މަޖިލީހުގެ އިންތިހާބުގައި ށ. ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީ ކެންޑިޑޭޓް މުހައްމަދު މަމްދޫހް (މަންޑޭ) އަށް ސިހުރު ހެދިކަމަށް ތުހުމަތުކުރާ "ސިހުރުވެރިޔާ" އެ ރަށުގައި ހުރި ގެއިން ސިހުރު ހެދުމަށް ބޭނުންކުރާ ލިޔުންތަކާއި އާލާތްތައް ފެނިއްޖެއެވެ.

"ވަގުތު"އަށް އެކި މަސްދަރުތަކުން ކަށަވަރުވެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ، ފުނަދޫގައި "ސިހުރުވެރިޔާ"ހުރި ގެ ފުލުހުން ބަލައި ފާސްކުރިއިރު ވަނީ ސިހުރު ހެދުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފެނިފައެވެ.

އެ ތަކެތީގެ ފޮޓޯތައް ފުނަދޫގެ މީހަކު ވަނީ މީސް މީޑިއާގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން ސިހުރު ހަދަން ބޭނުން ކުރާ ލިޔުންތަކާއި އެހެނިހެން އާލާތްތައް ދައްކާލާފައިވެއެވެ. އޭނާ ބުނި ގޮތުގައި އެ ފޮޓޯތައް ހިއްސާ ކުރީ އެއްޗެއް ފެނުނުތޯ ބައެއް މީހުން ސުވާލު އުފައްދާތީއެވެ.

"ހުކުރު ދުވަހު ކަނޑު ފައްތަން ދާން ތައްޔާރުކޮށްފައިވާ އެއްޗެއް ކަފުން ކޮށްފައި އޮތީ. އެއްޗެއް ފެނުނުތޯ ސުވާލު އުފައްދާ ކުދިންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަމަށް އުންމީދު ކުރަން،". އެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ ސިހުރު ހަދައިގެން މަމްދޫހް މަރާލުމަށް އެ "ސިހުރުވެރިޔާ" ގެނައި މީހުންނާއި އެކަމަށް ފަންޑުކުރި މީހުންނާއި އެހީތެރިވި މީހުން ދޫކުރެވެން ނެތް ކަމަށެވެ.

ސިހުރު ހެދި ކަމަށް ބުނާ މީހާ ފުނަދޫ ޕޮލިސް ސްޓޭޝަނުން ނެރެގެން ކޯޓަށް ގެންދަނީ

ފުނަދޫގެ ފަސް ގަހަކުން ވަނީ މަމްދޫހަށް ސިހުރު ހަދައި، ޖަހާފައި ހުރި ލޮއި ކޮޅުތަކެއް ވެސް ފެނިފައެވެ. ރުގްޔާ ކުރާ މީހުން ބުނާ ގޮތުގައި އެއީ އޭނާ މަރާލަން ހަދާފައިވާ ސިހުރެކެވެ.

މަމްދޫހަށް ސިހުރު ހެދިކަމަށް ތުހުމަތުމަތުކުރަނީ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅަށެވެ. އޭނާ އެކަން ކުރީ ރަށުން ބޭރުން މީހަކު ގެނެސްގެން ކަމަށް ދަނީ ތުހުމަތު ކުރަމުންނެވެ. އަދި އެ "ސިހުރުވެރިޔާ" ބަހައްޓާފައިވަނީ އިބްރާހިމްފުޅުގެ އާއިލާ މީހެއްގެ ގޭގައި ކަމަށް އެ ރަށުން މައުލޫމާތު ލިބެއެވެ.

ނަމަވެސް އިބްރާހިމްފުޅު އެކަމަށް ކުރީ އިންކާރެވެ. އޭނާ ވިދާޅުވެފައި ވަނީ ސިޔާސީ ކަމެއްގައި މީހަކަށް ދެރައެއް ނުދޭނެ ކަމަށެވެ. އަދި މައްސަލަ ރަނގަޅަށް ތަހުގީގު ކުރަން ވެސް ގޮވާލެއްވިއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ "ސިހުރުވެރިޔާ" ކަމަށް ތުހުމަތުކުރާ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. އަދި އެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވެއެވެ.

