރުކޭޓް ގޮޅިތައް ބަލައި ހައްޔަރު ކުރި މީހުންނަށް ވީގޮތް މިކަމުގެ މިސާލަކަށް ފުދޭނޫންހެއްޔެވެ.

  8. އބުރާހިމް ހަސަން

    މިޤައުމުގަ ޤަވާޢިދާ ޚިލާފައްއުޅޭ ބިދޭސީންނަކީ ބަޔަކު އަމިއްލައެދުމައް ޤަވޢިދާޚިލާފައް އެތެރެކޮއްގެންއުޅޭބައެއް އެތެރެކުރިނީހުންނައްވެސް ފިޔަވަޅުއަޅަންޖެހޭނެ އެމީހުންއަތުންލާރިނަގައިގެން އަދަބެއްނުލިބި ތިބެވިގެންނުވާނެ

  9. އބުރާހިމް ހަސަން

    މިޤައުމުގަ ޤަވާޢިދާ ޚިލާފައްއުޅޭ ބިދޭސީންނަކީ ބަޔަކު އަމިއްލައެދުމައް ޤަވޢިދާޚިލާފައް އެތެރެކޮއްގެންއުޅޭބައެއް އެތެރެކުރިމީހުންނައްވެސް ފިޔަވަޅުއަޅަންޖެހޭނެ އެމީހުންއަތުންލާރިނަގައިގެން އަދަބެއްނުލިބި ތިބެވިގެންނުވާނެ

  10. މަހުމާ އަލިބެ

    ބިދޭސީން ނިޒާމުގެ ތެރއަށް ގެނައުން އައު އަޑެއްނޫން ކުރިން އެކަމުން ލިބުނީ ފައިސާ ގަނޑެއް ފައްޔަބޯ އެކަމުން ނެގީ ނާޖާއިޒް ފައިދާއެއް

  11. ކަހުރަބު

    ތި ކަން ޙައްލު ކުރަން އެންމެ ފުރަތަމަ ކުރުން ރަނގަޅު ކަމެއް އެވެރިން ހިތުހުރިހާ ގޮތަކަށް " ޕާރކް " ތަކަށް ވަދެވޭ ގޮތަށް އޮތް އޮތުން ހުއްޓުވުން އެ މީހުން އަތުން " ފީ " އެއް ނެގުން އޭެރުން ޕާރކު ތައް ބަލަހައްޓަން ކުރާ ހޭދައަށް ލުޔެއް ލިބި އެމީން އިޖްތިމާޢީ ގޮތުން ތަރުބިއްޔަތު ކުރުމަށް ވެސް ބާރު އެޅޭނެ

  12. އަމަލު

    ގަވާއިދާ ހިލާފަށް އުޅޭމީހުން ވަގުތުން ޑީޕޯޓް ކުރަންވީ،އޭރުން ހަރަދު އަދި މަސައްކަތްވެސް ފަސޭހަވާނެ، ދެން އެތެރެވާމީހުނާއި ގަވާއިދަށް ފެތޭ މީހުން ސިސްޓަމެޓިކްކޮށް ބަލަހައްޓަންވީ.

  13. މިކަން ކުރެވޭނީ މިގޮތަށް.

    މިއީ ކޮންމެ ސަރުކާރަކުން ވެސް ކުރާ ކަމެއް. އެކަމަކު މިގޮތަށް މިކަން ހައްލު ނުވާނެ. ބިދޭސީންގެ މައްސަލަ ހައްލުވާނީ މާލެއިން ބިދޭސީން ބޭރުކޮށް ތިލަފުށިފަދަ ތަނެއްގަ އެކްސްޕެޓް ސިޓީ ހަދައިގެން. މިތާ ދިވެހިންތެރޭގަ އެމީހުން އުޅެންޏާ ކުދިވިޔަފާރިތަކަށް އެމީހުން ވަންނާނެ. އެހެން ގައުމުތަކުގަ ވެސް އެކަން ކުރަނީ އެހެން. ޖަރުމަނުން ދުވާލަކު 2 ލައްކަ މީހުން ސުވިޒަލެންޑަށް މަސައްކަތު ދޭ. މަަސައްކަތް ނިމުނީމަ އެތަނުގަ ކައިބޮއި ނިދައި އެތާ މީހުންނާ އިނުމެއް ނޯވޭ.

