ގައުމު ހަލަބޮލި ކުރަން ރައީސް އަބްދުﷲ ޔާމީން އަށް ފުރުސަތު ނުދެއްވާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ ) ވިދާޅުވެއްޖެ އެވެ.

އިބޫ މިހެން ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި، އެމަނިކުފާނުގެ އޮފީހުގައި ބައްދަލު ކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން އިބޫ ވިދާޅުވީ، އިންތިހާބުން ބަލިވެ ވަޑައިގަތްކަން ރައީސް އަބްދުﷲ ޔާމީން ވަނީ ގަބޫލު ކުރައްވާފައި ކަމަށާއި، އަދި އިދިކޮޅު ފަރާތުގެ ގޮތުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާނެ ކަން އިއުލާން ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވެސް މިހާރު ފެންނަމުން މިދަނީ ރައީސް ޔާމީންގެ ހިޔާލު ބަދަލުވަމުންދާތަން ކަމަށް އިބޫ ވިދާޅުވިއެވެ.

"އެހެން ނަމަވެސް، އަނެއްކާ އިއްޔެ އެމަނިކުފާނުގެ ހިޔާލު ބަދަލުވެގެންދާތަން މި ފެނުނީ. އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކުގައި، ރައީސް ޔާމީނަށް މިއަދު ދަންނަވާލަން ބޭނުން ވަނީ، އެމަނިކުފާނު އިސްވެ ހުންނަވައިގެން، މާހައުލު ހަލަބޮލި ކުރުމަށް މަސައްކަތް ނުކުރަައްވާށޭ. އެއަކަށް އަޅުގަނޑުމެން އަދި ރައްޔިތުންވެސް ތިބީ ތަންދޭކަށެއް ނޫނޭ" އިިބޫ ވިދާޅުވި އެވެ.

އިބޫ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ނިންމުން އެ ރައްޔިތުން ނިންމައިފި ކަމަށާއި، ރައްޔިތުން ތިބީ އެ ނިންމުމާއެކު ކުރިޔަށް ދާން ކަމަށެވެ. އަދި ސިފައިންނާއި ފުލުހުންވެސް ރައްޔިތުންގެ ނިންމުން ދަމަހައްޓަން ޖެހޭނެ ކަމަށް އިބޫ ވިދާޅުވިއެވެ.

އަދި ކޯލިޝަން ދެމި އޮންނާނެ ކަމަށާއި ރައީސް ކަމަށް އިންތިހާބު ވުމުގައި ރައީސް މައުމޫން އަދާކުރެއްވި ދައުރު ވަރަށްވެސް ބޮޑު ކަމުގައި ފާހަގަކޮށް އިބޫ ވަނީ ރައީސް މައުމޫން އަށް ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. އެހެންތޭ

  އިންތިޚާބުގައި ސާފުވެގެން ދިޔާ އެއްޗަކީ ތިމަރަފުށީ ޝަރީ ގެ އެކައުންޓަށް ބަރާ ކޮށްގެން ދިޔަ އޮޑިޖެހި ނޫޓްގެ އަދަދޭ އެއީއޭ ހިނގާދިޔަ ކަމަކީ ތަމެން ތިޔާއީ ސީދާ ވަގު ވޯޓް ކަރުދާސް ޗާޕް ކޮށްގެން ނަމްބަރު އެކަކާއި ދިމާލުގައި ތަމެން ދިން ގަލަމުން ޖަހާ ފާހަގަ ފުހެވިފައި ނަމްބަރު 2 އާއި ދިމާލުގައި ޖަހާ ފާހަގަ އެއީ ރަނގަޅު ފާހަގަ އަކަށް ހެދުން އެއީ ތަމެން އަޑީގައި ތިބެގެން މީހަކަށް 12 މިލިއަން ރުފިޔާ ކަޓެއްގެ ގޮތުގައި ޖައްސަނީ ތަމެން ހީކުރަނީ މަމެން ފޫލް ހެއްދޭނެ ކަމަށްތޭ ތަމެންނަށް ނުވާނެ އެކަމެއް ތިޔާ ގޮތަށް ރިޔާސީ އިންތިޚާބު ބާތިލް ކުރޭ އީސީގެ މެމްބަރު ކަމުން ޝަރީފް އިސްތިއުފަ ދެއްވަންވީއޭ އިނގޭތޭ..

 2. ރަފީ

  އަޙްމަދުޝަރީފް ތިޔަ ޕޯޑޔަމަށް އަރަން ލަހެއްނެތް!

