އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމަށްފަހު ދުންޔާ ވިދާޅުވީ ފާއިތުވިގެންދިޔަ އަހަރުތަކަކީ އޭނާގެ އާއިލާ އަދި އެހެން ބައެއް އާއިލާތަކަށް ހިތްދަތިކަން ކުރިމަތިލާން ޖެހުނު އަހަރުތަކެއް ކަމަށާއި ބިރުވެރިކަމާއި ހާސްކަން އަދިވެސް އޮތް ނަމަވެސް މިއަދު އިބޫއާއެކު ކުރެވުނު ބައްދަލުވުމުން އުއްމީދު އާވެގެން ގޮސްފައިވާ ކަމަށެވެ.

"އެހެން ދިވެހިންނެކޭ އެއްފަދައިން އަހަރެން ވެސް މިހުރީ ވަރަށް އުއްމީދާއެކު. އަހަރެން ގަބޫލުކުރާ ގޮތުގައި މިއީ ގައުމަށާއި ރައްޔިތުންނަށް އާ ފެށުމެއް" ދުންޔާ ވިދާޅުވިއެވެ.

ދިވެހިން ބޭނުން ވަނީ ބިރުވެރިކަމެއް ނެތް އެންމެންގެ ވެސް ހައްގުތަކަށް ރައްކާތެރިކަން ލިބި އަދި އިހްތިރާމް ލިބޭ މުޖުތަމައުއެއް ކަމަށާއި ދިވެހިން އުޅެން ބޭނުންވަނީ އަސާސީ ހިދުމަތްތައް ފުރިހަމަވެފައިވާ ގައުމެއްގައި ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

އިންތިހާބީ ރައީސް އިބޫ އަށް، ކުރިއަށް އޮތީ ވަރަށް އުނދަގޫ މަސައްކަތްތަކެއް ކަމަށާއި ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް އިތުބާރާ އެކީ އިބޫ ކޮށްދެއްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ދުންޔާ ވިދާޅުވިއެވެ.

ދުންޔާ އިބޫއާ ބައްދަލުކުރައްވާފައިވާއިރު އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ކޮއްކޯފުޅު އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ތިއްބެވީ ޖަލުގައެވެ. އެ ދެ ބޭފުޅުން ދޫކޮށްލުމަށް އާއިލާއިން ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމުންދާއިރު ދާދިފަހުން ރައީސް މައުމޫންގެ އާއިލާ އިން ވެސް ވަނީ އިބޫއާ ބައްދަލުކުރައްވާފައެވެ.

ކެމްޕެއިން ތެރޭގައި އިބޫ ވަނީ ރައީސްކަމުގެ ފުރަތަމަ ދުވަހު ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ހައްޔަރީން ދޫކޮށްލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ރަސީދު

    ތިކަލެޔާ ކަލެގެ އާއިލާ ގެ އަމިއްލަ އެދުން

  2. Anonymous

    ޝަރުޢީ ހުކުމެއް ތަންފީޒް ކުރަމުންދާ އެއްވެސް މީހަކު ދޫކޮއްލުމަކީ ކިނބޫަޢައް ކުރެވޭނެ ކަމެއްނޫން އރކަން ކުރަންޖެހޭނީ ގާނޫނީ ގޮތުން އިބޫ އަކަށް ނޯންނާނެ ގާނޫނީ އެއްވެސަ ހައިސިޔޔަތެއް ކަޅު ފައިސާއިން ނަތީޖާ ގަނެލީ އަދި ފަޅާ އަރާނެ ދުވަހެއަ އަންނާނެ ހަނދާން ކުރރައްޗޭ

    • ސްކޯރޕިއަން

      އަސްލަކީ ހަމަތިއީ ފައިސާބަހާލީ 50000 އިން 40000 އިން. އެމީހުންގެ އައިޑީކާރޑް ތަށް އަދިވެސް ހުރީ އެމްޑީޕީ އެކްޓިވިސްޓުން އަތުގަ. ގަނެލީ ތަންތަނުގެ ވެރިންވެސް މިލިއަނުން. ފާދިރީންނާއި އިންޑިޔާގެ އެކިއެކި ކުންފުނިތަކުން ތަކުން ފައިސާއޮތީ އޮއްސާފަ.

