ޖަރަމަންވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި އެޕާޓީގެ ރައީސް ޢަލީ ވަހީދު މާދަމާ ރާއްޖެ ވަަޑައިގަންވާނެ ކަމަށް އެޕާޓީން ހާމަ ކޮށްފިއެވެ.
ޖުމުހޫރީ ޕާޓީގެ ސެކްރެޓޭރިއެޓުން ކޮށްފައިވާ ޓުވީޓެއްގައިވާގޮތުން ގާސިމާއި އަލީ ވަހީދު ރާއްޖެ ވަޑައިގަންނަވާނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖަހާއިރުއެވެ.
https://twitter.com/JPSecretariat/status/1047229769069150208?s=19
ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ޤާސިމާއި އަލީ ވަހީދު މާދަމާ ރާއްޖެ ވަޑައިގަންނަވާއިރު ޤާސިމްގެ މުސްތަޝާރު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖޭޕީގެ ޑެޕިއުޓީ ލީޑަރ އަމީން އިބްރާހީމް މާދަމާ ރާއްޖެ ވަޑައިގަންނަވާނެ ކަން އަދި ކަށަވަރު ނުވާ ކަމަށެވެ.
ގާސިމް ރާއްޖެ ވަޑައިގަންނަވަން ނިންމަވާފައި މިވަނީ ރިޝްވަތުގެ ކުށުގައި އޭނާ ތިން އަހަރާއި ދެމަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ތަންފީޒު ކުރުން މަޑުޖައްސާ، ކަފާލާތުގެ ދަށުން ގާސިމް ދޫކޮށްލަން ހައިކޯޓުން އަމުރު ކުރުމުންނެވެ.
ގާސިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ގާސިމްގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައެވެ. އިސްތިއުނާފް މައްސަލަ ނިމެންދެން ގާސިމް މިނިވަންކޮށްފައި ބެހެއްޓުމަށް ހައި ކޯޓުން އަމުރުކުރީ ކަފާލާތުގެ ދަށުން 70،000ރ. ޑިޕޮސިޓެއް ހައި ކޯޓުގައި ގާސިމްގެ ފަރާތުން ބެހެއްޓުމުންނެވެ.
ގާސިމް ގިނަ ދުވަސްތަކަކަށް ފަހު ރާއްޖެ ވަޑައިގަންނަވާއިރު ގާސިމް ވަނީ ފެބްރުއަރީ 01 ގައި ސުޕްރީމް ކޯޓުން އަމުރު ނެރުނީ "އަޅުގަނޑުމެން" ކަމަށް ވެސް ވިދާޅުވެފައެވެ.
ކޮބާ އަނިޔާވެރި ގާސިމް އަށް ޑޮކްޓަރ ދިން ލިޔުން ފްލައިޓަށް ނާރާށޭކިޔާފަ. ބުރަކަށީގައި ރިއްސާ އަނިޔާވެރި ނަޝީދު މިހާރު ރަގަޅު.އަނިޔާވެރި މައުމޫނުގެ ވެއްޓޭބަލިވެސް މިހާރު ރަގަޅު. ބަލަ ދިވެހިން މިތިބީ ކިހިނެއް ވެފަތަ؟ ރަގަޅު ކަންތައް ނުބައި ކަމަށް ދެކި ނުބައި ކަންތައް ރަގަޅު ކަމަށް ދެކެނީތަ؟
ބޮޑުދެމުއްލާ ގައުމުގެބޮޑުހަލާކް
ކޮންމެސް ނުރަނގަޅު އެއްޗެއް ނުކިއްޔާ ހިއްހަމަ ނުޖެހެނީތަ ތިމީހުން
ހިތުގެބަލިމީހުން މަތިންދާބޯޓަކަށް ނާރުވާނެ! ބޯޓެއް ބަނދެގެންތަ އަންނަނީ!
އަމިއްލަޔަށް ގޮސްތިބިމީހުން އައުމަކަށް އެއްވެސް އިރަކު ހުރަހެއް ނެތް! ވީމާ މިއީ ޚަބަރެއްތަ؟
ތިމީހުން އަޔަސް ނަޔަސް ކޮން ކަމެއް އަލީ ވަހީދު ގޯތި ގަތީ ހަމަ ހަލާލު ފައިސާ ކަމައް ވާނެތަ
މުޅިގައުމުގެ ހަލާކު، ކޮންމެ ބަޣާވާތެއްގަ ހަރަދުކުރާމީހާ. ހެޔޮ ދުވަހަކު ނަޔަސް.
ކޮބާ ބޮނޑިބަތް؟؟؟؟
ބޮޑިބަތް އޮތީ ބޭރަށްހިންގާ ބަލިޖެހިފައި
އާދޭ އައިސް ޤައުމު ކޮޅާލާ
ބުރުމާ އަކީ ތަން ތަން މަރާމާތު ކުރަންށާއި ހަލާކު ކުރުމަށް ބޭނުންކުރާ އެއްޗެއް ކަރާ އެއީ އާންމުކޮށް ކައި އުޅޭ ވޯޓާ މެލަންއެއް އެކަމަކު މިގައުމުގަ މީގެ ބޭނުމަކީ ގަެުމު ހަލާކު ކުރުން ރިޝްވަތު ދިނުން ރިޝްވަތު ހިފުން ރިޝްވަތު ކެއުން
މީނަ ނެތިގެން އެއްވެސް ތަނެއް ނުތޮރުފޭ ައަނެއްކާ ގަުމުގަ ބޮޑު ބާގަނޑެއް ހަދަންވެެގެން މިބުރުމާ މިައަންނަނީ ވ ރގޅ
އަންނަގޮތަށް އައިސް މައުމޫނާއި އިމްރާނާއި ގުޅިގެން މީނަ ކަމެއް ފަށާނެކަން ކަށަވަރު.