 3. ކުމާރު

  މި ވޭތުވެދިޔަ 7 އަހަރު ދިޔައީ މިމީހުން މުޅި ގައުމު ހަލަބޮލި ކުރުމުގަ.

 4. ކޯއްޗެއްތޭ

  ގައުމު ހަލަބޮލިނުކޮށް ފަހަތަށް ޖެހިވަޑައިގަންނަވާ ކަމަށް ތަމެން މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ރައީސް އަށް އަންގާނަމަ ތަމެން ފުރަތަމަ ޔަގީން ކަން ދީ މަމެންނަށް ތަމެން ހޮވިފައި ހުރީ ސައްހަ ވޯޓަކުން ކަމަށް އެކަމެއް ކުރަން ތަމެން ބޭނުމެއް ނުވި ދެން ގައުމު ހަލަ ބޮލި ކުރަން 98 ހާސް މީހުންގެ ހައްގު ތަކަށް އަރައިގަންނަނީ ތަމެން ނޫންތޭ މަމެން ނޫނޭ ތަމެންނޭ ތަމެން ޖެހޭ ފަހަތަށް މަމެން ދާންވީ އަދި ވެސް ކުރިއަށް ދެން ވެސް ކުރިއަށް ގޮޓް އިޓް

 5. ބަލާތި

  އިބޫ އަކަށް ނޫން އިނގޭނީ ރައީސް ޔާމީން ކަން ކުރަން ޖެހޭނެ ގޮތެއް އެކަން އިނގޭނީ ރައީސް ޔާމީން އަށް ތާއީދު ކޮށް ވޯޓް ދިން 150 ހާސް މީހުންނަށް މަމެން ގަބޫލެއް ނުކުރަން ތަމެންނަށް 130 ހާސް ވޯޓް ލިބޭނެ ކަމަށް މަމެން ގަބޫލެއް ނުކުރަމޭ ތަމެން ގަޓް ހުރި ނަމަ ވޯޓް އަލުން ގުނަން އެއްބަސްވާންވީ އެންމެންގެ ކުރިމަތީގައި އެ ގޮތަށް ގުނާ ގުނުމުން ނިކުންނަ މައްސަލަ ތަކުގައި ހައްލު ހޯދާނީ ކޯޓް އަމުރުން ހުރިހާ ކޯޓް މަރުހަލާ ނިމުމުން ދެން މަމެން ތިޔާ ނަތީޖާ ގަބޫލު ކުރާނީ ވޯޓް އިން އިލެކްޝަންްސް ކަމިޝަން މެދުވެރިކޮށް އެމްޑީޕީން ވައްކަން ކޮށްފައިވާ ކަމަށް މަމެން ތުހުމަތު ވަރަށް ބޮޑަށް ކުރަމޭ މިކަން ޖެހޭނެއޭ މިފަހަރު ބެލެން އަބަދު އަބަދު ވޯޓް އިން ވައްކަން ކޮށްގެން ރާއްޖޭގެ ރައީސް ކަން ކުރަން އެމްޑީޕީން ދިމާކުރާނަމަ ނަތީޖާ އަކީ ރާއްޖެ އެމެން އިންޑިއާ އަށް ވިއްކާލުމޭ އެއީ ޔަގީން ކަމެކޭ.

 6. ޔަގީނޭ

  މަމެން ޕިންކީން ނަކީ ގައުމު ހަލަބޮލި ކުރާ ބަޔެއް ނޫނޭ މަމެން ޕިންކީން ނަކީ ގައުމު އާރާސްތު ކުރާ ބަޔެކޭ ގައުމު ހަލަ ބޮލި ކުރާ ބަޔަކީ އެއީ އެމްޑީޕީ އޭ އެމްޑީޕީ އޭ ފަހަތަށް ޖެހެން ޖެހޭނީ މަމެންނަށް ރާސްތާ ސާފުކޮށްދީފައި ތަމެން ރައްޔިތުންގެ ވޯޓަކުން ނުހޮވޭ ކަމަށް ސީދާ ސީދަލަށް އެބަބުނޭ 1 ލައްކަ ފަންސާސް ހާސް މީހުން ދެން އެހެން ވީއިރުން ތަމެންނަށް 130 ހާސް ވޯޓް ލިބޭނެ ކަމަށް މަމެންނަށް ލަފައެއް ނުކުރެވެއޭ. އެއީ ޔަގީން ކަމެކޭ.