  3. ތަކުރު

    އަވަހަށް މިނިސްޓަރުކަން ހަމަޖައްސާދީ. އެހެންވެ އެބައްދަލުކުރީ

  4. ބޭބެ

    ރަގަނޅު ވާހަކައެއް އަހަރެންވެސް އުންމީދުކުރަނީ އާފެށުމެއްކަމަށް!! އެކަމަކު ބިރުވެރިކަމޭ އަނިޔާވެރިކަމޭ މިކިޔަނީ ގާނޫނާ ޚިލާފުވެގެން ނުވަތަ ކުށެއްކޮށްގެން ގާނޫނުގައިވާ ގޮތުގެމަތީން ހައްޔަރުވެ އަދަބު ލިބޭ ހިސާބުން ދެއްތޯ ދުންޔާ!! އެހެންވީމަ އިބްރާހިމް މުޙައްމަދު ސާލިހުގެ ވެރިކަމުގައިވެސް މިދެންނެވިގޮތަށް މީހުން ހައްޔަރުކޮށް އަދަބު ލިބުނީމަ އަނިޔާއޭ ގޮވަމުން ދުވަންވާނެ!! މައުމޫނުގެ ދިގު 30 އަހަރުގައި ހާދަ ގިނަ އަނިޔާއެއް ކޮށްފައިވަނީ މިއުސޫލުން ބަލާއިރު!!!

  5. ލޯލޯ

    ދައްތައިންނާއި ، ބޭބެއިން، ކާފައިން ، ދެން ނާށިގަޑުހިފައިގެން ދުވަންވެީ ސޫޓް ކޭސްތަކާއި ފޮށިތައް ފުރާލާވަރަށް ލާރި ލިބޭނެ. އަދި ޗާޕްޚާނާގެ ބަޑޭރިކަންވެސް ލިބޭނެ. ކެތްކޮތްލާ. އާފެށުމަށް ، އާ ނިމުމެއް.

  6. ސަލްސާ

    މިއޮއްހާ ދުވަހު ބައްޕާފުޅަށް ފެށުން ރަނގަޅުނުކުރެވުނީމާ ދެން ނެތް ބުނާނެ އެއްޗެއް..

  7. ޢަބްދުﷲ ސަޢީދު ގދ.ގައްދޫ ދަނބުފަށުވިގެ

    ކުށަކީ، ޢާރިޟީ ސިފައެކެވެ. އެހެންކަމުން، ކުށް މަޢާފު ކުރުމުގެ ޙައްޤަކީ، ވަލިއްޔުލްއަމުރަށް އޮންނަ ޙައްޤެކެވެ. މިރާއްޖޭގައި ތަޝްރީޢުވެ، ޢަމަލުކުރެވޭ ޤާނޫނީ ހަމަތައް މިކަމަށް ތަރްޙީބުދެއެވެ. މިއީ، އަބަދުވެސް މިރާއްޖޭގައި ހިނގަމުންދާ ކަމެކެވެ.

  8. ޢަސްލު؟ ވަގުތުވެސް ގަނެލީ

    އެނގޭތަ ތީ ރައީސް ކަމަށް ކުފޫ ހަމަނުވާ މީހެއް. އަންނީ ކޮއްޕާ މައިދާނަށް ނެރެލީ. އެހެން މީހުން ބުނާ ގޮތް ހަދާ ހަދާ ވެއްޓޭނީ. ތީ ވެރިކަމަށް އަރަން އުޅުނު މީހެއްވެސް ނޫނެއްނު.ދިވެހީން ދަންނަ ކަމެއް ކޮއްދިންމީހެއްވެސް ނޫން. ބޮޑު ވަޒީރުން ތިބޭ ތަންތާ ތިބޭ ކަހަލަ ރައީސެއް. ކެކެކެ
    ކެކެ

  9. ޢަނީސާ އަނީސް

    ޙުރިހާއެންމެންވެސް އުޅުނީ އަވަސްއަރުވާލާގެން ވެރިކަންއަތުލަންވެގެން އެގޮއިމިގޮއިހަދާގެންވެސް އެހެންވެގެން ހިތާމަކުރަންޖެހުނީ ތިހުރިހާ މީހުންހީކުރީ ޔާމީން އިންތިހާބެއް ނުބާއްވާނެކަމައް