އެ މީހާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިޔަ ގަޑީގައި ފުނަދޫ ރައްޔިތުން ވަނީ ހަމަނުޖެހުން ހިންގައިފައެވެ. އެހެންވެ، އެ މީހާ ރަށުން ބާލަން ޖެހުނީ އެހެން ރަށްރަށުން ފުލުހުން ގެނެސްގެން ހިމާޔަތް ދީގެންނެވެ.

ފުނަދޫ ރައްޔިތުން ނުކުތީ "ސިހުރުވެރިޔާ ހަވަރަށް ދޭން", ކޮންޓްރޯލު ކުރަން ޕެޕާ ސްޕްރޭ ޖަހައިފި

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ތޭރަވާ

    ސިހުރު ހަދާކަން ސާބިތުވެއްޖެނަމަ ދީނުގަ އޮތް ހައްގު އަދަބު ދޭން ގޮވާލަން. މީހުން މަރާ އިރު ބަލަހައްޓައިގެން ތިބެވޭކަށް ނެތް

    93
    2
  2. އަހުމަދު

    ސިހުރުން މީހުންމަރައި ދުވަސްދުއްވާލެވިދާނެ! އިސްލާމްދީނުގައި އޮތީ ސިހުރުވެރިޔާގައިގައި ކަނޑިންޖެހުން!

    21
    • ޢަހުމަދުވަގާރު

      އެހާ ބާރުގަދަ މީހަކު ކިހިނެއް ބާ ކަނޑިން ޖަހާ މަރަނީ

  3. Anonymous

    ސިހުރުވެރީންނަށް އިސްލާމްދީނުގެ އޮތް މަރުގެ ޙުކުމް ތަންފީޒު ނުކުރެވޭހައި ހިނދެއްގައި މި ރާއްޖެއިން ސިހުރުހެދުން ހުއްޓުވައެއް ނުލެވޭނެ. އޭރުން މާދަމާވެސް އަނެކާ މަރާލުމަށް އެ ނުލަފާ ސިހުރުވެރީން ސިހުރުހަދާނެ. ލައްކަ ގިނަ ވާހަކަދެއްކޭނެ މިކަމާ ގުޅޭގޮތުން. ނަމަވެސް މި މިންވަރުން ނިންމާލަން.

    23
  4. މަކިޓާ

    ރާއްޖޭގެ ގާނޫނު އޮންނަގޮތުން ތިޔަ ނުލަފާ ޖާހިލުންނަށް އެޅޭނެ ފިޔަވަޅެއްނެއް ތިމީހުންޖެހޭނީ ކަޑިންޖަހާ ބޯބުރިކޮށްލަން

    14
  5. ނަސީރު

    ސިހުރު ހަދާ މީހުންނަކީ އަހަރެން މިދުނެ މަތީގައި އެންމެ ރުޅިއަންނަ މީހުންނެވެ، އަހަރެން ތިޔަ ތަނުގަ ހުރިނަމަ ހަތްޔަރު ކުރިޔަސް ހަނި ފުރުސަތެއް ލިބުނަސް އަޅާ ވިހެލާނަން ބީތާ ވާވަރައް .

    • ޢަހުމަދުވަގާރު

      އެއީ ކީއްވެބާ

  6. ޙެހެހ

    ތިއަޑު އެބަޖެހޭ ގަދަވާން ، މިހާރު ތި ސިހްރާއި ހަސަދަވެރިކަން އިންތިޚާއަށް ބޮޑުވެއްޖެ ، ތިކަން އެނގޭމީހުންވެސް ހަމަ ޗުކުޗުކު ލައްވާ ތިބެނީ ، މިމީހަކު އެއީ ސިހުރުހަދާމީހެކޭ ކިޔަނީ ، އެބަޖެހޭނޫންތައް ހުރިހާ ރަށަކުން މިއަޑު ގުގުމާލަން ، ރާއޖޭގެ މަދުރަށެއް ނޫނީ ހުރިހާ ރަށެއްގައި ތިޔަ ސިހުރުގެ ވަބާ އެބައޮތް ، ހިނގާބަލަ ރައްޔިތުން ނުކުންނާ ، ދައުލަތުންވެސް މޯ މާމުހިއްމުކަމަކަށް ނުހަދާވިއްޔާ ، ވެރިންވެސް ދައުލަތުން ދިނީމަ މަޅާލާގެން ހަމަ އުޅެނީ ، މިކަން ހުއްޓާކަށް އެއްވެސްކަމެއް ނުކުރޭ

