ޖުމްހޫރީ ޕާޓީ(ޖޭޕީ)ގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމްއަކީ މިޤައުމު ނުދެކޭ ފަދަ ބަތތަލެއް ކަމަށް އެމަނިކުފާނުގެ އެޑްވައިޒަރ އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖުމްހޫރީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ ޤާސިމްއަކީ މިޤައުމު ނުދެކޭ ފަދަ ކުޅަނާދަ ބަތަލެއް ކަމަށެވެ. އެމަނިކުފާނު ރާއްޖެއަށް ގެނައި ތަރައްޤީ ގުނާ އަދަދު ނުކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ޤަބޫލުފުޅު ކުރަންޖެހޭ ހަޤީގަތަކީ އޮނަރަބަލް ގާސިމްއަކީ މިގައުމު ނުދެކޭ ފަދަ ވަރުގަދަ ބަތަލެއްކަން." އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ބޮޑު ސިޔާސީ ދެ ޕާޓީކަމަށްވާ ޕީޕީއެމާއި އެމްޑީޕީން ބުނާގޮތުގައި ގާސިމް ރައިސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަހަތަށް އަރާ ވަޑައިގެންނެވީ އެމަނިކުފާނުގެ މުދާވެރިކަން އިތުރު ކުރުމަށް ކަމަށެވެ.

އެހެންނަމަވެސް އެއީ މުޅިިން ދޮގު ތުހުމަތް ކަމަށާއި އެމަނިކުފާނު ކޯލިޝަން ހެއްދެވި ކޮންމެ ސަރުކާރަކުންވެސް އެމަނިކުފާނަށް ލިބުނު އެއްވެސް އެއްޗެއް ނެތްކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

މިރޭ ހިޔާ ސަރަހައްދުގައި ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

އިލްހާމް ވިދާޅުވީ މިހާތަނަށް ޖޭޕީން ކޯލިޝަން ހެދި ކޮންމެ ބަޔަކު ރާއްޖޭގެ ވެރިކަން ކުރެއްވި ކަމަށާއި ދެން އެއްވެސް ބޭފުޅެއްގެ ފަހަތަށް ގާސިމް ނާރާނެ ކަމަށެވެ.

"ގާސިމް ވަނީ 2008 ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދެއވާފައި، 2013 ގައި ވަނީ ޕީޕީއެމަށް ވެރިކަން ހޯދައިދެއްވާފައި ދެން 2018 ގައި އެމްޑީޕީއަށް ވެރިކަން ހޯދައިދިން. މިފަހަރު އަޅުގަނޑުމެން ނެތިން އެކަން ކުރާކަށް." އިލްހާމް ވިދާޅުވިއެވެ.

ކެމްޕެއިން ޖަލްސާތަކުގައި މި ސަރުކާރަށް ފާޑު ވިދާޅުވިޔަސް ޕީޕީއެމް ފަހަތަށް ޖޭޕީން ނާރާނެ ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ. ޕީޕިއެމް ސަރުކާރުގައި ރާއްޖޭގައި އޮތް އަނިޔާވެރިކަން އަލުން އަނބުރާ އަންނަން ބޭނުން ނުވާ ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

ސަރުކާރަށް ފާޑިވިދާޅުވިޔަސް ޕީޕީއެމަށް ތާއީދު ނުުކުރާނަން،.އަނިޔާވެރިކަން ތަކުރާކު ކުރަން އަޅުގަނޑުމެން ނެތީމޭ. މިރާއްޖޭގެ ރައްޔިތުން އަނިޔާ އާއި ވޭން ތަހައްމަލްކޮށްފީމޭ." އިލްހާމް ވިދާޅުވިއެވެ.

މިރޭ ހިޔާ ސަރަހައްދުގައި ބޭއްވި ޖަގަހަ ޖަލްސާގެ ތެރެއިން - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން

ސިފައިންނާއި ފުލުހުންނަށްވެސް އިލްހާމް ގޮވާލީ ގާސިމްގެ ފަހަތަށް އަރައި ޤައުމަށްޓަކައި ޖިހާދު ކުރުމަށެވެ.

ގާސިމަށް ވެރިކަން ލިބިއްޖެނަމަ ރައްޔިތުން ތިބޭނީ އުފަލުގައި ކަމަށާއި ހިޔާ ފްލެޓްތަކުގައި ތިބި ބޭފުޅުންނަށް ކުލި މާފުކޮށްދޭން ކަމަށް އޭނާ ވިދާޅުވިއެވެ.

ނިންމާލަމުންވެސް އިލްހާމް ވިދާޅުވީ " ރައްޔިތުންނޭ ހެޔޮ ނުވާނޭ! އެދުވަސް ނުގެންނަވާށޭ، ހެޔޮނުވާނޭ އެދުވަސް ނުގެންނަވާށޭ. މިސްޓޭކް ހަދައިފިއްޔާ އަނިޔާވެރިކަން އެނބުރި އަންނާނޭ.". އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނަހޫ

    ޢަޅާތަތެހުއްޓޫހަމާއިގަތަ މިގައުމައްދިމާވާކޮއްމެ ކަމެއްމިދަނީ އޭނަޖީބުބޮޑުކުރަންއުޅުމުން ނުސްވެރިއާ އަޒާނުސުވާލުކުރީމަ އޭރު ބުރުމާއައްނުފެނުނު ބޭރުސިފައިންތަކެއް ކުއްލިއަކައް އިލެކްޝަނުންއިންތިހާބައް ގޮވާލީއޭނައައްނުނިދުނު މިތަނުގަބޭރުގައު މެއްގެލަޝްކަރުތައްއުޅޭމަންޒަރުފެނިފައަދު ކަނޑުފަޅުވިއްކިތަން ދަރަނތައްފެނި ދުރުންފެއްނާނީނެރުބައްތިއެއްބަތަލައްވުރެ ކުރިންފަރެއްނަމަ

    9
    1
  2. Anonymous

    ރާއްޖޭ ނުދެކޭވަރުގެ މަރުމޯލެއް!!!