  10. ބާނިޔޫސޭ

    ކަމަނާގެ ބައްޕާފުޅުގެ ވެރިކަމުގައި ކުށެއްނެތް ކިތައް ނިކަމެތިންތޯ ޖަލުގެ ގޮޅިތަކުގައި ހަފުސްއަރުވާލީ. ޖަލެކޭ ބުންޏަސް ފަސްތަރީގެ ފެންވަރުގައި ބައްޕާފުޅާ ކޮއްކޯފުޅު އެތިއްބަވަނީ. ކަމަނާމެން ބޭނުންފުޅު ކޮންމެ ވަގުތެއްގައި ބައްދަލުވެސްކުރެވޭ. އެދުވަހު އެނިކަމެތި ރައްޔިތުން ޖަލުގައި ތިބެނީ ސިމެންތީގެ ފިނިއަށީގައި ނިދައިގެން އިރުކޮއްތަކަށް ފާރޮއްޓާ މިލަފޮނިރަހަލާ ކަޅުސަޔާ ބޮއިގެން. ޢާއިލާގެ މީހަކަށް ޚަބަރެއް ދަބަރެއް ދަބަރެއްނުވެ އަހަރު ދެއަހަރުވެސް ވެފައި އެބަހުރި. ކަމަނާމެންގެ ފައިންޕުޅުތަކަށް ހިނިއަރައިގެން ތިޔައުޅުއްވަނީ. ކަމަނާމެން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އުދުހިވަޑައިގަތް ކިޔަވާވިދާޅުވިއިރު ނިކަމެތި މީހާގެ ދަރި ގްރޭޑް7 ނިންމީމާ މަޖްބޫރުން ސިފައިންގެ ވަޒީފާއަށްވެސް ނެރުއްވީ ކަމަނާގެ ބައްޕާފުޅުގެ ޢަދުލުވެރި ވެރިކަމުގައި. މިއީ ތިޔަވިދާޅުވި އަސާސީ ހަމަހަމަ ކަމުގެ ނަމޫނާ ނޫންތޯ. ކަމަނާގެ ބައްޕާފުޅާއި ކޮއްކޯފުޅު ޖަލަށް ވެދެވަޑައިގަތީ ވެރިކަމުގެ ދަހިވެތި ކަމުގައި ރިޝްވަތުގެ މުޑުދާރު ޢަމަލު ހިންގެވިކަން ޝަރީޢަތަށް ސާބިތުވެ ކުރެވުނު ޙުކުމަކުން ނޫންތޯ. ބައްޕާފުޅަށް ހީފުޅުވެފައި އޮތީ ރ. ޔާމީން ހުރިހާކަމެއްވެސް ކުރައްވަން ޖެހިވަޑައިގަންނަވާނީ އެމަނިކުފާނު އަންގަވާހާ ގޮތަކަށޭ. ކަމަނާމެން މޑޕ އަށް ބައިޢަތު ހިއްޕަވައިގެން ލިބިވަޑައިގަންނަވާ މީރު ޝަރުބަތުފޮދު ކުރިއަށް އޮތް ހައެއްކަ މަހުގެ ތެރޭގައި ލިބިވަޑައިގަންނަވަން ފަށާނެ އިނގޭތޯ. ވަރަށް ވެދުން. ޝުކްރިއްޔާ.

    • ގުގުމާލި

      އެކަމަނާޔަކަށް އެގިވަޑައެއްނުގަންނަވާ ކިތައް މީހުންގެ ތުނބުޅި ބައްޕާފުޅުގެ ވެރިކަމުގައި ސިފައިންގެ ވެރިޔާކަމުގައި ހުންނަވައިގެން ސިފައިލައްވާ ޗިލީސޯސް ޖަހާފަ ބޭލިކަމެއް. ޖަލުގައި ތިބި މީހުން ޢާއިލާއާއި ބައްދަލުކޮށްފައި އެނބުރި ވަންނައިރު މީހުން އުފަންހާލުކޮށްގެން ފުރަގަސްފަރާތަށް ދަނޑިކޮށްޕާ ފާސްކުރެއްވީވެސް ސިފައިނަށް އަންގަވައިގެން. އެވެސް ވެރިކަމެއް. ހީހީ ހަލާކު އެމަކުވަރަށް އަމާން. މޮޔަވާނެ

  11. ައާމިނާ

    ހެކިދައްކަބަލަ ކަޅުފައިސާގެ

    • ބޭބެ

      ހެކި ދައްކަން ޖެހެނީ ކަލެއަކަށްނޫން!! ހެކި ދައްކަންޖެހެނީ ޝަރީޢަތުގެ މަޖްލީހަށް!! އެމަޖްލީހަށް ހެކި ދައްކައިގެން އެހެކިން ބަރީޢަވެވޭނެ އެއްގޮތްވެސް ނެތިގެން ޙުކުމް އައިސް ޖަލުގައި އެމީހުން ތިބެންޖެހުނީ!! ގާނޫނު ފުރަތަމަ ކަލޭ ދަސްކުރޭ!!!

