ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އަކީ އަމިއްލަ ޚަރަދުން ރައްޔިތުންނަށް ޙިދުމަތްކޮށްދެއްވާ ފަރާތަކަށް ވާތީ ސަރުކާރެއް އެމަނިކުފާނަށް ލިބިއްޖެނަމަ މިޔަށް ވުރެ ބޮޑަށް ރައްޔިތުންނަށް އޯގާތެރިވާނެކަމަށް އެމަނިކުފާނުގެ އެޑްވައިޒަރ އިލްހާމް އަހްމަދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ “ޤާސިމް 2023 މެނިފެސްޓޯ”ޕްރޮގްރާމްގައި ބައިވެރިވެ ވާހަކަ ދައްކަވަމުން އިލްހާމް ވަނީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމްގެ އޯގާތެރިކަމުގެ ވާހަކަ ދައްކަވާފައެވެ.

“މިހާތަނަށް އެމަނިކުފާނުގެ މުޅި މާޒީގައި، އެމަނިކުފާނުގެ މުޅި ލައިފްގައި ވަނީ ރައްޔިތުންނަށް ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފަ.ވިލާ ކުންފުންޏަށް ލިބުނު އާމްދަނީގެ ސިކްސްޓީ ޕަސެންޓް ނުވަތަ ފިފްޓީ ޕަސެންޓް ނެޓް ޕްރޮފިޓްގައި ވަނީ ރައްޔިތުންނަށް އެކި އެކި ތައުލީމަށާއި ސިއްހަތަށާއި އަދި އެކި އެކި ކަންކަމަށް ރައްޔިތުންނާ ގުޅުންހުރި ކަންތަކަށް އެމަނިކުފާނު ވަނީ ހަދިޔާ ކުރައްވާފަ.ދެން ސުވާލަކީ ދަޢުލަތް ލިބިއްޖެއްޔާ ނުވަތަ ސަރުކާރެއް ލިބިއްޖެއްޔާ އަދި ކިހާވަރަކަށް މީހުންނަށް އޯގާތެރިވާނެތޯ. މިއީ ރައްޔިތުން އުފައްދާ ސުވާލަކީ.” ޤާސިމް ރައްޔިތުންނަށް އަމިއްލަ ގޮތުންވެސް ކޮށްދެއްވާ ކަންކަމީ އަގުހުރި ކަންކަން ކަމަށް އިލްހާމް ވަނީ ވާހަކައިގައި ފާހަގަކުރައްވާފައެވެ.

އެގޮތުން އިލްހާމް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެނިފެސްޓޯ އަކީ އެންމެ މީހެއްގެ މަސައްކަތެއް ނޫންކަމަށާއި އެ މެނިފެސްޓޯ ތައްޔާރު ކުރުމުގައި އެތައް ބަޔެއްގެ ބުރަ މަސައްކަތް ހިމެނޭކަމަށެވެ.

ޤާސިމް އިބްރާހިމަށް ރައްޔިތުން މި ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވާ އެމަނިކުފާނު އިންތިޚާބުވެއްޖެ ނަމަ އެއީ ރައްޔިތުންނަށް އެކި ގޮތްގޮތުން ފައިދާ ކުރާނެކަމެއް ކަމަށް ވެސް އިލްހާމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރައްޔިތުން ޤާސިމަށް އެ ދެއްވާ ވޯޓަކީ ބޭންކް ލޯން އިންޓެރެސްޓް ކުޑަ ކުރުމަށް ދެވޭ ވޯޓެއް ކަމަށާއި ރާއްޖޭގެ ސެކިއުރިޓީއަށް ދެއްވާ ވޯޓެއް ކަމަށް އިލްހާމް ވަނީ ވިދާޅުވެފައެވެ.

”ރާއްޖޭގެ ތާރީޚް ބަދަލުކޮށްލުމަށްޓަކައި މިޖަހާ ސަކަރާތް، ބޮޑު ޕާޓީ ދެ ޕާޓީ ބަލިކުރުމަށް މި ވިސްނުން ދޫކޮށްލުމަށްޓަކައި ކެރިވަޑައިގެން ސިއްރިއްޔާތުގައި އޮނަރަބަލް ޤާސިމް އިބްރާހިމަށް ތި ވޯޓު ޖައްސަވާ ދެއްވާ.ތިޔަ ބޭފުޅުން އެދެއްވާ ވޯޓަކީ މި ރާއްޖޭގެ ސެކިއުރިޓީއަށް ދެއްވާ ވޯޓެއް.ތިޔަބޭފުޅުން ދެއްވާ ވޯޓަކީ ނިކަމެތިންނަށް ދެއްވާ ވޯޓެއް.ތިޔަބޭފުޅުން ދެއްވާ ވޯޓަކީ ތަޢުލީމީ ނިޒާމް ބަދަލުކުރުމަށްޓަކައި ދެއްވާ ވޯޓެއް.ބޯހިޔާވަހިކަމަށް މައްސަލަ ޖެހިފައިވާ ފަރާތްތަކަށް ހައްލު ގެނެސްދިނުމަށް ދެވޭ ވޯޓެއް.ތިބޭފުޅުން ދެއްވާ ވޯޓަކީ ވަޒީފާ ފުރުސަތު ނުލިބިފައި ތިބޭ ފަރާތްތަކަށް ދެވޭ ވޯޓެއް.ތިބޭފުޅުންނަށް ދެވޭ ވޯޓަކީ ބޭންކް އިންޓަރެސްޓް ކުޑަ ކުރުމަށް ދެވޭ ވޯޓެއް.ތިބޭފުޅުން ދެވޭ ވޯޓަކީ އަނިޔާވެރިކަން މި ރާއްޖޭގައި ނިމުމަކަށް ދެވޭ ވޯޓެއް.” އިލްހާމް ވަނީ ޤާސިމަށް ވޯޓު ދިނުމުން ފަހިވެގެންދާނެ މެނިފެސްޓޯގައި ހިމެނޭ ބައިވަރު ކަންތައްތަކެއް ވިދާޅުވެފައިއެވެ.

