ކޯލިޝަންގެ ވެރިކަމެއްގައި ވެސް ގައުމަށް އިތުރު ކުރިއެރުުން ހޯދައިދޭނެކަމަށް އުއްމީދު ކުރައްވާކަމަށް، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގޮތަށް ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށާއި، އެމަނިކުފާނުގެ ރަނިންގ މޭޓް ފައިސަލް ނަސީމްއަށް މަރުހަބާ ވިދާޅުވެ، ފޭސްބުކްޖައި ޖެހި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ކޯލިޝަންގެ ވެރިކަމެއްގައިވެސް ގައުމަށް އިތުރު ކުރިއެރުުމާއި، ކާމިޔާބީ އަދި ތަރައްގީ ހޯދައިދޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

އަދި ސިފައިންނަށް ތައުރީފް ކުރައްވަމުން މިނިސްޓަރ ވަނީ، ވޭތުވެ ދިޔަ ދުވަސްތަކުގައި ގައުމު ސުލްހަ މަސަލަސްކަން ގެނެސްދެއްވުމުގައި ސިފައިން ކޮށްދެއްވި މަސައްކަތްތަކަށް އައްސަރިބަހާއި ސާބަސް ރައްދުކޮށްފައެވެ.

"ވޭތުވެދިޔަ ދުވަސްތަކުގައި ދިވެހި ސިފައިން ގައުމުގެ ސުލްހަ މަސަލަސްކަމާއި، ގައުމުގެ އިސްތިގުލާލާއި، މިނިވަންކަން ދެމެހެއްޓުމަށާއި، ރިޔާސީ އިންތިހާބު އަމާންކަމާއި، އޮމާންކަމާއެކު ކުރިއަށްގެންދިއުމަށް ސާބިތުކޮށްދީފައިވާ މަސައްކަތްތަކަށް އައްސަރިބަހާއި ސާބަސް ދަންނަވަން"،. މިނިސްޓަރގެ ފޭސްބުކް ޕޯސްޓުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހަހަ

    ކަލޭގެ މައްޗަށް ވެސް ދައުވާ ކުރެވޭނެ

  2. އެމްއާރުއެމް

    2008 ގައިވެސް ރިޔާސީ ކޮމިޝަނެއް އުފައްދައިގެން 800 މިލިޔަން ޑޮލަރު ހޯދަން މުޅިދުނިޔޭގެ ނަން މަންމޝްހޫރު ލޯފާމު ތަކުގެ ފުއްނާބު އުސް ލޯޔަރުންގެ އިރުޝާދުގެ ދަށުން ދައުވާ ކުރި އެކަމަކު ކިހިނެއްތަ ކަން ނިމުނީ

  3. ޝަކޫރު

    2008 ވަނަ އަހަރުވެސް ހަމަ ތިބާގާގެމީހުން ވެރިކަމަށް ގެނައީ ޤަވްމު ތަރައްޤިކުރާށާ ، ރައްޔިތުންނަށް ފަހިގޮތްތައް ހޯދާދިނުމަށާ ، ޢަދުލުއިންޞާފް ޤާއިމުކުރުމަށާ ، މައުމޫނުގެ އަނިޔާވެރިކަން ނައްތާލާ ނިޔާވެރިކަން ޤާއިމުކުރުމަށް ނަދުރުބުނެގެންނެވެ. އެދުވަހުވެސް މައުމޫނުގެ ވެރިކަން ނިންމަން ނުކުތީ މިހަރުވެސް ބައިޢަތުހިފައިގެން ތިބި ސޫފިތަކެވެ. ހުރިހާ އެންމެން އެކައްޗެއްކިޔާގެން ވެރިކަން ހޯދާދިނީމާ ދެން ކަންތައްވެގެންދިޔަގޮތް އެ ސޫފިތައް މިއަދުވެސް ހަނދާންހުންނަނެއެވެ. ދެންވެސް ވާނީ އެހެންނެވެ. މިފަހަރު އަދި މާ ކަންތައް ގޯސްވާނެއެވެ. ކޯލިސަނަށް 3 މަސްފުރުން ފާހަގަކުރާނީ ހުރިހާ ސޫފިތައް ނުކުމެ ތަޅާފޮޅުމަކުންނެވެ. ބަލަން ތިބޭނަމެވެ.

