ކުރިއަށް އޮތް 2019 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ދާއިރާތަކަށް ގެނައި ބަދަލާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް އިން ކުރި އިއުލާނެއްގައި ވަނީ، އަންނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، އޮކްޓޯބަރ 21 ވާ އާދިއްތަ ދުވަހުގެ ހަވީރު 3:00 އާ ހަމައަށް ހުޅުވާލާފައިވާކަމަށެވެ.

ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާއިންނެވެ. ޝަކުވާ ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 ން ހަވީރު 3:00 އަަށެވެ.

މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ އަދަދު 87 އަށް އިތުރު ވާނެ ކަމަށެވެ. މިފަހަރު އިތުރުކޮށްފައި ވަނީ ދެ ދާއިރާއެކެވެ. އެއީ މާލެއަށް ނިސްބަތްވާ ދެ ދާއިރާއެކެވެ.

އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތަކަށް އާބާދީ ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓުގައި މިހާރު އޮތް ގޮތުން 15 މެންބަރުން މާލެއަށް އިންތިހާބު ކުރަން ޖެހޭނެއެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުން

    މެމްބަރުން ރެކްރޫޓް ކުރަންވީ ގޮތަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް މެމްބަރަކު އަދި ސިޓީ ތަކުގެ ކޮންމެ އަވަށަކަށް މެމްބަރަކު ހުންނަ ގޮތަށް

  2. އެމްޑީޕީ ޖަޒީރާ

    އައްޑޫސިޓީ ހުޅުދޫ އަށް މަޖިލިސް ގޮނޑިއެއް ދިންފަދައިން އައްޑޫސިޓީ މީދޫ އައްވެސް ގޮނޑިއެއް ދިނުމަށް އެދެން ، ހުޅުދޫ މީދޫ އަކީ ވަކިން އޮތް އެއްފަސް ގަންޑެއްގެ ދެނަންކިޔާ ތަނެއް އެހެން ވީމާ ހުޅުދޫ އަށް ވަކި ގޮނޑިއެއް މީދޫ އާއި މާދުރުގަ އޮތް ރަޝަކާ އެއްކޮށްލާފަ ގޮނޑިމިދެނީ ކޮބާ މީދޫ ގެ ރައްޔިތުންގެ ހައްޤު ވަގު ވޯޓް ޝަރީފް