  12. ސަޓޯ ތުރާކުނު

    ކުލީ ސިފައިން އަސްލު ކިޔަންވީ ދުންޏާ ކަހަލަ ކުލީ ޕޮލިޓިޝަނުންނަށް.......

  13. ޔާމިން

    ރަގަޅުވާހަކައެއް އެކަމަކު ބައްޕަމިނިވަންނުވާނެ ހުކުންކޮއްފާވާފަރާތެއް

  14. Kamaal

    ޥަޒީފާ ގަނޑެއް ހަމަޖެހޭތޯ މިހާރު ދެން ކިނބޫ ހައްދާނެ.

  15. ހުސޭނު

    ކަޅުފައިސާ ނެގިމީހާގެ ކަންތައް އެންމެންނަށްވެސް އެނގޭއިރު ބަލަންވީ ފަރާތުން ނުބަލައިގެން.

  16. ޚަބަރުދާރު.

    އިބޫ އަށްވެސް ކަންކަަަން ކޮށްދެވޭނީ ޤާނޫނީ އިމުގެތެރެއިން.

  17. ރާއަލިފް

    ތިއީ ގައުމަށާއި ރައްޔިތުންނަށް އާ ފެށުމެއްތޯ ދުރާއި ގަތުން ބަލާނަމެވެ. އެދުވަހުން ނުރޯތި...އަހުރެމެން ބުނާނޫއޭ ދެން ނުރޮއި ހީހީހީ

  18. މަރިޔަމް މޫސާ

    މިރާއްޖެ އބަދު ބާއްވަންވީ ކުރިންކުރި ކަންކަމުގައި ހުޅުޖަހައި އާފެށުން ފަށަފށައި ދާން ދޯ؟ މައޫނާއި އަންނީގެ އަމިއްލަ އެދުމާއި ޚުދުމުޚުތާރުކަމުން ސަލާމަތްވި ދުވަހަކުން ނޫނީ މި ރާއްޖެ ތަރައްގީއެއް ނުކުރެވޭނެ.

  19. މައި

    ފޮރިން މިނިސްޓަރުކަން ލިބޭނެ ވަރަށް ރީއްޗަށް

  20. ބަފާ

    2000ރުފިޔާއަށް “ޒުވާނުން” ވޯޓް ވިއްކާލީ!ޒުވާނުންނަކަށް އިހްސާސް އެއްނުކުރެވޭ ގައުމުގެ މިނިވަންކަން އިންޑިޔާއިން ގަނެލީކަމެއް!

  21. ނިހާން ހަމީދު

    ސާބަހޭ ދުންޔާ ނޯ ޝޭމް..

  22. ފަޅުވެރިން

    އަބަދުވެސް ތިމަންމެންނޭ، ތިމަންމެންގެ ޢާއިލާއޭ ކިޔައިގެން ވާހަކަ ދެއްކުން ނޫން ކަމެއް މިމީހުންނަކަށް ނޯވޭދޯ؟ ހާދަހާވާ އަމިއްލަ އެދުން ބޮޑު ބައެކޭ!

  23. ޢާސީ

    މީ ޙާދަ އަމިއްލަ އެދުން ބޮޑު އާއިލާ އެކޭދޯ ތިކަމާ އުޅުމަށްވުރެ ރީތި ދިރިއުޅުމެއް އުޅުނިއްޔާ މާރަނގަޅުވާނެ އެހައް ބުރުގާ އަޅައި އޮރިއާން ނިވާކޮށް އެހެން އަންހެނުން އުޅޭހެން އުޅެން ފަށާބަލަ ތިއުޅޭގޮތުން ހުރިހާ ހުރިހާ ހަޑިނަމެއް ލިބޭނީ ދިވެހި އަންހެން ރަނގާޅައް އުޅޭ ކަނބަލުން ނށޭ..ވިސްނަބަލަ..މިހާރު 40 ވުރެ އުމުރުން ދުވަސް ވެދާނެ ..

