ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ދިވެހި އެއްވެސް ރައްޔިތަކު މާފުކޮށްގެން ނުވާނެ ކަމަށާއި ނަމަވެސް ރައީސް ޔާމީން ވެސް ނުކުރާ ކުށަކަށް އަދަބު ދީގެން ނުވާނެ ކަމަށް ދާދި ދެންމެއަކި ޖަލުން މިނިވަންވި ދަނގެތީ ދާއިރާގެ މެންބަރު ކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަލު ހުކުމުން މިންޖުވުމަށް ފަހު މީޑިއާތަކަށް ދިން އިންޓަވިޔުއެއްގައި އިލްހާމް އަހުމަދު ވިދާޅުވީ ދިވެހި ރައްޔިތުން އަނިޔާވެރިކަމަށް ނޫނެކޭ ބުނީތީ ޝުކުރު އަދާކުރާ ކަމަށެވެ. ރައީސް ޔާމީނަކީ އަނިޔާވެރިއެއްކަމަށާއި އެއްވެސް މީހަކު ރައީސް ޔާމީނަށް މާފުކޮށްގެން ނުވާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

"އަޅުގަނޑަށް ޑީލް ހެދެން އޮތް. އެކަމަކު ޔާމީނާއި އެކު ޑީލްއެއް ނުހަދާނަން. ޔާމީނަކީ އަނިޔާވެރިއެއް. ޔާމީނަށް މާފުކޮށްގެން ނުވާނެ އެއްވެސް މީހަކު. އޭނާއަށް ހައްޤު އަދަބު ދޭން ޖެހޭނެ ކުރި ކުށަކަށް. ނުކުރާ ކުށަކަށް އަބަދު ދީގެން ނުވާނެ." އިލްހާމް ވިދާޅުވިއެވެ.

ޖަލުގައި ހޭދަކުރި ދުވަސްތަކަކީ ހިތްތަދި އަދި އަނިޔާވެރި ދުވަސްތަކެއް ކަމަށް އިލްހާމް ވިދާޅުވިއެވެ.

"ދޫނިދޫގައި އާދަޔާ ހިލާފު އަނިޔާވެރިކަމުގައި އުޅުނީ. ހޫނުގަދަ ކަމުން ފާހާނައިން ގަޔަށް ފެންއަޅައިގެން އުޅުނީ. ހަމަ އަޅުގަނޑުމެންނާއި އެކު ހައްޔަރުކުރި އެންމެންވެސް އުޅުނީ އެހާލުގައި" އިލްހާމް ވިދާޅުވިއެވެ.

އިއްޔެ ބޭއްވުނު ރިޔާސީ އިންތިހާބުގައި މަކަރު ހަދަން ބަޔަކު ރާވާފައިވާ ކަމަށާއި ނަމަވެސް އެކަން ފެއިލް ކޮށްލީ ދިވެހި ރައްޔިތުންނާއި ބައެއް މީޑިއާތަކުގެ ހިތްވަރުން ކަމަށް އިލްހާމް ވިދާޅުވިއެވެ.

މިދިޔަ ޖަނަވަރީ މަހު ފަހުކޮޅު އިލްހާމް ހައްޔަރު ކުރީ މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުރެ ރިޝްވަތު ހިފައި، ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތުގައެވެ. ޝަރީއަތް ނިމެންދެން އިލްހާމް ބަންދުގައި ބެހެއްޓުމަށް މީގެ ކުރިން ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ފަރީދު

    އޭއި އަހަރުމެން 96000 މީހުން އެބަ ތިބިން އިގޭ އިލްހާމޫ

  2. ީނަޒޫ

    ޤާނޫނު ކުރިމަތީގައި އެންމެން ހަމަހަމަ ވާންޖެހޭނެ. ކުށެއް ކޮށްފިނަމަ ހައްްޤު އަދަބު ލިބެންޖެހޭނެ. ރައީސަކަސް، ފަޤީރަކަސް

  3. 3ނިރު

    ޔާމީނަކީ ކުއްވެރިއެއްނޫން

  4. ހުސޭނުބޭ

    މޮޅު ގޮތެއް ބުނަންތަ؟ ތި ރިޝްވަތަށް ލިބިފައި ހުރި ފައިސާތަކާ ސިންގަޕޫރުން ގަނެފައި އެ ހުރި ފްލެޓް ޔާމީނަށް ދީ! އޭރުން މީހުންތައް އައިސް ޔާމީނުގެ ގަޔަށް ބޮލަށް އަރާގަންނާނެ! އަޅެ ދަހިވެތިކަމެއްނެތި އެ ފައިސާތައް ދޫކޮށްލަން ކެރޭނެތަ؟

  5. އަން

    ހަމަ ޖަލުގެ ތިޔަހޫނުގައި އެތަކެއް ރަްޔިތުންނެއް އެބަތި. ހަމައެކަނި ސަލާމަތްވާން ޖެހެނީ ސިޔާސީ ލީޑަރުން އެކަނިތަ؟

  6. ސަންދާނު

    96000 ވީ ސްޓޭންޑް ވިތް ޕްރެޒިޑެންޓް ޔާމީން

  7. ގަރަދަ

    މިއީ ހާދަ އަދަބު ދޭވާހަކަ ދައްކާ ގޮލައެކޭދޯ. ހީވަނީ ކުޑައިރު މީނާގެ މައިންބަފައިން ލައްކަ އަދަބު ދީފައި ހުރިގޮލައެއްހެން. ކަލޯ ޖަލުން ތިނިކުމެވުނީ ައަވަހަށް އަނބިގޮއްޔެ އަށް ހައްގުވާ އަދަބު ދޭން ގެއްއަށްދޭ. އެމަންޖެވެސް އެހުންނަނީ ތިޔަ އަދަބެއްލިބޭހިތުން ކެއްމަދުވެފައި.

  8. ޙާމް

    ބުރޯ ވާނުވާގަތަ އަދިވެސް. ބަލަ ކުރި ކުށްކަށް އަނިޔާއެއް ނުދެވޭނެ، ދެވޭނީ އަދަބު، އަނިޔާ މާނަ ކުރެވެނީ ނުހައްޤުން ބޭއިންސާފުން ދޭ އަދަބަށް.