    11
  7. އަހްމަދު

    ތިޔަބުނާ ސިހުރެއްހެދީ ތުހުމަތުކުރާމީހާކަން ސާބިތުވާނެބާ އެމީހާހުރިގެއިން ސިހުރުހަދަންބޭނުންކުރާއެއްޗެހި ފެނުނުއިރު އެގޭގައެހެންމީހުންވެސް އުޅޭއިރު ކިހިނެއްބާ ވަކިމީހެއްގެބޮލުގަ އެކަންއަޅުވާނީ

    7
    19
  8. ހުސޭނުބޭ

    ވީމާ އެރަށު މީހުން ހާދަ ކެތްގަދައެވެ. ހާދަ ހިތްހެވޭ! އެވަރު ނުބައި މީހެއްގެ ގާގައި އަތްވެސްޖައްސާނުލައެވވެ. އަހަރެމެންނަމަ ތި މީހާ ނޮޅާލާނަމެވެ.

    23
    4
    • ނަންނު

      ކެތް ގަދައީކީ ނޫން. ސިހުރުވެރިޔާ އާއި ކުރިމަތިލާނެ ހިތް ވަރު (ގަޓު) ނެތީ

      5
      2
  9. ނަސީރު

    ތިޔަ ސިހުރުހެދި މީހާގެ ވަނަވަރުވެސް ހާމަ ކޮށްލިނަމަ ތާދޯ ، ޚަބަރު ފުރިހަމަ ވާނީ ........

    މި ޚަބަރު ކީ އެންމެންސް ބޭނުންވާނީ އެއީ ކާކު ކަން އެގެން.
    ފުރިހަމަ ނަން:
    އެޑްރެސް:

    37
    0
  10. Anonymous

    ތިއީ ޒާތީގޮތުން މީހުންނާއި ދިމާކޮށް ބުލީގޮށްގެން އުޅުމާއި ސިޔާސީކުޅިގަނޑެއް ސިހުރާއި ހާހޫރަކީ މިހާރަކު އޮންނައެއްޗެއްނޫން ސައިތާނާ އުފައްދައިގެންއުޅޭ ވަހުތާނީ އަމަލެއް

    7
    12
  11. ކަށިކެޔޮ އާދަނު

    ސިހުރުހާހޫރައަށް އީމާންވާބަޔަކަށް ތިޔައީ އެފަދަތަކެތިކަމަށް ގަބޫލުކުރެވުނަސް ތިޔައީ އިރެއްގަ ބަޔަކުމީހުން ކުރަހައިގެންއުޅުނު ނެވިކަމާއި ދަނޑުވެރިކަންކުރަންބޭނުންކުރި އަކުރިތަކަކާއި ނަންބަރުތަކަކާއި ފޮޓޫތަކެއް!!

    2
    13
  12. ސިހުރު

    އިޒްރޭލްގެ ވެރިންނަށް ތި ސިހުރުހަދައި އެމީހުން ބަލިކުރަން ސިހުރު ޓީމެއް އެދިމާލަށް ފޮނުވަން ފެނޭ

    17
    1
    • ކ

      ދަންނަވަންތޯ؟ އީމާން ކަމުގެ އަހުލުވެރިން ބޭނުން ކުރާނީ ސިހުރެއްނޫން ދުޝްމިނުން ބަލިކުރަން.

    • ލދނ

      ސިހުރުވެރިން ބަލިކުރަން މޫސާގެފާނު ބޭނުން ކުރީ ސިހުރެއް ނޫނެއްނު!

  13. ޖޯކަޜޭ

    ތިމީހާ ފޮނުވަންވީނުން، އިސްރާއީލު ފަލަސްތީނު ހަގުރާމަ ހުށްޓުވަން، ތީ ށަމުސު އަލްމާރީ ގައި ހުރި އެއްޗިސް ތިފޮތް ވިއްކަން ހުރޭ....

  14. ދިވެހި މީހާ

    ތިިޔަ ކަމުގަ ދީނުގަ އޮންނަ އަދަބު ދެއްވާ ތިޔަ ފެހި ގާނޫނައްވުރެ މާމަތިވެރި ގާނޫުނުގަ ވާގޮތައް އަމަލޮކުރެއްވުމައް ކަމާބެހޭ ފަރާތް ތަކައް ގޮވާލަން