  24. މިރުސް

    ތިހާބޮޑު އެއްޗެއް ބަންޑުންވާނީ ހާދަވަރެއްވެގެން ލައްކަގިނަ އެއްޗެއް އެޅިގެންތާ ....

  25. ޒާ

    ގައުމަށާއި ރައްޔިތުންނަށް ހަލާކުގެ ފެށުމެއް.

  26. ނުރަބޯ

    އަމިއްލަ އެދުމަށްޓަކައި ދުންޔާ އާއި ދުންޔާގެ ޢާއިލާއިން ތާއީދުކޮށްގެން ތިޔަގެނައި ވެރިކަމުގެ ސަބަބުން، ކުރިއަށް އޮތް އަހަރުތަކުގައި ކަންބޮޑު ވުމާއި ހިތާމައާއި ހިތްދަތި ކަމާ، ނިކަމެތިކަމާ، ފަގީރުކަމާ ކުރިމަތިލާން ޖެހޭނެއެވެ. އިޚްލާޞް ތެރި ގިނަ މަސައްކަތްތަކެއްކޮށް އެކަން ޢަމަލީގޮތުން ދެއްކި ތަޖުރިބާކާރު ވެރިއަކު ދޫކޮށްލާފައި ސިޔާސީގޮތުން އެއްވެސް ތަޖުރިބާ އެއް ނެތް ( އަދި ދެއަތް ބަނދެވި ވިސްނުން ތަޅުލެވިފައިވާ) މީހަކު ވެރިކަމަށް ހޮވުމުން ދެން ކުރިމަތި ވާނީ ނިކަމެތިކަން ނޫން އެހެން ކޮން ކަމެއްތޯއެވެ.....؟؟؟

  27. ޤަވްމުގެ ހަލާކު

    މިއީ ޤަވްމަށް ހަލާކާއި ގެއްލުމުގެ ހިތާމަ ކުރިމަތިވި ދުވަސް މިއުފާވެރި ދުވަހެއްނޫން. ޤަވްމުގެ ޚާއނުންގެ ދުވަސް ޤަވްމަށް ޤައދާރުވާމީހުންނަށް ހިތުހުރިގޮތަކަށް އުޅުމުގެ ދުވަސް

  28. ޖަޒީރާ

    ދަވްލަތުގެ ހަރު މުދާތައް ވޭތުވެދިޔަ 5 އަހަރު ޤަވްމަށް ކޮށްދެއްވި ހުރިހާ މަސައްކަތެއް ވިއްކާފަ މިކަލޭގެވެސް ފައުބާގެން ދާނި ރައޔިތުން ހޭއަރާިބޭތި . އަނިޔާވެރިންނަކީ ކޮބާ ، މިއަށްވުރެބޮޑު އަނިޔާވެރިންނެއްނެތް. ކިތަންމެ ފަޤީރަކަސް މުއްސަދި މީހަކަށް ޤަނޫނު ހޮގަންޖެހޭ ،މައްސަލަ އަކީ ޔާމީން ސަރުކާރުގަ މުއްސަދިން،ބާރުގަދަމީހުނަށް ޤާނޫން އަރާހަމަކުރާތި. މިމައްސަލަ އަކީ

  29. ވޯޓު

    ފޮރިން މިނިސްޓަރު ކަން ދޭނެ ކަމަށްތަ؟

  30. ޖިލޭބީ

    އަމިއްލަ އެދުމާއިގެން ފޯވެފައިވާ އިންސާނުންނަށް ނުވިސްނޭނެ ކިހާބޮޑު ގެއްލުމެއްކަމެއް.

  31. ހަބޭސް

    ރަގަޅު ގޭފުރާޅުދަށަށް 2 މިނިސްޓްރީ ވަނުމަކީ އާފެށުމެއް ނިމުމަކަށްވާނީ 5 މިނިސްޓްރީ ތިފުރާޅުދަށަށް މިނިސްޓްރީ ވަނުންދޯ ސާބަސްކަބުލޮ ރަޢިއްޔަތުން ގުބޯހައްދާ ރަގަޅަށް ނަށުވަލާތި ފެހޭތަފެންނަގާތި ހެހެހެ