 7. ބާތިލޭ

  މަމެން މިބުނަނީއޭ މިފަހަރު ރިޔާސީ އިންތިޚާބުގައި ބޮޑު އަދަދަކުން ވަނީ ވޯޓް އޮޅުވާލާފައޭ އިލެކްޝަންސް ކަމިޝަންގެ ރައީސްގެ އޯޑިއޯ މައްސަލަ އޭނާ ފުލުހަކަށް ހުށައެެއް ނާޅާ އެހެން ކަމުން މިއިން އެގިގެން ދަނީ އިލެކްޝަންސް ކަމިޝަންގެ ރައީސް ވަނީ ކޮރަޕްޝަންގެ މަގުން ވޯޓް ވިއްކާލާފައޭ މީއޭ މިކަން ހިނގާފައިވާ ގޮތަކީ މަމެން ގަބޫލެއް ނުކުރާނަން މިހާރު އިއުލާން ކޮށްފައިވާ ދާއިމީ ނަތީޖާ އަލުން ވޯޓް ގުނާދީ އިންތިޚާބު ބާތިލްކުރޭ ހަމަ މިހާރު.

 8. ބަލާށޭ

  ތަމެން ބޭއިންސާފުގެ މަގުން މަމެން ޕިންކީން ނަށް ލިބުނު ވޯޓް އޮޅުވާލާ މަމެން އަތުން ވެރިކަން ފޭރިގަންނަން ރޭވި ނަމަވެސް މަމެން އެގޮތަށް އެކަން ދޫނުކުރާނަމޭ މަމެން މީ ނޮވެމްބަރު މަހު 17 އަންނަން ދެން ދަ ހާކިމާ އިންނަކީ ހަމަ މިހާރުން މިހާރަށް ރިޔާސީ އިންތިޚާބުގެ ނަތީޖާ ކަށަވަރު ކުރުމަށް ޓަކައި އަލުން ވޯޓް ގުނަންވީއޭ އިލެެކްޝަންސް ކަމިޝަން ގެ މެމްބަރުން އެތިބީ ކޮރަޕްޝަންގެ މަގުން ގޮސްފައި ކަން ލީކްވި އޯޑިއޯއިން އެއޮތީ ސާބިތުވާން އޭ އެކަން ބަލާށޭ..

 9. ނުރަބޯ

  2013 ގައި ރައީސް ޔާމީންގެ ސަރުކާރު ގާއިމުވީއްސުރެ، އެމްޑީޕީ އިން އެއްވެސް މަގްބޫލް ޢުޒުރަކާ ނުލަައި ސަރުކާރާ އިދިކޮޅަށް އެއްވުން ތައް އެއްވެ، މުޒާހިރާކޮށް މަގުތައް ބަންދުކޮށްގެން ހަޅޭއްފަޅޭއްލަވައި ފުލުހުންނާ ދިމާލަށް ގަލާ ފުޅިއާ އުކާ، ދުލަށްއައިހާ ހުތުރު އެއްޗެއް ގޮވާހެދިއިރު އެއީ ސިޔާސީ ގޮތުން ލިބެންޖެހޭ ޙައްގެއް. އެއީ ހަލަބޮލި ކުރުމެއްވެސް ނޫން.....! މިއަދު މަގްބޫލް ޢުޒުރަކާލައިގެން ޕީޕީއެމުން މުޒާހިރާ ކުރާތީ އެކަމަކީ ގައުމު ހަލަބޮލިކުރުން ކަމަށްވެއްޖެ. މިއީ އަޅެ އަރަތެއްތަ؟

 10. މަރީ

  ތަމެން މަމެން ކިޔާނެ ކަމެއް ނެތް...
  ޔާމީން އެއޮތީ ބޮޑު ތަނުން ވޯޓުން ތަޅާ ބަލި ކޮށްފާ....
  ދެން ހަޖަމް ކޮށް ލައިގެން ތިބޭ...

 11. ގުންޑޮޅި

  ސާބަހޭ އިބޫ.. ޔާމީނައްފުރުސަތުނުދޭތި، ޔާމީނައްވުރެކުރީގަ މޑޕ އެކަންކުރަންވާނެ
  އޭރުން އަސްލުވާދަވެރިކަމަށްވާނީވެސް...

 12. ވަހީދު

  މައުމޫނާއި ގާސިމު ތީގެ ތެރޭގައި ހުރިއްޔާ އެހެން މީހަކު ހަލަބޮލި ކުރަން ވިސްނާނެ ކަމެއް ވެސް ނެތް. މިހާރު ވެސް ޖާބިރަށް އިކޮނޮމިކް މިނިސްޓަރުކަން ދޭން ޖެހިފައި އެއޮތީ.