މީގެ އިތުރުން އިލްހާމް ވަނީ ރާއްޖޭގެ މި ހާލަތު ބަދަލު ކުރެވޭނެ ހަމައެކަނި ވެރިއަކީ ޤާސިމް ކަމުން ހުރިހާ ފަރާތްތަކުންވެސް އެމަނިކުފާނަށް ވޯޓް ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ކޮން އޯގާތެރިކަމެއްގެ ވާހަކަތޯ ތިޔަ ދައްކަވަނީ ކިޔްވަން ބޮޑު އެންޓުރެސްޓާއެކު ލޯނުދޭ ވާހަކަތޯ،ނުވަތަ ވިލާކޮލެޖުން ބޮޑު ފީދައްކައި ދިވެހި ކިޔާކުދިން ކިޔަވާ ވާހަކަތޯވާހަކަތޯ؟އިލްހާމު ރައްޔިތުންނަށް އޮޅުވާނުލެއްވޭނެ މިހާރަކު! ވަރުގަދަ ރައްދުވެސް ދޭނެ!

  2. ކޫޑި

    އިހަށްނުވި ރަށްކަލެއް ފަހަކުން ނުވެވޭނެ ކުކުޅުބިސް ރަނަށް ހަދަންވީނު އެއިރުން ރަށްޔަތުން ވަރަށް ތިޔާގިވާނެ އިންޑިއާއިންވެސް އެގަންނަން އަންނާނެ.

    8
    1
  3. މުއިއްޒު މިފަހަރު

    ގާސިމުގެ ގެނައި މި ސަރުކާރާއިހެދި މި ހާލު ރައްޔިތުންނަށް ޖެހުނީ. މުއިއްޒުއަށް މިފަހަރު ތާއީދު

    11
    2
  4. ކަމަކުނުދޭ

    މިއަދު ޕީޕީއެމް އިން ރައީސް ޔާމީން ކެންޑިޑޭޓަކަށް ހުރި ނަމަ ކުޅޭނެ ރޯލޭ ގާސިމް އެކުޅެނީ މުއިއްޒު މެންނަށް ނުކެރޭ އިންޑިއާ ސިފައިންނާއި ގުޅޭ ގޮތުން އެންމެ ވާހަކަ އެއްވެސް ދައްކާން އެހެން ކަމުން ސުވާލު އުފެދޭ މުއްިއްޒު އެއީ ޕީޕީއެމްގެ ފިކުރު ދިރުވަނީތޯ ނުވަތަ އޭނާގެ އަމިއްލަ އެޖެންޑާ އެއް ގެންގުޅެނީތޭ މުއިއްޒު އެއީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ދެން ޕީޕީއެމް އަށް ސޮއި ކުރާ މެމްބަރުންގެ ފޯރމް ތައް މުއިއްޒު ނުޖެހޭނެއޭ ބަލައިގަންނާން އެއީ ވެސް ބޮޑުގޯހެކޭ މުއިއްޒު ކަމަކު ނުދޭ

    0
    11
  5. އަބްދޫ

    މީނައަކީ މިހުންގައިގަ ތަލައިގަންނަން މީހުންފޮނުވާ މީހެއް. މިހެން މިލިއުނީ މަގެގައިގަތަޅައިގަތުމަށް މީހުންފޮނުވީމަ.

  6. ޖަމަލު

    މިހާރު ސިޓީ ވެސް ގާސިމް ގެ ވިލާ ފައުންޑޭޝަނުން ބަލާނުގަނޭ. އޯގާތެރި ކަން އޮޅާލާ

    4
    1
  7. Anonymous

    ގާސިމް ވެރިކަމެއް ކުރާތަން ވަަރަށް ބަލާލަން ބޭނުން. ހީވަނީ އިބޫއަށް ވުރު ވައުދު ފުއްދަން ރަނގަޅުވާނެހެން،،،

  8. Anonymous

    އޯގާތެރިކަމަށްވުރެ ބުރުމާ ތަޅާއަނގައިން ދެކޮޅުނުޖެހޭ، މަށައްނިދަންއުނދަގޫ މިދުވަސްކޮޅު

  9. ރެކިފުތާ

    ދަނގެތީ ދާއިރާ މި އިލްހާމަށް ދިނީމަ ވީގޮތް އަހަރުމެންނަށް އެގޭ.. މިކަހަލަ ބުރާންތިންނަށް ވޯޓް ދެނީ ކޮންބައެއް؟؟؟

  10. ފޯއްވަޅި އަލީ

    ތެދެއް ގާއްޓެއަށް ވެރިކަން ލިބިއްޖިއްޔާ މިހާރަށް ވުރެ ގިނަ ކަޓު މީނަ އަށް ލިބޭނެ، ރައްޔިތުން ވާނީ ހަނާ!!