  4. ސުލައިމާނު

    ރައީސް ޔާމީން ފައްޓަވާފަހުރި މަސައްކަތްތައްވެސް ދެން ނުކުރެވޭނެ! ނިމެން ކައިރިވެފަހުރި ކަމެއް ފަހަރުގައި ކޮށްފާނެ! ދައުލްތުގެ ރިޟާވްއަށް ރައީސް ޔާމީން އެއްކުރައްވާފަހުރި 760 މިލިޔަން ޑޮލަރު ދުމަށް އަރާތަން ފެންނާނެ! ސ ގަމާ ހިތަދޫ ދޭތެރޭގައި އަޅާ 11 މެއިލްގެ ބްރިޖް ، ޅ. ނައިފަރާ ހިންނަވަރާ ދޭތެރޭގައި އަޅާ 4.5 މެއިލްގެ ބްރިޖް ދެކިލާހިތުން މިތިބީ! އެގިދަނެތާ!!!

    • އަޙުމަދު.

      ސ. ގަމާއި ހިތަދޫއާއި ދެމެދު ކީއްކުަރަން އަޅާ ބުރިޖެއްތަ؟ އެއްފަސްކޮށް ގުޅިފައެއް ނޫންތަ އޮންނަނީ؟ ދެން ހަމަ ކޮމެންޓެއް ކޮށްލީ ދޯ؟

    • Dhen

      ސ.ހިތަދޫއާ ގަމާ ދޭތެރޭގަ ބުރިޖެއް އަޅާކަށް ނުޖެހޭނެ.. މިހާރުވެސް އޮންނަނީ އަޅާފަ.. ޔާމީނު ކޮށްދިން އެންމެ ކަމެއްވެސް ނެތް މި އައްޑޫއަކަށް..

    • Ma

      ބުރިޖެއް ބޭނުމެއް ނޫން.. ބޭނުންވަނީ ހުރިހާ ސަރަހައްދެއްގައި ރަނގަޅު ފެންވަރުގެ ސިއްހީ ޚިދުމަތް ދެވޭނެ ހޮސްޕިޓަލް.. ބޭނުންވަނީ ރަށުގެ މަގުތައް ރަނގަޅު ފެންވަރެއްގައި ހަދަން. ބޭނުންވަނީ އިންސާފާއި އަދުލުވެރިކަން.. ބުރިޖު ނެތަސް އަހަރެމެންނަށް މިކަންކަން ފުރިހަމ ވަންޔާ އޯކޭ!

  5. ސަޢާދާ

    ތިޔަ ބުނި ކޮމިޝަން ހަދައިގެން ނަން މަޝްހޫރުހާ ބަޔަކު ގެނަސް ހިންގި ތަޙްޤީޤުތަކަށް ހޯދަން އުޅުނު ޢަދަދަށްވުރެ ބޮޑު އެއްޗެއް ޚަރަދުވި! އެއީ ޖީބަށް ޚަޒާނާ އަޅާލިގޮތް!

  6. ކެޔޮޅު

    ވަގުތު މީހުން ވަރަށް ދެރަވެއްޖެ ދޯ

  7. ސާބަސް

    ދިވެހި ސިވެހި ސިފައިންނަށާއި ފުލުހުންނަށް އައްސަރި ބަހާއި ސާބަސް ދާންންނަވައި ސެލިއުޓުކުރަން. ޑިފެންސް މިނިސްޓަރަށް ހެޔޮއެދުމާއި ތަހްނިޔާ އަރިސްކުރަން. ރައީސް ޔާމީނަށް ޝުކުރު ތަހްނިޔާ މުބާރިކްބާދު އަރިސްކުރަން. މިނިވަން ދިވެހި ރާއްޖެ، އިސްލާމިކް ދިވެހި ރާއްޖެ.

  8. ޢަބްދޫ

    ތިޔަކަން ކުެރެވޭނީ ނަސީދުގެ ޕަޕެޓާކަށް ނުވެއްޖެނަމަ

  9. ރައްޔިތުން

    ގައުމަށް ކުރިއެރުން ހޯދޭނީ ޔާމީނަށް އެކަނި ކަމުގައި ހީކުރިއަސް އެއީ ކުށްހީއެއް. މި ގައުމުގައި މިހާރު މިފެންނަ ހުރިހާ ތިބޭފުޅާވެސް ހިމެނޭގޮތުން އެހުރިހާ މީހުންބިނާ ކުރީ އެމީހުން އަމިއްލަ އަށް ނޫން އެހުނަރު އެބަހުރި ވީމާ ކަންކަމާއި ހަވާލުވާ ކޮންމެ މީހަކީ ގާބިލުމީހުން އެކަކަށްދޫނުކުރާނެ ބައެއް

  10. Anonymous

    މީހެއްގެ ޕަޕެޓަކައް ނުވާ މީހަކު ދައްކަބަލަ ކޮްނމެ މީހަކީވެސް އަނެއްމީހާގެ ޕަޕެޓެއް
    ކޮންފޮނި ވާހަކައެއް ދައްކާކަށް