    15
  3. ހާލުފޮޅި

    މުވައްޒިފުންނަށް މުސާރަ ނުދޭ ބަތަލެއް…

    15
  4. މުރޭ

    ގާސިމަކީ މިގައުމުނުދެކޭފަދަ ކޮސްގޮވާމީހެއް ކޮހަކަށް ވެރިކަން ދިނީމަ ރަށްޔަތުންނަށްވާނީކިހިނެއް މިއުޅެމީ މިހާރުވެސް އަނގަޔާ އަތާ ދިމާނުވެގެން.

    13
  5. ކޮއްޔާ

    ހަކުރުދެންޏާ ބޮޑުބޭބޭ ކިޔާ ފަހަތުން އުޅޭ މީހުން ގިނަވާނެ //
    ގިނައީ ތިތާ އެކަހަލަ މީހުން //

    18
  6. ބަކުރު

    ގާސިމްއަކީ ރަގަނޅު މީހެތް އޭނަކައިރީ ތިބި މީހުން ކަޑައީ އިލްހާމުމެންކަހަލަ ދެފުއްކެހެރި ކޮރަޕްޓުމީހުން ކަޑައީ ގާސިމްއައް ވެރިކަންލިބުނީމަ ތި ކޮރަޕްޓުމީހުން މަގާމުތަކައްއަންނާނީ އޭރުން ވާނީ މިހާރުމިވާހެން ގައުމެއް ދުވަހަކުވެސް ރަގަނޅެއްނުވާނެ

  7. Anonymous

    ތާއްކޫ ތޭ މިގަުއުމުނުދެކޭވަރު ގޮތެއް ހަޔާތެއްނެތްމީހެއް

  8. އއއއ

    އަމިއްލަމަސައްކަތުން ކާންބޯން ނުލިބޭ މީހުންނައް އޮންނާނީ ސަލާން ޖެހުމާ ޚޫސާމަދުކުރުން!!!!

  9. އަލީ

    އެހެންވީމާ އިސްލާމް ދީނާއި މި ގައުމައްޓަކާ ޖިހާދުކޮއް ޝަހީދުވި ބަތަލުންނަކީ މި ގައުމު ދެކިފަ ނުވާބަޔަކީތާ!!! ތިކަހަލަ ތާކުން ތާކު ނުޖެހޭ ސިޔާސީ މީހުންނާ އެ ބަތަލުންނާ އެއް ދަރަޖަޔަކައް ގެންނަން ނޫޅެއްޗޭ ކިތައްމެ އަމިއްލަ އެދުން ބޮޑަސް...

  10. އަބުތާލުންގެ ޒިކުރާ

    އިލްހާމާއި ތެޔޮ ދޯރި އާއި ބޫން ބޫން ނަކީ ވެސް މިގައުމު ނުދެކޭފަދަ ބަތަލުން

  11. ގާއްޓެ

    މިޤައުމު ނުދެކޭފަދަ ޖާހިލު ގައްދާރު ވަގު ބަތަލެއް

  12. ހުސޭނުބޭ

    މުއައްޒަފުންގެ ސާވިސްޗާޖު ކާލާ ބަތަލެއް ދެއްތޯ!

    9
    1
  13. ރައްޔިތުމީހާ

    ގާސިމަކީ ވަރައްރަނގަޅު މީހެއް ފަގީރުންނައް އެހީވާމީހެއް މީނުންނާއި އަޅާލާ މީހެއް އެކަމަކު ފައިސާގެ ދަހިވެތިކަމުގަ ކައިރީގަ އެނބުރޭ ދެފުއްކެހެރި މުނާފިގުންގެ ސުންޕާ ކަމުގެ ސަބަބުން ގާސިމުގެ ވިޔަފާރި ޢައި ބޮޑެތި ގެއްލުން ވަނީ ލިބިފަ މީހަގީގަތް އެންމެ ރަނގަޅުގޮތަކީ އިބޫ ފަހަތައް އެރުން

  14. ޅާމް

    ދެލޯ ހުޅުވާފަ ދުނިޔޭގެ ޚަބަރުތަށް ކިޔާށެވެ. މެލޭޝިޔާގެ މަހާތީރު މުހައްމަދު 90 އަހަރުން މަތި ވެފައިވަނިކޮއް ވެރިކަމަށް ކުރިމަތިލެއްވީ އޭނާގެ އަތުގަހުރި ފައިސާއާއި ތަނަވަސަކަން ކުޑަވެގެންނެއް ނޫނެވެ. އެއީ ގައުމު ހަލާކުގެތެރެއަށް ދާންފެށުމުން ކެތްނުކުރެވިގެންނެވެ. އެޔަށް އިނގޭތީ ގައުމީ އަދި ވަތަނީ ލޯތްބޭ ކިޔާއުޅެނީ. ޑޮނަލްޑު ޓުރަމްޕު އެމެރިކާގެ ވެރިކަމަށަ ކުރިމަތިލީ އުމުރުން 70 އަހަރުވެފައި ހުއްޓައެވެ. އެއީ އޭނާގެ ތަނަވަސަކަން ނެތިގެނެއް ނޫނެވެ. ގައުމަށް ޚިދުމަތްކޮއްދޭށެވެ. ގާސިމް އިބުރާހިމްވެސް އެ އުމުރުފުޅުގައި ނިކުމެ އެހުންނެވީ ހަމަ އެ ސަބަބަށްޓަކައި އެވެ.