  14. ޚިޔާލު2

    ޢެތެރެވީ ގޮތެއް އެގެން އޮންނަށްޖެހޭނެ އެމީހެއްގެ ފިންގަރ ޕްރިންޓާ ލިއެކިއުމުން ދެނެގަނެވެންވާނެ.
    ގަވައިދަށް 3 ދުވަހުގެތެރޭ ފެއްތެއްދެން އެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައިބަހަށްޓާ މަދުވެގެން މަހަކު 2000 މީހުން ގަވައިދަށް ފެއްތޭނެ އެކަމަށް ހިގާ ހަރަދު އެމީހެއްގެއަތުން ސަރުކާރަށްނަގާ. ޢިލެކްޝަނުގެ އެހީތެރިކަށްހޯދާ.
    3އަހަރުގެ މުއްދަތު މާ ދިގު

  15. Anonymous

    ބިދޭސީން އަތުން ބޮޑު ލާރިގަނޑެއް އަތުން ހިންގާ އޮޕަރޭޝަން "ބިދޭސީން ފެލުން"..
    ތިޔަ ކަހަލަ އޮޕަރޭޝަނެއް ހިންގި ސަރުކާރުގެ ޔަފައްޔާޒުވެސް.

  16. ރަށުމީހާ

    އަދިވެސް އެމީހުން ބައިތިއްބަން ދޯ ތިޔަ ވިސްނަނީ ، މިތަނުން ބޭރުކުރާ ހިޔާލެއް ނުގެންގުޅެން ދޯ ، ސާބަސް އެހެން ވީމަ
    މިހާރު ދަރިޔަކު ގޮވާގެން ޕާކެއް ކީއްކުރަން ހުސްކޮއް އޮންނަ ދިމަލާކައްވެސް ދެވެން ނެތް ، ތިޔަ ބާމީހުން ގިނަކަމުން ، ދެން ތިބޭނީ ކަޅި ޖަހާނުލާ ބަލަން .

  17. ނާޒިޙު

    ޤަވާޢިދާއި ޚިލާފަށް ރާއްޖޭގައި ހުރި ބިދޭސީ އެއް ކަމަށް ވަންޏާ؛ ބައިނަލް އަޤްވާމީ ޤާނޫނު ތަންދޭ އެންމެ އަވަހަކަށް އެމީހަކު މިރާއްޖެއިން އެމީހެއްގެ ޤައުމަށް ފޮނުވާލަންވީ. ޤަވާޢިދާއި ޚިލާފަށް އުޅޭ ބަޔަކު މިޤައުމުގައި ބައި ތިއްބައިގެން ނިޒާމްގެ ތެރެއަށް ވައްދާ ވާހަކައެއް މިޤައުމުގެ ޤާނޫނަކު ނެތް. ޤަވާޢިދާއި ޚިލާފަށް މިޤައުމުގައި އުޅެމުންދާ ބިދޭސީން ނިޒާމްގެ ތެރެއަށް ވައްދާ ވާހަކައެއް ނިމިދިޔަ އެމް.ޑީ.ޕީ ވެރިކަމުގައި މިނިސްޓަރ ފައްޔާޒް އިސްމާޢީލް ދައްކަ ދައްކާ ހުރެ އެވެރިކަން ނިގެންދިޔައީ. ކުރީ އެހެން ކަމެއް.
    މިޤައުމުގައި ތިބެން ނުޖެހޭ ބޭރު ޤައުމެއްގެ ސިފައިން މިޤައުމުން ބޭރުކުރެވޭހާ އަވަސް މިނުގައި މިހާރު މިޤައުމުގައި ޤވާޢިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީން މިޤައުމުން ބޭރު ކުރެވެން ޖެހޭނެ ކަމަށް ދެކެން. މި 02 މަސްއަލަ އަކީވެސް މިޤައުމުގެ މިނިވަން ކަމާއި ސިޔާދަތާއި ގުޅިފައިވާ އެއްވަރުގެ ޤައުމީ 02 މަސްއަލަ ކަމަށް ދެކެން.
    ޤަވާޢިދާއި ޚިލާފަށް މިޤައުމުގައި އުޅެމުންދާ ބިދޭސީންނަށް ކިތަންމެ ވަރަކަށްވެސް ފުރުޞަތު ދެވިއްޖެ. ނިމިދިޔަ އެމް.ޑީ.ޕީ ވެރިކަމުގައިވެސް މި ބިދޭސީންގެ ވާހަކަ ދެއްކި. އެކަމަކު މިހާރު އެމަސްއަލަ އޮތީ ކުރިއަށްވުރެ ނުބައިކޮށް. މިހާރު ރާއްޖޭގެ މަސްދޯނި ފަހަރުގައި މަހަށް ދިއުމުގައިވެސް ދިވެހިންނާއި އެއްވަރަށް މި ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީން އެބައުޅޭ. މިކަން ފެންނަ ސަރުކާރެއް ނެތް.
    ދިވެހި ރައްޔިތުން ޤައުމާމެދު ވިސްނާފަ އެމީހެއްގެ ފެންވަރުން މިލިޔާ ޚިޔާލްތައް ދުވަހުން ދުވަހަށް ސަރުކާރަށް ފޯރުކޮށް ދެވޭނެ އިންތިޒާމެއް ނޫސްވެރިކަމުގެ ދާއިރާގެ ތެރެއިން ހަމަޖައްސަވައި ދެއްވުމަކީ ވަރަށް އެދޭ ކަމެއް ކަމުގައި ދަންނަވަން.